Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތައް

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވަނީ ގޯތިތަކެއް ނޫން: މިނިސްޓަރު ހައިދަރު

12 އޯގަސްޓު 2024 | ހޯމަ 08:40

ހުޅުމާލެ- ފޭސް3އަކުން ގޯތި ލިބުނު މީހުންނަށް ގޯތި ދޫކުރެވޭނީ މިއަހަރުގެ ނޮވެންބަރު މަހު

އަމްނާ އިމާދު
އަމްނާ އިމާދު | 12 އޯގަސްޓު 2024 | ހޯމަ 08:40
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވާހަކަދައްކަވަނީ

ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވާހަކަދައްކަވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވަނީ ގޯތިތަކެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކަކީ ގޯއްޗެއް ނޫން ކަމަށެވެ. ކަނޑުންދީފައި ހުންނަ އެއްޗަކަށް ގޯތި ނުކިޔާނެ ކަމަށެވެ. ނަމަވެސް މިސަރުކާރުން ގޯތިތައް ދޫކުރާނީ ބިން ހިއްކައިގެން ބިމުން ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހުޅުމާލެ-ފޭސް 3 އަކުން ދޫކުރާ ގޯތިތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ހައިދަރު ވިދާޅުވީ ހުޅުމާލެ- ފޭސް3 ގެ ފަޅުން ގޯތި ލިބުނު 699 މީހުންނަށް ގޯތި ދޫކުރާނެ ކަމަށާއި، ގޯތި ހަވާލުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެވެނީ މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ހައިދަރު ވިދާޅުވީ ގިރާވަރުން 5187 މީހުންނަށް ގޯތި ދީފައިވަނީ ފަޅުތެރިން ކަމަށެވެ. ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ގޯތި ދޫކުރެވޭނީ އެމަސައްކަތް ނިމުމުން ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވަނީ ގޯތިތަކެއް ނޫން ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއިރު، ކުރީ ސަރުކާރުން ބަދަލުވެގެން ދިޔައިރު ގޯތި ދޫކުރި ހުރިހާ ސަރަހައްދެއް ވަނީ ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައެވެ. ބޮޑު ބައެއް ނިމިފައިވަނިކޮށް، މިސަރުކާރުން ވަނީ އެމަޝްރޫއުތަކުގެ އަމަލީ މަސައްކަތް ހުއްޓުވައި، ބޯހިޔާވަހިކަމަށް ފުށިދިއްގަރުފަޅުގެ މަޝްރޫއު ފަށާފައެވެ. މި މަޝްރޫއުގެ މަސައްކަތް "ރަސްމާލެ" ނަމުގައި ހިއްކަން ފަށާފައިވަނީ 18 ޑިސެންބަރު 2023 ގައެވެ. ނަމަވެސް އެމަޝްރޫއު ވެސް ކުރިއަށް ނުގެންދެވި ވަނީ ހުއްޓިފައެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ގުޅީފަޅު، ގިރާވަރުފަޅު އަދި ހުޅުމާލެ ފޭސް-3 ހިއްކުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން

24 އެޕްރީލު 2017
މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން
22 އެޕްރީލު 2017

ބަރިސްތާ އަށް ކޯޓުއަމުރެއްގެ ދަށުން ފުލުހުން ވަތް، ބަޔަކު ހައްޔަރެއް ނުކުރޭ: ބަރިސްތާ

22 އެޕްރީލު 2017
ބަރިސްތާ އަށް ކޯޓުއަމުރެއްގެ ދަށުން ފުލުހުން ވަތް، ބަޔަކު ހައްޔަރެއް ނުކުރޭ: ބަރިސްތާ
16 އެޕްރީލު 2017

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގާސިމްގެ ފޯނު އަތުލައިފި

16 އެޕްރީލު 2017
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގާސިމްގެ ފޯނު އަތުލައިފި
08 އެޕްރީލު 2017

ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

08 އެޕްރީލު 2017
ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު
06 އެޕްރީލު 2017

ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި

06 އެޕްރީލު 2017
ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި
08 މާރިޗު 2017

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ
07 މާރިޗު 2017

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް