Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޤާސިމް އާއި މެދު އަބްދުއްރަހީމްގެ ރާގު ބަދަލުވުން

އިއްޔެ ވިދާޅުވީ ގާސިމް އުޅުއްވަނީ އަމިއްލަ އެދުމުގަ ކަމަށް! މިއަދު ޤާސިމްގެ އަރިހަށް ވަޑައިގަތީ ރަތް ދޫލައިގަ!

އަބްދުއްރަހީމް ވަނީ ޤާސިމަށް ކުރިން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 އޯގަސްޓު 2024 | ހުކުރު 14:38
 އަބްދުއްރަހީމް މާމިގިއްޔަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް

އަބްދުއްރަހީމް މާމިގިއްޔަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް

މާ ދުރެއް ނޫނެވެ. 2023 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހެވެ.

އެ ދުވަހު މިހާރު މަޖިލީހުގެ ރައީސްކަމުގައި ހުންނެވި އަބްދުއްރަހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އުޅުއްވަނީ އަމިއްލަ އެދުމުގައި ކަމަށެވެ. އޭރު އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ބަހުގެ ހޫނު ހަމަލާތަކެއް ގާސިމަށް އަމާޒުކުރެއްވީ އެއްވެސް ސުމާރެއް ނެތިއެވެ. ކަން ދިމާ ކުރި ގޮތުން އެ ދުވަސްކޮޅު ދިވެހި ކަނޑު ވިއްކާލުމާއި ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު ބާއްވާ އެއްވުމުގައި ބައިވެރި ނުވާން ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް ގާސިމް ގޮވާލެއްވިއެވެ.

އެ ދުވަހު އަދުރޭ ވިދާޅުވީ ލީޑަރުންނަކީ ދިމާވާ ކަންކަމާ ކެރިގެން ކުރިމަތިލާން ކެރޭ ބައެއް ކަމަށެވެ. އަދި ގައުމުގެ ހައްގުގައި ނިކުންނަވާ ލީޑަރުން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އިދިކޮޅުން ބާއްވާ އެއްވުމުގައި ގައުމުގެ ހައްގުގައި ހުރިހާ ރައްޔިތުން ބައިވެރިވާންޖެހޭ ކަމަށް ވެސް އެ ދުވަހު ވިދާޅުވިއެވެ. އެ ކަން ނުވާނަމަ އަމިއްލަ ވިޔަފާރިއައިގެން ކުރިއަށް ވަޑައިގަންނަވާ، "އަނެއްކާވެސް ހަތަރު ފަޅާއި ފަސް ފަޅު ރަށް ހޯއްދެވޭތޯ ބައްލަވާށޭ." އެ ދުވަހު ޤާސިމާއި ދިމާލަށް ވިދާޅުވި ހަނދާން މަނިކުފާނު މިއަދު ނުހުރެދާނެއެވެ.

އެކަމަކު މިއަދުތޯއެވެ؟ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު މާމިގިލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމާއި ބައްދަލު ކުރެއްވުމަށް އދ. މާމިގިއްޔަ ވަޑައިގަތުމުން ރަތްދޫލައިގެ މަރުހަބާ ދަންނަވާ އެ ތިއްބެވީ ގަދަކޮށް އެކުގައި ކަމަށް ރައްޔިތުންނަށް ދައްކައިގެންނެވެ. ގާސިމްގެ ދައުވަތަކަށް އަބްދުއްރަހީމް މާމިގިއްޔަށް ވަޑައިގެންނެވީ ގާސިމްގެ ކުންފުނި ވިލާގެ ފްލައިމީގެ މަތިންދާބޯއްގައެވެ. މިއަދު އެއީ އަމިއްލަ އެދުން ބޮޑު ބޭފުޅެއް ކަމަކަށް އަބްދުއްރަހީމް ޤަބޫލެއް ނުކުރައްވައެވެ. ކުރިން ބުނި ވާހަކަ ކެންސަލްއެވެ. މިއަދު ފަޅު ހޯދަން އުޅޭ ވާހަކަ އާއި ފަޅުރަތްތައް ހޯދަން ޤާސިމް އުޅޭ ވާހަކަ ވެސް ކެންސަލްއެވެ. މި ހުންނަނީ ސިޔާސީ މައިދާނުގަ މިހާރު ފެނި ބާވެފައި ހުންނަ ކަންކަމެވެ. އެހެންވީމަ އެ ދުވަހު ޤާސިމް އާއި މެދު މަނިކުފާނު ދެއްކެވީ އަމިއްލަ އެދުމުގައި ދެއްކެވި ވާހަކަތަކެއް ނޫންބާ އޭ މިއަދު ސުވާލު އުފެދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް

ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް

15 އޯގަސްޓު 2017
ކަމަކަށްފަހު ކަމެއް އަމިއްލައަށް ފަޅައިއަރުވާ ބޮލާފޮށާ އެޅެނީ

ކަމަކަށްފަހު ކަމެއް އަމިއްލައަށް ފަޅައިއަރުވާ ބޮލާފޮށާ އެޅެނީ

07 އޯގަސްޓު 2017
އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

06 އޯގަސްޓު 2017
މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!

މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!

04 އޯގަސްޓު 2017
އަދީބު ބޭރަށް ނުފޮނުވަން ތިޔައުޅުއްވަނީ "ވެއްޓިދާނެތީ" ބިރުން!

އަދީބު ބޭރަށް ނުފޮނުވަން ތިޔައުޅުއްވަނީ "ވެއްޓިދާނެތީ" ބިރުން!

22 ޖޫން 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު