Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރާއި މަޖިލިސް ހިންގުން

ސަރުކާރުން ބޭނުން ވަނީ މަޖިލީހަކީ ސަރުކާރުގެ ކުންފުންޏެއް ހިނގާ އުސޫލުން ހިންގާ ތަނަކަށް ވާން - ދީދީ

14 އޯގަސްޓު 2024 | ބުދަ 06:17

ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތާއި ޚާރިޖީ ސިޔާސަތަށް އޭނާ ވަނީ ފާޑު ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 އޯގަސްޓު 2024 | ބުދަ 06:17
އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަނީ އިހުލާސްތެރިކަމެއް ނެތި ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވި

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަނީ އިހުލާސްތެރިކަމެއް ނެތި ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވި

ސަރުކާރުން ބޭނުން ވަނީ މަޖިލީހަކީ ސަރުކާރުގެ ކުންފުންޏެއް ހިނގާ އުސޫކުން ހިންގާ ތަނަކަށް ހެދުން ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ދީދީ ވަނީ ސަރުކާރުގެ މެމްބަރުން ވަކާލާތުކުރަނީ ސަރުކާރު ދިފާއުކުރުމަށްކަމަށާއި ރައްޔިތުންގެ ހައްގުގައި ނޫން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިއަދު ކަން ހިނގާ ގޮތް ރައްޔިތުން ބަލާނެ ކަމަށާއި ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ގޯއްޗާއި ފްލެޓްފަދަ އާއްމުންނާއި ގުޅުން ހުރި ކަންކަމުގައި މެމްބަރުން ރައްޔިތުންގެ އިހުސާސްތަކަށް ނުބަލާ ސަރުކާރު ދިފާއުކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެއީ މަޤާމަށް ހޮވި ރައްޔިތުންނަށް އިޚުލާސްތެރިކަން ނެތުމުން ކުރާ ކަމެއް ކަމަށް ދީދީ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތާއި ޚާރިޖީ ސިޔާސަތަށް އޭނާ ވަނީ ފާޑު ވިދާޅުވެފައެވެ. އެއްވެސް ކަހަލަ ޕްލޭނެއް ނެތި ސަރުކާރުން މަސައްކަތް ކުރުމުގެ ސަބަބުން އިގްތިސާދީ އަދި ޚާރިޖީ ސިޔާސަތު ބަލިކަށިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ވަޒީރުން އިރުއިރުކޮޅާ ގައުމުން ބޭރަށް، ރައީސްގެ ފަތްކޮޅުތައް ހިއްޕަވައިގެން ވަޑައިގެންނެވި ނަމަވެސް އެއިން ޤައުމަށް ވަނީ ކޮން ފައިދާ އެއްތޯ ދީދި ވަނީ ސުވާލުކުރައްވާފައެވެ. ދީދީ އިތުރަށް ވިދާޅުވީ ވެރިކަމަށް އައިގޮތަށް އިންޑިއާ އާއި ޖެހިގަތީ ޗައިނާ އިން ރާއްޖެއަށް ބޮޑެތި އެހީތަކެއް ލިބޭނެ ކަމަށް ސަރުކާރަށް ވިސްނިފައިވާތީ ކަމަށެވެ. އެހެންނަމަވެސް މިހާރު އިންޑިއާ އާއި މެދު ރާގު ބަދަލުކޮށް އިންޑިއާ އަށް މަރުޚަބާ ކިޔާފައި ވަނީ އަވަށްޓެރި ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެ އަށް އެންމެ ބޮޑަށް އެހީވާނެ ޤައުމަކީ އިންޑީއާކަން މިހާރު ސަރުކާރަށް ވިސްނުމުން ކަމަށް ދީދީ ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް