Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުން ޚަރަދުކުޑަ ކުރުން

ޚަރަދު ކުޑަ ކުރަނީ ރައްޔިތުންނަށް ނޭނގޭ ގޮތަށް ކަމަށް ސަރުކާރުން ބުނަނީ ރައްޔިތުންނަށް އޭގެ އަސަރު ނުކުރާތީކީ ނޫން، އެކަން ސިއްރުން ކުރާތީ - ޔާމީން

1 އޯގަސްޓު 2024 | ބުރާސްފަތި 21:26

އެޑިއުކޭޝަން މިނިސްޓްރީ އާއި ރައީސް އޮފީހުން ވެސް ރައިޓް ޓު އިންފޮމޭޝަންގެ ދަށުން ހޯދަން އެދޭ މައުލޫމާތު ނުދޭ ކަމަށް އެ މަނިކުފާނު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 އޯގަސްޓު 2024 | ބުރާސްފަތި 21:26
ކުރީގެ ރައީސް ޔާމީން

ކުރީގެ ރައީސް ޔާމީން

ޚަރަދު ކުޑަ ކުރަނީ ރައްޔިތުންނަށް ނޭނގޭ ގޮތަށް ކަމަށް ސަރުކާރުން ބުނަނީ އެކަން ސިއްރުން ކުރާތީ ކަމަށާއި ޚަރަދު ބޮޑުވާ ކަމުގެ އިހުސާސް ރައްޔިތުންނަށް މިހާރުވެސް ކުރެވޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޖަލްސާގައި ވަނީ ތަކެތީގެ އަގަށް މި ވެރިކަމުގައި އައިސްފައިވާ ބަދަލުތަކަށް އަލިއަޅުވާލައްވާފައެވެ. އެކަމާއި ގުޅޭ ޕްރެޒެންޓޭޝަނެއް އެ ޖަލްސާގައި ޕީއެންފް އިން ވަނީ ހުށަހަޅާދީފައެވެ.

އެ ޕްރެޒެންޓޭޝަން ކުރިއަށް ދިޔަ ވަގުތު އޭގައިވާ ބައެއް ހިސާބުތަކަށް އަލިއަޅުވާލައްވާ ކުރީގެ ރައީސް ޔާމީން ވަނީ މުދަލުގެ އަގު އުފުލިފައިވާތަކެތީގެ ތެރޭގައި އެންމެ އާދައިގެ އާންމު މީހާ އަށް އަސަރުކުރާނެ ކަންކަން ހިމެނޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މެއި 2024 އާއި އަޅާ ކިޔާ ނަމަ މިހާރު ކަރަންޓާއި، ފަރުނީޗަރ، ކާބޯތަކެތި އަދި ސިއްހީ ޚިދުމަތްތަކުން 0.73% ވަނީ އަގު އުފުލިފައެވެ. އެހެންކަމަށް ވާއިރު ތަކެތީގެ އަގު އުފުލުމުގެ އަސަރު އާއްމު މީހާ އަށް ނުކުރާ ކަމަށް ސަރުކާރުން ބުނާނީ ކޮން ހަމައަކުންތޯ އެ މަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ. މިހާރު ކާޑުވެސް ގެނެވޭނެކަން އެނގެން ނެތްކަމަށް ފާހަގަކުރައްވާ ކުރީގެ ރައީސް ޔާމީން ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކުރީގެ ރައީސް ޔާމީން ވަނީ ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުން ހޯދަން އެދޭ މައުލޫމާތު ނުދޭތީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ރައިޓް ޓު އިންފޮމޭޝަންގެ ދަށުން މައުލޫމާތު ހޯދަން އުނދަނގޫ ނުވާނެ ކަމަށް ވިދާޅުވި ނަމަވެސް ކަން ހިނގަނީ އެހެން ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީ އާއި ރައީސް އޮފީހުން ވެސް ރައިޓް ޓު އިންފޮމޭޝަންގެ ދަށުން ހޯދަން އެދޭ މައުލޫމާތު ނުދޭ ކަމަށާއި އެއީ ސިޔާސަތުތައް އެކުލަވާލަން އުނދަނގޫވާކަމެއް ކަމަށް މުއައްސަސާތަކާއި އިދާރާތަކުން ބުނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުރީގެ ރައީސް ޔާމީން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް