ގާޒާ ހަނގުރާމަ އަށް 311 ދުވަސް، 16،500 ކުޑަކުދިން އިޒްރޭލުގެ ހަމަލާތަކުގައި މަރުވެއްޖެ
މަރުވެފައިވާ 39،897 މީހުންގެ އިތުރުން 10،000 ފަލަސްތީން މީހުން ވަނީ ވީ ނުވީއެއް ނޭގި ގެއްލިފައެވެ.
ރާއްޖެ އެމްވީ | 12 އޯގަސްޓު 2024 | ހޯމަ 18:15

އިޒްރޭލުން ދިން ހަމަލާއްގައި ޒަޚަމްވެފައިވާ ކުޑަކުއްޖެއް ރޮނީ
ގާޒާ އަށް އިޒްރޭލު ސިފައިން ހުއްޓުމެއް ނެތި ހަމަލާ ދެމުންދާތާ 311 ދުވަސް ފާއިތުވެފައިވާ އިރު، ގާތްގަނޑަކަށް 16،500 ކުޑަކުދިން ވަނީ މަރުވެފައި ކަމަށް ގާޒާ ގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ. އިޒްރޭލުގެ ހަމަލާތަކުގައި 39،897 ފަލަސްތީން މީހުން ވަނީ މަރުވެފައެވެ. އޭގެ އިތުރުން 10،000 ފަލަސްތީން މީހުން ވަނީ ވީ ނުވީއެއް ނޭގި ގެއްލިފައެވެ.






