Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިންޑިއާ އައުޓްނުވެވި ސައިޒާއެކު މުއިއްޒުގެ އަސްލު ސިފަ

އޭރުގެ އިދިކޮޅު ލީޑަރު އަދި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިސްކޮށް ހުންނަވައިގެން މާތްވެގެން އިސްލާމްދީނަށްޓަކައި ރާއްޖޭގެ މިނިވަންކަމަށްޓަކައި އަދި ގައުމުގެ ހަމަޖެހުމަށްޓަކައި އިންޑިއާއައުޓް މިބަސް ބޭނުން ކޮށްގެން ނުކުރާ ހަމަ އެންމެ ކަމެއްވެސް ނެތެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 13 އޯގަސްޓު 2024 | އަންގާރަ 12:51
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ވެރިކަމަށް އައުމަށްޓަކައި މިހާރުގެ ސަރުކާރުން އެންމެ ބޮޑަށް ބޭނުންކުރި އެއްޗަކީ "އިންޑިއާ އައުޓެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާމެދު ރައްޔިތުން ނަފްރަތު ކުރުވުމަށް އޭރުގެ އިދިކޮޅުން ޖެހި މަޅިއަކީ އިންޑިއާ އައުޓެވެ. އެކަމަށްޓަކައި އަދުގެ ސަރުކާރުން އޭރު އިދިކޮޅުގައި އޮވެގެން "އިންޑިއާ އައުޓް" ސްލޯގަންގެ ދަށުން ބޭނުން ކުރީ ވަރުގަދަ ތިން އެއްޗެކެވެ. ދިވެހިންގެ ލޭ ކައްކުވާލާފަދަ މައިގަނޑު ތިން ކަމެކެވެ. މާތްވެގެންވާ އިސްލާމްދީނާ، މިނިވަންކަމާ، ގައުމުގެ ހަމަޖެހުމެވެ. މިއީ އޭރުވެސް އަދި މިހާރުވެސް މުޅި ރާއްޖޭގެ އެންމެންނަށް ސާފު ކަމެކެވެ. އަދި ކާފީ ހެކީގެ ގޮތުގައި އޭރުގެ ފޮޓޯތަކާއި ވީޑިއޯތައް އަދި އިންޓަވިތަކާއި ޖަލްސާތަކާއި މުޒާހަރާތަކުގެ ސްޕީޗްތަކުގައި އެހެރީ ނުފޮރުވޭވަރަށް ރައްކާ ކުރެވިފައެވެ. އެއިން ރެކިގަނެގެން ސަލާމަތް ނުވެވޭވަރަށް އެތަކެތި އެހުރީ ހާމައަށެވެ.

އޭރުގެ އިދިކޮޅު ލީޑަރު އަދި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިސްކޮށް ހުންނަވައިގެން މާތްވެގެން އިސްލާމްދީނަށްޓަކައި ރާއްޖޭގެ މިނިވަންކަމަށްޓަކައި އަދި ގައުމުގެ ހަމަޖެހުމަށްޓަކައި އިންޑިއާއައުޓް މިބަސް ބޭނުން ކޮށްގެން ނުކުރާ ހަމަ އެންމެ ކަމެއްވެސް ނެތެވެ. އިންޑިއާގެ އެހީތެރިކަން ހޯދާ ދިވެހި ސަރުކާރުން ކުރަމުންދިޔަ ކަންކަން އޭރު ކަމަކު ނުދިޔައެވެ. އިންޑިއާއާއެކު ހެދި އެއްބަސްވުންތައް އެއީ ސިއްރު ކޮށްގެން ވާނެ އެއްޗެއް ނޫންކަމަށް ގޮވަމުންދިޔައިރު އެއެއްބަސްވުންތަކަކީ ރާއްޖެ އިންޑިއާގެ އަޅުވެތިކަމަށް ވެއްޓިފައިވާ އެއްބަސްވުންތަކެއް ކަމަށް ފާލުގައި ގޮވަމުންދިޔައެވެ. އެއެއްބަސްވުންތަކާއެކު ރާއްޖޭގެ މައްޗަށް ބާރު ފޯރުވަނީ އިންޑިއާއިން ކަމށާއި ސަރުކާރު ކޮންޓްރޯލް ކުރަނީ ސީދާ އިންޑިއާއިން ކަމަށް އޭރު އަޑު ހަރުކޮށް ގޮވަމުން ދިޔައެވެ.

މަޝްހޫރު ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓަކީވެސް އެޜުގެ އިދިކޮޅުން ބުނި ގޮތުންނަމަ ރާއްޖޭގެ ހަލާކެވެ. އޭގެ ބޭނުން އިންޑިއާއިން ރާއްޖޭގައި ކުރަނީ ޖާސޫސް ކުރުމަށާއި ރާއްޖޭގެ މައްޗަށް އަތްގަދަ ކުރުމަށެވެ. އެދުއްވަނީ އެމީހުން ބޭނުންވެއްޖިއްޔާ ބޭނުން ހިނދެއްގައި ބޭނުންތާކަށެވެ. އެއެއްޗެހި އޮޕަރޭޓް ކުރަން ތިބެނީ އިންޑިއާގެ މިލިޓްރީ ސިފައިންނެވެ. އެމީހުންގެ މައްޗަށް ދިވެހި ސަރުކާރާއި ދިވެހި ސިފައިންގެ ބާރެއް ނޯވެއެވެ. އެއާ ޚިލާފަށް ދިވެހި ސިފައިންނަށް އަމުރު މައުރޫފް ހިންގަނީ އެމީހުންނެވެ.

ރާއްޖޭގެ އެތައް މިތަނުގައި ތިބި އެތައް ހާސް އިންޑިއާ ސިފައިންނާ މަޝްހޫރު އުތުރު ތިލަފަޅުގައި އިންޑިއާގެ މިލިޓްރީ ބޭހެއް ހަދައިގެން ހިންގާ ވާހަކައަކީވެސް އޭރު ދެއްކި ވާހަކައެވެ. އަދި އެތަންތަންނަށް މީހުން ފޮނުވައިގެން ތަފާތު ޑްރާމާތައްވެސް ކުޅުވީއެވެ.

އެކަންކަމާހުރެ ދިވެހިރައްޔިތުން ތަބާވެގެންތިބި އިސްލާމްދީން ފުހެވޭތީއާއި ގައުމުގެ މިނިވަންކަން ގެއްލޭތީ އަދި ގައުމުގެ ހަމަޖެހުން ގެއްލޭތީ ރައްޔިތުން އޭރުގެ ސަރުކާރު ދެކެ އައީކީ އަމަށަކު ރުޅިއެއް ނޫނެވެ.

ނަމަވެސް އޭރުގެ ސަރުކާރުން ބުނަމުންދިޔައީ ހަމަ އެންމެ އެއްޗެކެވެ. އޭރުގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވާ ފަދައިން ދޮގު ދޮލަނގެއް ބޮލަށް ލައިގެން ހިނގުން ހުއްޓާލާށެވެ. އެއީ ގައުމަށް ހުރި ބޮޑު ނިކަމެތިކަމެކެވެ. ކަނޑައެޅިގެން ދޮގު ނުހަދާށެވެ. އަދި އެދޮގުތަކުގައި ރައްޔިތުން ނުޖެހޭށެވެ. ރައްޔިތުންނަށް ދޭނެ ޔަގީން ކަމަކީ ގައުމުގެ ވެލިފުކެއްވެސް ބޭރުގެ ބަޔަކަށް ދާވަރުގެ އެއްބަސްވުމެއްގައި ސޮއި ނުކުރާކަމަށެވެ. އެފަދަ އެއްބަސްވުމެއް ނުހަދާކަމަށެވެ. އެހެންނަމަވެސް ދޭދޭ ގައުމުތަކުގެ މެދުގައި ވެވޭ އެއްބަސްވުން ތަކަކީ އާއްމުންނަށް ހާމަކުރުމުން ދެގައުމަށްވެސް އޭގެން ގެއްލުންތަކެއް ވާނޭ ކަންކަންކަމަށެވެ. އަދި އެއްބަސްވުންތައް ގެންދެވީ މަޖިލީހުގެ ކޮމެޓީތަކާ ހިއްސާ ކުރަމުންނެވެ. ރާއްޖޭގައި އޮޕަރޭޓް ކުރާ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަނީ އިންޑިއާގެ މީހުން ނަމަވެސް އެމީހުންގެ މައްޗަށް ބާރުފޯރުވަނީ ދިވެހި ސަރުކާރުން ކަމަށާއި އެތަކެތި އޮޕަރޭޓް ކުރުމުގެ އެންމެހާ އިދާރީ ކަންކަން ކުރާނީ ދިވެހި ސިފައިން ކަމަށެވެ.

އެކަމަކު އިދިކޮޅުން ދެއްކި އެވާހަކަތައް ްަބޫލުކޮށް ރާއްޔިތުން ދިން ވޯޓާއެކު ޑރ މުއިއްޒު އެވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. އެޢައެކުވެސް އައި މަޖިލިސް އިންތިޚާބަށްޓަކައިވެސް އިންޑިއާއަށް ރައީސް މުއިއްޒު ބަސްވިދާޅުވީ ރަތްމަހަކަށްވެސް އެއްޗެހި ނުގޮވާވަރަށެވެ. ޚާއްޞަކޮށް އިންޑިއާ ވާދަވަެރި ޗައިނާއަށް ވަޑައިގެން އެނބުރި ރާއްޖެ ވަޑައިގެންވެސް ދެއްވީ ކުރުދޮށިންނެވެ. ވަޒީރު ބޭފުޅުންވެސް ހިތައް އައިހޭ އެއްޗެއް ގޮވަމުންދިޔައެވެ. މަލާމާތާ ފުރައްސާރަކުރިއެވެ. ހުތުރު ކާޓޫނުތައް ކުރެހިއެވެ.

އެކަމަކު ސަރުކާރާ މަޖިލިސް ލިބުމާއެކު ރައީސް މުއިއްޒާއި ސަރުކާރުގެ ރާގެ ެވަނީ މުޅިން ބަދަލު ވެފައެވެ. މިއަދު އިންޑިއާ ވަރެއް ނެތެވެ. ހުޝާމިދު ކުރުމުގައި މެކުހަށް ޖަހާފައެވެ. ޝުކުރުގެ މާމެލާލި ބޮނޑިބޮނޑީގައެވެ. މިހާރު އެންމެ ގާތް ގައުމެވެ. ހެދުން ބަދަލު ކޮށްލައިގެން ގެނައި ސިފައިން އަދިވެސް ބައތިއްބާފައެވެ. ސެނަހިޔާގައި ތިބެން ކުރިން ކަމުނުދިޔަ ޑޮކްޓަރުންވެސް އޯކޭއެވެ. ހެލިކޮޕްޓަރާއި ޑޯނިއާ އެމީހުން ދުއްވުން ބަރާބަރެވެ. ކުރިން ހާމަ ނުކޮށްގެން އުޑުގަޖެހިފަ ބިމުގަ ޖެހުނު އރެއްބަސްވުންތައް ގައުމީ ސަލާމަތަށްޓަކައި މިހާރު ބޮޑު ސިއްރެކެވެ. އެތަކެތި ހުރިގޮތައް ބަހައްޓާފައި އިތުރު އެފަދަ އެއްބަސްވުންތައްވެސް ހަދައި ސިއްރު ކުރީއެވެ. އެއްކަލަ "ގެރި މޯދީ" މުޅިން އެހެން މޯދީއަކަށް ބަދަލުވެ ޝުކުރު ބަރުތީލަ ކުރަނީއެވެ. އިންޑިއާ އައުޓް މަނާކުރާ ގަރާރު އޮތްގޮތައް ބޭއްވީއެވެ.

ކޮންމެއަކަސް ކުރުކޮށް ފޮނިކޮށް، މޫނަށް ރުލެއްވެސް އަރުވާ ނުލައވާހުރެ ރައީސް އެވިދާޅުވަނީ އިންޑިއާ އައުޓް ޖެއްސިއަ ނުދެއްވާނެ ކަމަށެވެ. ކުރިން ވިދާޅުވިހާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށް އަމިއްލައަށް އިއުތިރާފްވެވަޑައިގަންނަވާ މިއަދު އެވިދާޅުވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ސަރުކާރުން ވިދާޅުވި ވާހަކަތައް ހަމަ އެގޮތަށެވެ. އޭރުގެ އިދިކޮޅުން ކުރިން އައުޓްކުރަން ނިކުތް އިންޑިއާ" އައުޓް ނުވެ އަދުގެ ސަރުކާރު ސައިޒްވީއެވެ. އެއާއެކު ހާމަވެގެން އެދަނީ ރައީސް ޑރ މުއިއްޒުއާއި އަދުގެ ސަރުކާރުގައި ތިބި އިސްމީހުން އޭރު އެދެއްކެވި ވާހަކަތަކަކީ ގައުމުގެ ހަމަޖެހުން ނަގާލުމަށް އަދި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާމެދު ރަނގަޅުނޫން ތަސައްވުރެއް އުފެއްދުމަށް ދެއްކި ދޮގު ވާހަކަތަކެއް ކަމެވެ. މިކަމުން ހާމަވަނީ ރައީސް ޑރ މުއިއްޒުގެ އަސްލު ސިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017
ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

10 ސެޕްޓެމްބަރު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017
އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ

އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ

21 ޖުލައި 2017
ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

15 ޖޫން 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު