Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝްގެ ވަގުތީ ސަރުކާރު އިއުލާން ކުރުން

ބަންގްލަދޭޝްގެ އަސްކަރިއްޔާ އިން ވަގުތީ ސަރުކާރެއް އިއުލާން ކޮށްފި

ވަގުތީ ސަރުކާރު އެކުލަވާލުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް މަޝްވަރާ އަށް ދައުވަތު ދެއްވާފައިވެއެވެ.

ރާއްޖެ އެމްވީ | 5 އޯގަސްޓު 2024 | ހޯމަ 17:56
ހަސީނާ އިސްތިއުފާ ދެއްވި އިރު، މުޒާހަރާ ތަކުގައި 300ށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ

ހަސީނާ އިސްތިއުފާ ދެއްވި އިރު، މުޒާހަރާ ތަކުގައި 300ށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ

ބަންގްލަދޭޝް ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލާ ކުރަމުންދިޔަ މުޒާހަރާތައް ނުރައްކާވެފައިވަނިކޮށް ބޮޑު ވަޒީރު ޝޭޚް ހަސީނާ ކުށްލި ގޮތަކަށް އިސްތިއުފާ ދެއްވާ ފިއްލަވައިގެން ވަޑައިގަތުމާ ގުޅިގެން އެ ގައުމުގެ އަސްކަރިއްޔާ އިން ބަންގްލަދޭޝްގެ ވަގުތީ ސަރުކާރެއް އިއުލާން ކޮށްފިއެވެ.

ހަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެން ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ވެރިޔާ ވަޤާރުއްޒަމާން ގައުމާ މުޚާތަބް ކުރައްވާ ޓީވީ މެދުވެރިކޮށް ހޯމަ ދުވަހު ދެއްވި ބަޔާނެއްގައި ވިދާޅުވީ ގައުމު ދެން ހިންގަމުން ގެންދާނީ ވަގުތީ ސަރުކާރަކުން ކަމަށެވެ.

އޭނާ ވަނީ ގައުމުގައި ހަމަޖެހުން ގާއިމް ކުރުމަށް ރައްޔިތުންނަށް ގޮވާލައްލައްވާފައެވެ.

ހަސީނާ ގައުމު ދޫކުރައްވާ ހޯމަ ދުވަހު ފިއްލެވީ އަސްކަރީ ހެލިކޮޕްޓަރެއްގައެވެ.

ހަސީނާ އިސްތިއުފާ ދެއްވި އިރު، އެތައް ހަފްތާ ތަކެއް ވަންދެން ކުރިއަށް ދިޔަ މުޒާހަރާ ތަކުގައި 300ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ހަމަ ނުޖެހުން އެންމެ މައްޗަށް ދިޔަ އާދިއްތަ ދުވަހު އެކަނި ވެސް ގާތްގަނޑަކަށް 100 މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހޯމަ ދުވަހު ޑާކާގެ މަގުތައް ބެލެހެއްޓުމަށް ސިފައިން ނުކުމެފައިވީނަމަވެސް މުޒާހަރާ ކުރާ މީހުން ވަނީ ދައުލަތުގެ ތަންތަނަށް ވަދެ އެތަންތަން ހިސާރު ކޮށްފައެވެ.

ގިނަ އަދަދެއްގެ ބަޔަކު ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅަށް ވަދެފައިވާ އިރު ޕާލިމެންޓް އިމާރާތުގެ ތެރެއަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ވަދެފައެވެ.

ޕާކިސްތާނާ އެކު 1971 ވަނަ އަހަރު ކުރި ބަންގްލަދޭޝް ގެ މިނިވަންކަމުގެ ހަނގުރާމަ އަށް ފަހު 1970 ގެ އަދި 1980 ގެ އަހަރު ތަކުގައި އަސްކަރީ ވެރިކަމެއް ބަންގްލަދޭޝް ގައި ކޮށްފައި ވުމާއެކު މި ދަނޑިވަޅުގައި އަނެއްކާވެސް އަސްކަރިއްޔާ އިން ގައުމު ހިންގުމާ ހަވާލުވެދާނެ ކަމުގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށް އަސްކަރިއްޔާގެ ވެރިޔާ ވަޤާރުއްޒަމާން ވިދާޅުވީ ރައްޔިތުން އަސްކަރިއްޔާ އަށް އިތުބާރު ކުރުމަށާއި ގައުމަށް ހަމަ ޖެހުން ގެނެސްދެއްވާނެ ކަމަށެވެ.

އަސްކަރިއްޔާގެ ވެރިޔާ ވަނީ، މުޒާހަރާ ތަކުގައި މަރުވި މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދެއްވާނެ ކަމަށާއި، ޖަރިމާތައް ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.

އޭނާ ވަނީ ވަގުތީ ސަރުކާރު އެކުލަވާލުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް މަޝްވަރާ އަށް ދައުވަތު ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ޖަލުގައި ބަންދުކޮށްފައި ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚަލިދާ ޒިޔާ މިނިވަން ކުރުމަށް ބަންގްލަދޭޝްގެ ރައީސް އަންގަވައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ

09 މާރިޗު 2017
އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ
07 މާރިޗު 2017

އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި

07 މާރިޗު 2017
އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި
06 މާރިޗު 2017

އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި

06 މާރިޗު 2017
އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި
03 މާރިޗު 2017

ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި

03 މާރިޗު 2017
ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
24 ފެބުރުއަރީ 2017

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

24 ފެބުރުއަރީ 2017
ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި
23 ފެބުރުއަރީ 2017

މޫސަލް ގެ އެއާޕޯޓު އިރާގު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފި

23 ފެބުރުއަރީ 2017
މޫސަލް ގެ އެއާޕޯޓު އިރާގު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފި
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު