Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޗެލްސީ ސްޕޮންސަރ ކުރާނެ ބަޔަކުނުވި

މިއީ ވިދިވިދިގެން ޗެލްސީއަށް މެއިން ސްޕޮންސަރެއް ނެތި ސީޒަން ފަށަން ޖެހުނު ދެ ވަނަ ސީޒަނެވެ.

ރާއްޖެ އެމްވީ | 12 އޯގަސްޓު 2024 | ހޯމަ 02:12
ޗެލްސީގެ ބައެއް ކުޅުންތެރިން ހުސްވި ސީޒަނުގައި ކުޅެނީ

ޗެލްސީގެ ބައެއް ކުޅުންތެރިން ހުސްވި ސީޒަނުގައި ކުޅެނީ

އިނގިރޭސި ޕްރެމިއާ ލީގުގެ މަޝްހޫރު ކުލަބު ޗެލްސީ ސްޕޮންސާކުރާނެ ބަޔަކުނުވެ އައު ސީޒަން ފަށަން ޖެހިއްޖެ އެވެ.

މިއީ ވިދިވިދިގެން ޗެލްސީއަށް މެއިން ސްޕޮންސަރެއް ނެތި ސީޒަން ފަށަން ޖެހުނު ދެ ވަނަ ސީޒަނެވެ. އަންނަ ހަފުުތާގައި އައު ސީޒަން ފަށާއިރު ފާއިތުވެދިޔަ ސީޒަނުގައި ވެސް ޗެލްސީ އަށް ޖެހުނީ ސްޕޮންސަރަކު ނެތި ސީޒަން ފަށާށެވެ. ނަމަވެސް ފަހުން އެ ޓީމު ސްޕޮންސާކުރީ އެމެރިކާގެ އިންފިނައިޓް އެތްލީޓް ކުންފުނިންނެވެ. އެކަމަކު އެ ކުންފުނިން ވެސް ތިބީ ޗެލްސީއާއެކު ހެދި އެއް އަހަރުގެ އެއްބަސްވުން އައު ކުރާ ގޮތަކަށްނޫނެވެ.

ޕްރެމިއާ ލީގުގެ ގަވައިދު ބުނާ ގޮތުން ކޮންމެ ޓީމަކަށް ޖާޒީގެ މޭމަތީގައި ޖެހޭނީ މައި އެއް ސްޕޮންސާ އެވެ. މިހެންވެ ސީޒަނެއްގައި ސްޕޮންސާ ބަދަލުކުރެވޭނީ އެންމެ މެޗަކަށެވެ. މިހެންވެ ގިނަ ކުލަބުތަކުން ސީޒަނުގެ ކޮންމެވެސް އެއް މެޗެއްގައި ޖާޒީގެ މޭމަތީގައި ޖަހަނީ އިޖްތިމާއީ ކަންކަމަށް ހިތްވަރުދިނުމުގެ ގޮތުން ދޭ ހާއްސަ މެސެޖެކެވެ.

ރަޝިއާގެ މަހުޖަނު ރޯމަން އަބްރޮމޮވިޗް 2004 ވަނަ އަހަރުން ފެށިގެން ހިންގިއިރު ދުނިޔޭގެ އެންމެ މުއްސަދި އެއްް ކުލަބުގެ ގޮތުގައި ފާހަގަކުރެވުނު ޗެލްސީ އޭނާގެ އަތުން އަތުލި ފަހުން ފެންނަނީ ވަރަށް ގިނަ ކަންކަމުގައި ވަރަށް އާދާއިގެ ގޮތަކަށެވެ. ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިންއާ ގާތްގުޅުމެއް އޮންނަ އަބްރޮމޮވިޗަށް ޗެލްސީ ދޫކޮށްލަން ޖެހުނީ ރަޝިއާ - ޔުކްރޭން ހަނގުރާމައިގެ ސަބަބުން އޭނާ އަށް އިނގިރޭސިވިލާތުގައި ވިޔަފާރިިކުރަން ދަތިކޮށްލުމުންނެވެ.

ޗެލްސީ އަށް ސްޕޮންސަރެއް ނުހޯދުމުން އެކުލަބުގެ ސަޕޯޓަރުން ދަނީ ކުލަބުގެ މާކެޓިން ޑިޕާޓްމަންޓްގެ މަސައްކަތާމެދު ސުވާލު އުފައްދަމުންނެވެ. އަދި މިހާރު ކުލަބު ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޓޮޑް ބޮއެލީ އަށް ވެސް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު