Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕެންޝަން ނިޒާމް

މިހާރު ޕެންޝަން ލިބޭ 23،000 މީހުންނަށް، މަހަކު ޕެންޝަންގެ ގޮތުގައި 100 މިލިއަން ރުފިޔާ ހޭދަކުރޭ

2005ން ފެށިގެން ޕެންޝަން ނިޒާމްގެ ރިފޯމްގެ މަސައްކަތް ވަނީ ފަށާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 އޯގަސްޓު 2024 | ހޯމަ 14:39
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ޕެންޝަން އޮފީހުން ވާހަކަދައްކަނީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ޕެންޝަން އޮފީހުން ވާހަކަދައްކަނީ

މިހާރު ޕެންޝަން ލިބޭ 23،000 މީހުން އެބަ ތިބިކަމަށާއި، މަހެއްގެ މައްޗަށް ޕެންޝަންގެ ގޮތުގައި 100 މިލިއަން ރުފިޔާ ހޭދަކުރާ ކަމަށް ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ހަލީމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އެ އޮފީހުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާފައި ވަނީ ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ހަލީމް އާއި ޗީފް ފައިނޭންޝަލް އޮފިސަރ، ހައްވާ ފަޖުވާ އާއި އައިމިނަތު އިރްތިޔާޝާ، ޑިރެކްޓަރ އިންވެސްޓްމެންޓް އެންޑް ރިސަރޗް އަދި އަބްދުﷲ ފިކުރީ، ޑިރެކްޓަރ ލީގަލް އެފެއަރޒްއެވެ.

Advertisement - newsAdvertisement

އެ ކޮމިޓީގައި ވާހަކަދައްކަވަމުން ޝުޖާތާ ވިދާޅުވީ އެހެނިހެން ޕެންޝަންގެ ގޮތުގައި މިހާތަނަށް 33 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. ޝުޖާތާ ވިދާޅުވީ ޕެންޝަން އަކީ އިޖުތިމާއީ ރައްކާތެރިކަމުގެ އެއް ތަނބު ކަމަށެވެ. އަދި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އިޖުތިމާއީ ރައްކާތެރިކަމާއި ގުޅުން ހުރި އެހެނިހެން ތަނބުތައް ވަރުގަދަ ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޕެންޝަން ނިޒާމް މިހާރު ވަނީ ވަރަށް ބޮޑަށް ހަރުދަނާވެފައި ކަމަށް ފާހަގަކުރައްވާ އޭނާ ވަނީ ޕެންޝަން ނިޒާމް އެގޮތަށް އޮތުމުގެ ސަބަބުން އެ ނިޒާމްގެ ތެރެއިން ވަރަށް ގިނަ ކަންކަން ކުރުމަށް ޕެންޝަން އޮފީހަށް ހުށަހެޅުންތައް ލިބެމުންދާ ކަމަށް ވިދާޅުވެފައެވެ.

ހަމައެހެންމެ އެ ނިޒާމް އެކުލަވާލީ އުމުރުން ދުވަސްވާ އިރު ދިރިއުޅުމުގެ ފެންވަރު ދަށް ނުވާނެ ވަރުގެ ނިޒާމެއް ބިނާކުރުމުގެ މަޤްސަދުގައި ކަމަށް ޝުޖާތާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ ނިޒާމްގެ ތެރެއިން އިތުރު ކަންކަން ކުރަން އުޅުމަކީ ޕެންޝަންގެ ނިޒާމަށް ވަރަށް ބޮޑަށް ބުރު އަރާނެ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޕެންޝަން ނިޒާމް އައުމާއި އެކު ޕްރޮވިޑެންޓް ފަންޑް އުވާލާފައިވާ ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ޕެންޝަން ނިޒާމަކީ މާލީ ގޮތުން ދެމެހެއްޓެނެވި ނިޒާމެއް ކަމަށާއި އުމުރުން ދުވަސްވީ މީހުންނަށް ހަމައެކަނި ދައުލަތުން ފައިސާ ފޯރުކޮށްދިނުމަކީ އެކަށީގެންވާ ގޮތެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިންވެސްޓްމެންޓްގެ ފުރުސަތުތައް ކުޑަކުރުމަކީ ވެސް ދިމާވާ ގޮންޖެހުމެއް ކަމަށާއި ޑޮލަރު ލިބުމުގައި ވެސް ދަތިތައް ހުރި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޝުޖާތާ ވަނީ ޕެންޝަން އަށް ޖަމާކުރާ ފައިސާ އިންވެސްޓް ކުރާ ގޮތަށް ވެސް އަލިއަޅުވަލައްވާފައެވެ. އެގޮތުން ޕެންޝަން ފަންޑުން މިހާތަނަށް އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވަނީ ޓްރެޒަރީ ބިލަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިދިޔަ އަހަރުން ފެށިގެން ސްޓޮކް އެކްސްޗޭންޖްގައި ވެސް އިންވެސްޓް ކުރަމުންދާ ކަމަށާއި އެވްރެޖްކޮށް 5%ގައި ފައިދާ ހިފެހެއްޓޭ ކަމަށް ޝުޖާތާ ވިދާޅުވިއެވެ. މީގެ އިތުރުން އަމިއްލަ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކުން އެ ނިޒާމަށް އެއްބާރުލުން ދިނުމަކީ އެންމެ ފުރިހަމަ ކަމެއް ލިބޭނެ ކަމެއް ކަމަށް ޝުޖާތާ ވިދާޅުވިއެވެ. ޝުޖާތާ ވަނީ ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާ ގޮތަށް ބަލައިގެން ކަންކަން ފަރުމާކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ޝުޖާތާ ވަނީ އުމުރުން ދުވަސްވީ މީހުންނަށް ދައުލަތުގެ ބަޖެޓުން އިތުރު މަންފާތައް ދެމުންދާ އިރު އެކަން ވެގެންދާނީ ކުރިމަގުގައި ބަޖެޓަށް އޮތް ގޮންޖެހުމަކަށް ކަމަށް ފާހަގަކުރައްވާފައެވެ.

2005ން ފެށިގެން ޕެންޝަން ނިޒާމްގެ ރިފޯމްގެ މަސައްކަތް ވަނީ ފަށާފައެވެ. ޕެންޝަން ނިޒާމެއް ޤާއިމް ކުރީ 2010 ވަނަ އަހަރުއެވެ. އެ މަސައްކަތް ފެށީ ވަރލްޑް ބޭންކްގެ އެހީތެރިކަމާއި އެކުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު