Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކު

މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސީއޯ ކަމަށް ދެ ބޭފުޅެއްގެ ނަން ވަނީ ލިބިފައި - ސައީދު

މިއީ ރައީސް ޑރ.މުހައްމަދު މުއިއްޒު މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު އުފައްދަވާފައިވާ ބޭންކެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 އޯގަސްޓު 2024 | ހޮނިހިރު 14:15
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯގެ މަޤާމަށް ދެ ބޭފުޅެއްގެ ނަން ލިބިފައިވާ ކަމަށް އިކޮޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސް ޑރ.މުހައްމަދު މުއިއްޒު މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު އުފައްދަވާފައިވާ ބޭންކެކެވެ.

Advertisement - newsAdvertisement

މޯލްޑިވްސް އެކައުންޓެންޓް ފޯރަމްގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭގައި އެ ބޭންކް ވުޖޫދު ކުރެވޭނެ ކަމަށެވެ. އަދި ބޭންކު އުފައްދަން ބޭނުންވާ ކުންފުނި ރެޖިސްޓަރކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޑިވެލޮޕްމެންޓް ބޭންކުގެ ގަވަނިންގް ބޯޑު އެކުލަވާލުމުގައި ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ މީހުން ހިމަނުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ބޭފުޅުންނަކީ މާލީ ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ބޭންކަށް ވަރަށް އަވަހަސް ލައިސަންސް ލިބޭނެ ކަމަށާއި ސީއޯކަމަށް ދެ ބޭފުޅެއްގެ ނަން ލިބިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އެ ދެ ނަން ލިބިފައި ވަނީ ބޭރުގެ ރެކްރޫޓް އެޖެންސީ އެއް މެދުވެރިކޮށް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމުގެ އިތުރު ތަފްސީލް ހާމައެއްނުކުރައްވައެވެ.

ސަރުކާރުން ބުނެފައި ވަނީ އެ ބެންކުގެ ސަބަބަބުން ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ދެމެހެއްޓެނެވި އިގްޔިސާދީ ތަރައްޤީ އަށް ބޭނުންވާ ފައިސާ ލިބޭނެ ކަމަށެވެ. އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމަށާއި އުމްރާނީ ތަރައްޤީ އަށް ބޭނުންވާ ފައިސާ އިންވެސްޓްކުރުމަށް އެކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. ހަމައެހެންމެ މި ބޭންކް ޤާއިމް ކުރެވުމުން، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ކުޑަކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި ރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރު ކުރުމަށް މި ބޭންކުން މަގުފަހިވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެކްސްޕީރިއެންސް މޯލްޑިވްސްގެ ނަމުގައި ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށައިފި

އެކްސްޕީރިއެންސް މޯލްޑިވްސްގެ ނަމުގައި ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށައިފި

11 ޖުލައި 2017
އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝިއަލް އެކްސްޕޯ" ޖުލައި މަހުގައި

އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝިއަލް އެކްސްޕޯ" ޖުލައި މަހުގައި

21 ޖޫން 2017
ހިޔާލުފާޅުކުރާ ފަރާތްތަކަށް އިންޒާރުދޭ މައްސަލަތައް ބެލެންޖެހޭ: ޓްރާންސްޕޭރެންސީ މޯލްޑިވްސް

ހިޔާލުފާޅުކުރާ ފަރާތްތަކަށް އިންޒާރުދޭ މައްސަލަތައް ބެލެންޖެހޭ: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 މެއި 2017
އަބުރުގެ ގާނޫނަކީ ދެ ބޭފުޅެއްގެ އަބުރު ރައްކާތެރިކުރުމަށް ހެދުނު ގާނޫނެއް ނޫން: އަމީތު

އަބުރުގެ ގާނޫނަކީ ދެ ބޭފުޅެއްގެ އަބުރު ރައްކާތެރިކުރުމަށް ހެދުނު ގާނޫނެއް ނޫން: އަމީތު

22 މެއި 2017
ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް

ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު