Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއދ - ރާއްޖެ

ރާއްޖެ، އދ. ގައި 52 އަހަރު: ޖަޒީރާ ގައުމެއްގެ ގޮތުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވޭ!

އދ. ގެ މެމްބަރަކަށް ރާއްޖެވީ ސެޕްޓެމްބަރު 21، 1965 ގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 22 ސެޕްޓެމްބަރު 2017 | ހުކުރު 05:36
ރާއްޖޭގެ ދިދަ އދގައި ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގެ ދިދަ އދގައި ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

އދގެ މެމްބަރަކަށް ރާއްޖެ ވިތާ 52 އަހަރު ފުރުނު އިރު ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ފާހަގަކޮށްފިއެވެ.

އދގެ މެމްބަރަކަށް ރާއްޖެ ވެގެންގޮސްފައި ވަނީ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

މި މުނާސަބަތާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓާރ ޑރ. މުހައްމަދު އާސިމް އެ މިނިސްޓްރީގެ ވެބްސައިޓުގައި ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ރާއްޖެއަކީ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން އދ. ގެ މެމްބަރަކަށްވި އެންމެ ފުރަތަމަ އެއް ގައުމު ކަމަށާއި މިކަމާ ގުޅިގެން އދ.ގެ އެޖެންޑާގައި ކަނޑައަޅާފައިވާ ކަންކަން ރާއްޖެއަށް ނުކުރެވޭނެ ކަމަށް ގިނަ ބަޔަކު ދެކުނު ކަމުގައިވިޔަސް ވޭތުވެދިޔަ 52 އަހަރުގެ ތެރޭގައި ރާއްޖެއިން އދ. ގެ އެޖެންޑާގައި ހިމެނިފައިވާ އެތައް ކަމެއް ފުރިހަމަކޮށްފައިވާ ކަމަށެވެ.

ހަމައެހެންމެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި މި ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް އދ. ގެ ސަމާލުކަމަށް ގެނައުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ރާއްޖެއިން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އެގޮތުން މިފަދަ ގައުމުތަކަށް ދިމާވާ މައްސަލަތަކުގެ ހައްލު ހޯދައި އދ. ގައި އެ ގައުމުތަކުގެ އަޑު އިއްވައިދިނުމަށްޓަކައި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އޭއޯސިސް) އުފެއްދުމުގައި ރާއްޖެއިން އިސް ދައުރެއް އަދާކޮށްފައިވާނެ ކަމަށް މި ބަޔާނުގައި ވެއެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން މި ޖަމިއްޔާގެ ޗެއާމަން ކުރަމުން އަންނަނީ ރާއްޖެއިންނެވެ.

މި ބަޔާނުގައިވާ ގޮތުން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ރާއްޖެއިން ދެ ދައުރު ފުރިހަމަކުރުމުން ދައްކުވައިދެނީ އިންސާނީ ހައްގުތަށް ދެމެހެއްޓުމަށް ރާއްޖެއިން މަސައްކަތްކުރާ މިންވަރެވެ.

ހަމައެހެންމެ އދ. ގެ މެމްބަރެއްގެ ގޮތުގައި ރާއްޖެއިން ދުނިޔޭގެ ސުލްހަޔާއި އަމަންއަމާންކަން ދެމެހެއްޓުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ވެއެވެ. އެގޮތުން އދ. ގެ ތާރީހުގައި ފުރަތަމަ ފަހަރަށް 2019 ވަނަ އަހަރު އެ ޖަމިއްޔާގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއަކަށް ކުރިމަތިލުމަށް ރާއްޖެއިން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. އދ. ގެ މެމްބަރެއްގެ ގޮތުގައި ރާއްޖެއިން 52 އަހަރު ކަޑައްތުކޮށްފައިވާއިރު އެ ޖަމިއްޔާ އެކުލެވިގެންވަނީ ރާއްޖޭގެ އިތުރުން 192 ގައުމުގެ މައްޗަށެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު