Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ގާޑިއޯލާ އަދި ލިވަޕޫލާ ދެކޮޅަށް ޔުއެފާއިން ފިޔަވަޅު އަޅަނީ

ގާޑިއޯލާ ވަނީ ދެވަނަ ލެގުގެ މެޗުގައި ބެންޗުން ފޮނުވާލާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 12 އެޕްރީލު 2018 | ބުރާސްފަތި 14:44
ގާޑިއޯލާ ރެފްރީއާ ޒުވާބުކުރަނީ

ގާޑިއޯލާ ރެފްރީއާ ޒުވާބުކުރަނީ

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި އިނގިރޭސިވިލާތުގެ ލިވަޕޫލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާއިން ނިންމައިފިއެވެ.

ގާޑިއޯލާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔުއެފާއިން ނިންމާފައިވަނީ ލިވަޕޫލާ ދެކޮޅަށް އެ ޓީމު އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުގައި ބެންޗުން ފޮނުވާލުމުން ވެސް ކުޅުންތެރިންނަށް އިރުޝާދު ދިނުމާއި ގުޅިގެންނެވެ. އަންނަ މޭ މަހުގެ 31 ވަނަ ދުވަހު މި މައްސަލައާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ޔުއެފާއިން ކަނޑައަޅާފައިވާއިރު އެ އިދާރާގެ ޑިސިޕްލިނަރީ ގަވާއިދުގެ 69 މާއްދާގައި ވަނީ ބެންޗުން ފޮނުވާލެވޭ އެއްވެސް ކުޅުންތެރިޔަކަށް ނުވަތަ ކޯޗަކަށް ޓީމުގެ ބެންޗުގައި ތިބޭ އެހެން ކުޅުންތެރިންނާއި އޮފިޝަލުންނާއި ވާހަކަ ނުދެއްކޭނެ ކަމަށެވެ.

މި މެޗުގައި ގާޑިއޯލާ ބެންޗުން ފޮނުވާލީ ލެރޯއީ ސާނޭ ޖެހި ލަނޑެއް އޮފްސައިޑްގެ ލަނޑެއްގެ ގޮތުގައި ނިންމުމާއެކު އެ މެޗުގައި ރެފްރީކަންކުރި ސްޕެއިންގެ މަޓެއޯ ލާހޯޒްއާ ޒުވާބު ކުރުމާއި ގުޅިގެންނެވެ. ރިޕްލޭތަކުން ފެންނަ ގޮތުގައި ސާނޭ ހުރީ އޮފްސައިޑް މަގާމެއްގައެއް ނޫނެވެ. ގާޑިއޯލާ ސިޓީ އެ މެޗުން ވެސް ބަލިވިއިރު އެ ޓީމަށް ސެމީގެ ޖާގައެއް ގެއްލުނީ 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން ލިވަޕޫލް އަތުން ބަލިވުމާއެކުއެވެ.

ލިވަޕޫލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔުއެފާއިން ނިންމާފައިވަނީ ސިޓީއާ ދެކޮޅަށް އެ ޓީމުގެ އަމިއްލަ ދަނޑުގައި އެޕްރީލް މަހުގެ ފަސްވަނަ ދުވަހު ކުޅުނު މެޗުގައި ސިޓީގެ ކުޅުންތެރިން ދަތުރުކުރި ބަހަށް ހަމަލާ ދިނުމާއި ގުޅިގެންނެވެ. ލިވަޕޫލްގެ ސަޕޯޓަރުން ވަނީ ސިޓީގެ ކުޅުންތެރިން ދަތުރުކުރި ބަހާއި އަމާޒުކޮށް ފުޅިއާއި ފްލެއަރ ފަދަ އެއްޗެހި އުކާފައެވެ. މި ހަމަލާގެ ސަބަބުން ސިޓީގެ ކުޅުންތެރިން ދަތުރުކުރި ބަހުގެ ބިއްލޫރިގަނޑު ތަޅައިގެންގޮސް އެ ކުޅުންތެރިން އެހެން ބަހަކަށް ބަދަލުވާން ވެސް މަޖުބޫރުވިއެވެ. މި ހަމަލާގައި އެއްވެސް ކުޅުންތެރިޔަކަށް އަނިޔާ ނުވި ނަމަވެސް ސެކިއުރިޓީ ބެލެހެއްޓުމަށް ހަރަކާތްތެރިވި ދެ ފުލުސް އޮފިސަރަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.

މި ދެ މައްސަލިގައި ވެސް ގޮތެއް ނިންމާނީ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭތާ ފަސް ދުވަސް ފަހުންނެވެ. ބެލެވޭ ގޮތުގައި ގާޑިއޯލާއަށް ތިން މެޗުގެ ސަސްޕެންޝަނެއް އައުން އެކަށީގެންވެއެވެ. ހަމައެހެންމެ ލިވަޕޫލް ވެސް ބޮޑު އަދަދަކުން ޔުއޭފާއިން ޖޫރިމަނާ ކުރާނެ ކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު