Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނެޒުއޭލާ

ވެނެޒުއޭލާ އަށް އަސްކަރީ ފިޔަވަޅު އެޅުމާ ބެހޭގޮތުން ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅު ކުށްވެރިކުރަން: މާކޮސާ

"މާކޮސާ" އަކީ ދެކުނު އެމެރިކާ ސަރަހައްދުގައި ވިޔަފާރި އާއި އިގްތިސާދު ކުރިއަރުވަން މަސައްކަތް ކުރާ ޖަމާއަތެއް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 13 އޯގަސްޓު 2017 | އާދީއްތަ 06:57
ވެނެޒުއޭލާގައި މުޒާހަރާތައް ދަނީ ހުއްޓުމެއް ނެތި ކުރަމުން

ވެނެޒުއޭލާގައި މުޒާހަރާތައް ދަނީ ހުއްޓުމެއް ނެތި ކުރަމުން

ވެނެޒުއޭލާގައި ހިނގާ ޑިމޮކްރަސީއާ ހިލާފު ކަންކަމާ ގުޅިގެން އެކަމުގެ ޖަވާބުގައި އެމެރިކާ އިން އަދި ވަކި ފިޔަވަޅެއް އަޅަން ސީދާ ނުނިންމާ ކަމަށާއި އަސްކަރީ ފިޔަވަޅު ހިމެނޭ ގޮތުން ހުރިހާ ފިޔަވަޅުތަކާ ދޭތެރޭ ވިސްނަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާލުވި ވިދާޅުވުން، ދެކުނު އެމެރިކާ ސަރަހައްދުގައި ވިޔަފާރި އާއި އިގްތިސާދު ކުރިއަރުވަން މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ "މާކޮސާ" އިން ކުށްވެރިކޮށްފިއެވެ.

"މާކޮސާ" ގެ ފަރާތުން އާޖެންޓީނާ އިން ނެރުނު ބަޔާނެއްގައި ބުނީ ވެނެޒުއޭލާގައި ޑިމޮކްރަސީ އަށަގަންނަވަން ބޭނުން ނަމަ އެކަން ކުރަން އޮތް ގޮތަކީ މަޝްވަރާ އާއި ޑިޕްލޮމެސީގެ ތެރެއިން ކަމަށެވެ.

ރައީސް ޓްރަމްޕްގެ ވާހަކަފުޅާއި ބެހޭގޮތުންް ވެނެޒުއޭލާގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެއީ ވަރަށް އިހުތިރާމު ކުޑަ އަދި ލެޓިން އެމެރިކާ ހަލަބޮލި ކަމަށް ވައްޓާލާ ވާހަކައެއް ކަމަށެވެ.

"މާކޮސާ" ގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ދެކުނު އެމެރިކާގެ ބޮޑެތި އިގްތިސާދުތައް ކަމަށްވާ އާޖެންޓީނާ، ޕެރަގުއޭ އަދި އުރަގުއޭ ފަދަ ގައުމުތައް ހިމެނެއެވެ.

ވެނެޒުއޭލާގައި ގާނޫނު އަސާސީ އަލުން އެކުލަވާލުމަށް ރައީސް ނިކޮލަސް މަޑޫރޯ ކުރައްްވާ މަސައްކަތްޕުޅުގެ ސަބަބުން ގައުމު ވަނީ ހަލަބޮލިވެފައެވެ. ވެނެޒުއޭލާގެ އަަމަލުތަކާ ގުޅިގެން ދާދިފަހުން "މަކޮސާ" އިން ވަނީ ވެެނެޒުއޭލާގެ މެމްބަރޝިފް މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ.

ބައިނަލްއަގްވާމީ މުޖުތަމައު އާއި އަދި ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ރައީސް މަޑޫރޯ ގާނޫނު އަސާސީ އިސްލާހު ކުރެއްވުމުގެ މަސައްކަތްޕުޅު ކުރައްވަނީ ބާރުތައް މުށުތެރެއަށް ލެއްވުމަށް ކަމަށެވެ. އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ބެހޭ ގޮތުން އެމެރިކާގެ ސްޓޭޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ އެކަމަކީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އިންތިޚާބުގެ ކުރިންނާއި އަދި އިންތިޚާބަށް ފަހުންވެސް ވެނެޒުއޭލާގައި ބޭއްވުނު އިންތިޚާބަށް ދަނީ އިންތިހާ އަށް ފާޑުކިޔުން އަމާޒުވަމުންނެވެ. ގާނޫނު އަސާސީ އެކުލަވާލާ މަޖިލީހުގެ އިންތިޚާބާ ބޭހޭ ގޮތުން އާރޖެންޓީނާ، ކެނެޑާ، ކޮލަމްބިއާ، މެކްސިކޯ އަދި އެމެރިކާ އިން ބުނެފައި ވަނީ އެ އިންތިޚާބު ބަލައިނުގަންނަ ކަމަށެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި
22 އެޕްރީލު 2017

އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

22 އެޕްރީލު 2017
އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!
20 އެޕްރީލު 2017

ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން

20 އެޕްރީލު 2017
ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު