Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫސިޓީގެ ތަރައްޤީގެ މަޝްރޫއުތައް

ކުރިއަށް އޮތް ގަރުނުގައި އައްޑޫގެ ތަރައްޤީ ބިނާވާނީ ރައީސް ސާލިހް އެޅުއްވި ބިންގަލުގެ މަތީގައި: މޭޔަރ ނިޒާރު

11 އޯގަސްޓު 2024 | އާދީއްތަ 18:25

ސާލިހް ސަރުކާރުން ހިންގެވި މަޝްރޫއު ތަކުގެ ސަބަބުން އައްޑޫގެ ތާރީޚަށާއި ޖޯގްރަފީ އަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ނިޒާރު ވިދާޅުވި

ރާއްޖެ އެމްވީ | 11 އޯގަސްޓު 2024 | އާދީއްތަ 18:25
އައްޑޫ ސިޓީގެ މޭޔަރ ނިޒާރު

އައްޑޫ ސިޓީގެ މޭޔަރ ނިޒާރު

ކުރިއަށް އޮތް ގަރުނުގައި އައްޑޫ ސިޓީގެ ތަރައްގީ ބިނާވާނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަޅުއްވައިދެއްވި ތަރައްގީގެ ބިންގަލުގެ މައްޗަށް ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެ.

މޭޔަރ ނިޒާރު އެކްސް ގައި އާދިއްތަ ދުވަހު ކުރެއްވި ޕޯސްޓެއްގައި، ރައީސް ސާލިހްގެ ސަރުކާރުން އައްޑޫ ސިޓީގެ އިންފްރާސްޓްރަކްޗަރ އަޕްގްރޭޑް ކުރުމަށް ކުރައްވާފައިވާ މަސައްކަތްތައް ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ ތެރޭގައި މަގުތަކާއި، ފެންހިންދާ ނިޒާމާއި، ހިއްކި ބިންތަކާއި ރަށްތަކާއި، ވައިގެ ބަނދަރުގެ ބޮޑު މަޝްރޫޢުގެ އިތުރުން ހަންކެޑަ މަޝްރޫޢާއި ހަންކެޑަ ބްރިޖް މަޝްރޫއު ހިމެނޭކަން ނިޒާރު ފާހަގަ ކުރެއްވިއެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން އައްޑޫ ސިޓީގެ ތާރީޚާއި ޖިއޮގްރަފީއަށް ހެޔޮ ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްދާ މި މަސައްކަތްތަކަކީ އައްޑޫގެ މުސްތަޤުބަލަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކަމުގައި ނިޒާރު ވަނީ ފާހަގަ ކުރައްވާފައެވެ.

މޭޔަރ ނިޒާރު އެކްސްގައި މިހެން ވިދާޅުވީ، ރައީސް ސާލިހްގެ ސަރުކާރުން އިންޑިއާގެ އެހީގައި ކުރިއަށް ގެންދިޔަ މުހިންމު މަޝްރޫއުތަކެއްގެ ނިމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތު އާދިއްތަ ދުވަހު އައްޑޫ ސިޓީގައި ބާއްވާފައިވަނިކޮށްނެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންގޮސް ނިމުން ފާހަގަ ކުރި މަޝްރޫއުތަކަކީ އައްޑޫގެ ބިންހިއްކުމާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު އާއި ހިތަދޫ އާއި މަރަދޫ ގުޅުވާލުމަށް ހަންކެޑެ ވަށައިގެން ހެދި 4 ލޭނުގެ ޑީޓުއަރ ލިންކް ރޯޑް މަޝްރޫއެވެ.

މި ދެ މަޝްރޫޢަށްވެސް ފަންޑުކޮށްފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް