Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދާލަތު ޕާޓީ

ރާއްޖެ ލޭބަލް ވެގެން ގޮސްފައިވަނީ މުސްލިމުން ހިމާޔަތްކުރުމަށް ތާއީދު ނުކުރާ ގައުމެއްގެ ގޮތުގައި: އަދާލަތު

ރާއްޖެއާ މެދު ދެކެމުންދާ ރީތި ނަން ވަރަށް ބޮޑަށް ކިނލަނބުވަމުންދޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2017 | އާދީއްތަ 13:50
އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން:--

އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން:--

މިޔަންމާ ސަރުކާރުން ރޯހިންޖާ ނަސްލު ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ނަސްލު ނައްތާލުމާއި ގަތުލު އާންމުތައް ހުއްޓުވުން އދ. ގެ ރަސްމީ އެޖެންޑާގައި ހިމެނުމަށް ނެގި ވޯޓަށް ރާއްޖެއިން ހާޒިރުވެފައިނުވުމުން އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވީ އދ.ގެ އެ ވޯޓުގައި މުސްލިމް ބޮޑެތި ގައުމުތަކުން ބައިވެރިވެފައިވާއިރު ރާއްޖެ ހިމެނުނީ އެ ވޯޓުގައި ބައިވެރިނުވާ ހުދުމުހްތާރު ގޮތްތައް ގެންގުޅޭ ގައުމުތަކުގެ ތެރޭގައި ކަމަށެވެ. އަދި އެ ވޯޓުގައި ބައިވެރިނުވީ ރާއްޖޭގައި ވެސް ހިނގާ ލާއިންސާނީ އަދި ގާނޫނާ ހިލާފު އަމަލުތަކުގެ ތެރެއަށް އެހެން ގައުމުތަކުން ވަނުމަށް ނޭދޭތީ ކަމަށް ޑރ. މަޖީދު ވިދާޅުވި އެވެ.

" ކޮންމެ ނިޔަތެއްގައި ކޮންމެ ގޮތެއްގައި އެ ވޯޓުގައި ބައިވެރިނުވީ ކަމުގައިވީ ނަމަވެސް މިއަދު ދިވެހި ސަރުކާރު ލޭބަލް ކުރެވިފައި މި ވަނީ ބައިނަލް އަގުވާމީ މުޖުތަމައުގައި މައިނޯރިޓީ މުސްލިމުން ހިމާޔަތްކުރުމަށް ކުރާ މަސައްކަތަށް ސަޕޯޓް ނުކުރާ ނުވަތަ ތާއިދު ނުކުރާ ދައުލަތެއްގެ ގޮތުގައި،" ޑރ. މަޖީދު ވިދާޅުވި އެވެ.

އަދި މީގެ ކުރިން ރާއްޖެއާ މެދު ދެކެމުންދާ ރީތި ނަން ވަރަށް ބޮޑަށް ކިނލަނބުވަމުންދާ ކަމަށް ވެސް މަޖީދު ފާހަގަ ކުރެއްވި އެވެ. އެގޮތުން ކޮމަންވެލްތުން ރާއްޖެއިން ވަކިވެފައިވަނީ ވެސް ބައިނަލް އަގުވާމީ އުސޫލުތަކާ ހިލާފަށް ކުރަމުންދާ ކަންކަން އެޖެންޑާ ކުރަމުންދާތި ކަމަށާއި ހުދުމުހްތާރު ވެރިން އެހެން ބައެއްގެ ފާޑު ކިއުން ބޭނުން ނުވާނެ ކަމަށްވެސް ޑރ. މަޖީދު ވިދާޅުވި އެވެ.

" ބޭރުގެ ފަރާތްތަކުން އައިސް، ދިވެހި ރާއްޖޭގައި މި ހިންގާ ގާނޫނާ ހިލާފު ކަންތައް ތަކާއި ބައިނަލް އަގުވާމީ މިންގަނޑުތަކާއި ބައިނަލް އަގުވާމީ މުއާހަދާތަކާއި ހިލާފަށް ކުރާ ކަންތައްތަށް ބަލަން ފަށާފާނެ ތީވެ، އެކަމަށް މަގުފަހިކޮށް ނުދިނުމަށް މި ކަހަލަ ވޯޓުތަކުގައި ބައިވެރިނުވަނީ. މިއީ އަޅުގަނޑުމެނަށް ފެންނަން އޮތް ގޮތަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތަކީ" ޑރ މަޖީދު ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. މަޖީދު ވަނީ އިސްލާމީ ތާރީހުގައި މުސްލިމުންގެ އެއްބައިވަންތަކަން ފެނިގެން ގޮސްފައިވާ ގޮތުގެ މައްޗަށްވެސް އަލި އަޅުއްވާލައްވާފަ އެވެ.

އޭގެ އިތުރުން މިޔަންމާގައި ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި ހުރިހާ މުވައްސަސާތަކުން ނިކުމެ މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް އަދާލަތު ޕާޓީން ވަނީ ގޮވާލާފަ އެވެ.

މި ބައްދަލުވުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ވިދާޅުވީ އދ.ގައި ނެގުނު ވޯޓުގައި ބައިވެރިވުމަށް ރާއްޖެއިން ނުދިއުމަކީ ދިވެހި އެކަމާ ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް ކަމަށެވެ.

"އެ ވޯޓުގައި ބައިވެރިވެ، ނަސްލު ނައްތާލުމާއި ހަނގުރާމަ ތަކާއި ދެކޮޅަށް ވޯޓު ދެއްވުން އެއީ ދިވެހިން އެދިގެން ތިބިގޮތް. މި ބައްދަލުވުމުގައި ފާހަގަކޮށްލަން ބޭނުންވޭ ދުނިޔޭގައި އެންމެ ބޮޑަށް ނިކަމެތިކޮށް ، އެންމެ ބޮޑެތި ލާ އިންސާނީ އަމަލުތައް ހިންގަމުންދަނީ މުސްލިމުންނާމެދު،" އަނާރާ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު