Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮލިމްޕިކްސް

ޗައިނާގެ ފެތުންތެރިންނަށް ފިޔަވަޅު ނޭޅުމުން ވާޑާ އަށް އެމެރިކާގެ އެހީ ކަނޑާލަނީ

މި މައްސަލަ ފެންމަތިކުރީ މިހާރު ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސްގެ އެންޓި ޑޯޕިން ބައްދަލުވުމުގަ އެވެ.

ރާއްޖެ އެމްވީ | 1 އޯގަސްޓު 2024 | ބުރާސްފަތި 05:17
އައިއޯސީގެ ސްޕޯކްސްޕާސަން ސާވިސްގެ ޑިރެކްޓަރ މާކް އާދަމްސް

އައިއޯސީގެ ސްޕޯކްސްޕާސަން ސާވިސްގެ ޑިރެކްޓަރ މާކް އާދަމްސް

ޗައިނާގެ ފެތުންތެރިން މަނާ ބޭހަށް ފޮޒިޓިވްވި ނަމަވެސް އެކަމަށް ފިޔަވަޅު އަޅާފައިނުވާތީވެ އިންޓަނޭޝަނަލް އެންޑި ޑޯޕިން އެޖެންސީ (ވާޑާ) އަށް އެމެރިކާއިން ދެމުން އަންނަ އެހީ ހުއްޓާލަން ނިންމައިފި އެވެ.

މި މައްސަލަ ފެންމަތިކުރީ މިހާރު ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސްގެ އެންޓި ޑޯޕިން ބައްދަލުވުމުގަ އެވެ.

ޖަޕާނުގައި 2021 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްފައި ބައިވެރިވި 23 ފެތުންތެރިން މަނާ ބޭހަށް ޕޮޒިޓިވްވި އެވެ. އެކަމަކު މި ފެތުންތެރިންގެ އެއްވެސް މައްސަލައެއް ނެތްކަމަށް ނިންމީ ފަހުން ޗައިނާގެ އެންޓި ޑޯޕިން އެޖެންސީން ކުރި ޓެސްޓްތަކަށް ފަހު އެވެ. މިއާއެކު ވާޑާއިން ބުނެފައިވަނީ ޗައިނާގެ ޓެސްޓްތަކުގެ ނަތީޖާއާމެދު ޗެލެންޖްކުރާނެ ފެންވަރެއް ނުވަތަ ހެއްކެއް އެމީހުންގެ އަތުގައި ނެތް ކަމަށެވެ. އެމެރިކާ ރުޅި އައީ މި ހިސާބުންނެވެ.

އެމެރިކާއިން ބުނީ ދުނިޔޭގެ ހުރިހާ ގައުމަކުން އެއްބަސްވެފައިވާ ގަވައިދުތަކަށް އެންމެންވެސް ބޯލަނބަންޖެހޭނެ ކަމަށާއި އެއް ކަމެއްގައި އެކި ގޮތްގޮތަށް އަމަލުކުރުން ބަލައި ނުގަންނާނެ ކަމަށެވެ. އަދި ވާޑާ އަކީ ދުނިޔޭގެ ޑޯޕިން ކަންކަމުގައި ބަސްކިޔަން އޮތް ހަމައެކަނި ޖަމާއަތް ކަމަށްވާއިރު ތަފާތު ކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

މިކަމާ ގުޅިގެން ވާޑާއިން ބުނީ އެމެރިކާގެ ހިތްހަމަނުޖެހުން އޮތުމުން ޗައިނާ އެތްލީޓުންގެ މައްސަލަ މުރާޖައާކުރަން ކޮމިޓީއަށް ފޮނުވާނެ ކަމަށެވެ.

އެމެރިކާ އަކީ ވާޑާ އަށް އެންމެ ބޮޑު މާލީ އެހީތެރިކަން ދޭ ގައުމެވެ. މިހެންވެ އެމެރިކާގެ އެހީ ހުއްޓާލާނެ ކަމަށް ބުނުމުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ވަނީ މިކަމުގެ ތެރެއަށް ވަދެފަ އެވެ. އެ ޖަމާއަތުން ބުނީ ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރުމަށް އެދޭ ކަމަށާއި މެދުވެރިއެއްގެ ރޯލު ކުޅެދޭން ވެސް ތައްޔާރު ކަމަށެވެ.

އިތުރަށް ކިޔާލަން

28 އެޕްރީލު 2018

އާސެނަލް އަދި އެޓްލެޓިކޯއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔުއެފާއިން ނިންމައިފި

28 އެޕްރީލު 2018
އާސެނަލް އަދި އެޓްލެޓިކޯއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔުއެފާއިން ނިންމައިފި
12 އެޕްރީލު 2018

ގާޑިއޯލާ އަދި ލިވަޕޫލާ ދެކޮޅަށް ޔުއެފާއިން ފިޔަވަޅު އަޅަނީ

12 އެޕްރީލު 2018
ގާޑިއޯލާ އަދި ލިވަޕޫލާ ދެކޮޅަށް ޔުއެފާއިން ފިޔަވަޅު އަޅަނީ
01 އެޕްރީލު 2018

ޕްރިމިއާ ލީގު: ތަށި ކާމިޔާބުކުރުމާއި އެއް ފިޔަވަޅު ގާތަށް ސިޓީ ޖެހިލައިފި

01 އެޕްރީލު 2018
ޕްރިމިއާ ލީގު: ތަށި ކާމިޔާބުކުރުމާއި އެއް ފިޔަވަޅު ގާތަށް ސިޓީ ޖެހިލައިފި
24 ޖެނުއަރީ 2018

ބާސެލޯނާ ދޫކޮށް، މަޝަރާނޯ ޗައިނާގެ ހެބޭއީއަށް!

24 ޖެނުއަރީ 2018
ބާސެލޯނާ ދޫކޮށް، މަޝަރާނޯ ޗައިނާގެ ހެބޭއީއަށް!
21 ސެޕްޓެމްބަރު 2017

ގްރީންސްޓްރީޓާއި ދެކޮޅަށް ފިޔަވަޅު އަޅައިފި

21 ސެޕްޓެމްބަރު 2017
ގްރީންސްޓްރީޓާއި ދެކޮޅަށް ފިޔަވަޅު އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު