Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެންބަރުންގެ ގޮނޑި ގެއްލުން

ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތަކެއް މިއަދު

13 އޯގަސްޓު 2017 | އާދީއްތަ 04:29

ހަތަރު މެންބަރުންގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވަނީ ބާއްވާފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 13 އޯގަސްޓު 2017 | އާދީއްތަ 04:29
ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ހަތަރު މެންބަރުން

ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ހަތަރު މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ހަތަރު މެންބަރުންގެ މައްސަލައިގެ އަޑުއެހުންތަކެއް ސުޕްރީމް ކޯޓުގައި މިއަދު ބާއްވަން ހަމަޖައްސައިފި އެވެ.

އެގޮތުން، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްގެ މައްސަލަ ތާވަލު ކޮށްފައިވަނީ މިއަދު ހެނދުނު 9:45 އަށެވެ. ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ މައްސަލަ ތާވަލު ކޮށްފައިވަނީ 10:45 އަށެވެ. ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދުގެ މައްސަލަ މެންދުރު 1:15 އަށް ތާވަލުކޮށްފައިވާއިރު، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ މައްސަލަ ތާވަލު ކޮށްފައިވަނީ 2:15 އަށެވެ.

Advertisement - newsAdvertisement

މި ހަތަރު މެންބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެދިފައި ވަނީ އެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދެއްވުމަށެވެ. މީގެ އިތުރުން، މި މައްސަލަތަކުގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަށާއި، ބާއްވަން ނިންމާފައިވާ ބައި-އިލެކްޝަންތައް ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް މެންބަރުން އެދިފައިވެއެވެ.

އެ މައްސަލައިގައި އަންގާރަ ދުވަހު ވަނީ މެންބަރު ވަހީދުއާއި މެންބަރު ސައުދުގެ މައްސަލަ ބާއްވާފަ އެވެ. މެންބަރު ސައުދުގެ މައްސަލައިގެ އަޑުއެހުން ވަކި ހިސާބަކުން މެދުކަނޑާލިއިރު، ބުދަ ދުވަހު ވެސް ސައުދުގެ މައްސަލަ ބޭއްވި އެވެ. ސައުދުގެ މައްސަލައިގެ އިތުރުން މެންބަރު ލަތީފާއި އަމީތުގެ މައްސަލަ ވެސް ބުދަ ދުވަހު ބޭއްވި އެވެ.

ވަކިވަކިން ބޭއްވި އެ އަޑުއެހުންތަކުގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ހަތަރު މެންބަރުން ވެސް ޕީޕީއެމުން ވަކިކޮށްފައިވަނީ، މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ޖުލައި 13 ވަނަ ދުވަހު ކުރި ހުކުމުގެ ފަހުން ޖުލައި 18 ވަނަ ދުވަހު ކަމަށްވާތީ އެ ހުކުމުގެ ދަށުން އެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ކުރިން ޕާޓީން ވަކިކޮށްފައި އޮތަސް އަދި ވަކިވެފައި އޮތަސް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ޕީޕީއެމްގެ ދަފްތަރުން އެ މެންބަރުންގެ ނަން އުނިކޮށްފައިނުވާ ކަމަށެވެ.

ދައުލަތުން ވަކާލާތު ކޮށްފައިވަނީ، ސިޔާސީ ޕާޓީއަކުން މީހަކު ވަކިވާނީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ޕާޓީގެ ދަފްތަރުން އެ މީހެއްގެ ނަން އުނިކުރާ ހިސާބުން ކަމަށް ބުނެ އެވެ. އެގޮތުން އަމީތުއާއި ސައުދުގެ އިތުރުން ވަހީދު ހުކުމުގެ ކުރިން ޕާޓީން ވަކިކޮށް އެ މެންބަރުންނަށް ސިޓީ ފޮނުވައި، އެ ސިޓީތަކުގެ ކޮޕީއެއް އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ނަމަވެސް، ސިޓީގައި ދަފްތަރުން އުނިކުރުމަށް ބުނެފައިނުވާ ކަމަށް ބުނެ ދައުލަތުން ވަކާލާތު ކޮށްފައިވެއެވެ.

ސައުދުއާއި ވަހީދު އަދި އަމީތުގެ ވަކީލުން ވަނީ ޕާޓީން ވަކިކޮށްފައިވާ މެންބަރަކު ދެވަނަ ފަހަރަށް އެ ޕާޓީއާ ނުގުޅެނީސް ޕާޓީން ވަކިކުރާނީ ކިހިނެއްތޯ ސުވާލު ކުރައްވާފަ އެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދާ ހަވާލާދެއްވާ ވަކީލުން ވިދާޅުވީ ސުލޫކީ ކޮމެޓީން ވަކިކުރުމުން އިސްތިއުނާފް ނުކޮށްފިނަމަ ޕާޓީން ވަކިވާނެ ކަމަށެވެ. އަސާސީ ގަވާއިދުގައި ބުނާ 15 ދުވަހުގެ ތެރޭގައި މެންބަރުން މައްސަލަ އިސްތިއުނާފް ކޮށްފައިނުވާއިރު، ގަދަކަމުން ޕާޓީގެ މެންބަރުންގެ ގޮތުގައި ނުހެދޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ވަކީލުން ވިދާޅުވި ގޮތުގައި ޒާތީ ތައައްސުބުގައި ޖެހިގެން ތިބެ އިލެކްޝަނާއި ޕީޕީއެމުން ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގެ ނާޖާއިޒުު ފައިދާ ނަގައި، ހުކުމާއި ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް މެންބަރުންގެ ހައްގުތަކަށް އަރައިގަނެފަ އެވެ.

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި ލަތީފްގެ ވަކީލުން ފާހަގަކުރެއްވީ ސުޕްރީމް ކޯޓުގެ ހުކުމުގެ ބާރު ހިނގާނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބު ކާމިޔާބުކުރާ މެންބަރުންނަށް ކަމަށެވެ. އެކަން ފާހަގަކުރައްވައި ލަތީފްގެ ގޮނޑި ނުގެއްލޭނެ ކަމަށް ވަކީލުން ވިދާޅުވެފައިވެއެވެ.

ޖަވާބުގައި ދައުލަތުން ބުނީ އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރާ މެންބަރުންގެ މައްޗަށް ވެސް ހުކުމުގެ ބާރު ފޯރާނެ ކަމަށާއި އެހެން ނޫން ނަމަ ހުކުމުގެ މަގުސަދު ހާސިލްނުވާ ކަމަށެވެ.

މީގެ އިތުރުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގެ ހުކުމާއި ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އާ ތައާރުޒުވާ ކަމަށް ބުނެ އެ މާއްދާ ބާތިލްކުރުމަށް ހުށަހަޅާފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާއަކީ މެންބަރަކާ މެދު ސުލޫކީ ފިޔަވަޅު އެޅުމާއި މެންބަރުކަމުން ވަކިކުރުމާ ބެހޭ މާއްދާއެވެ. އެ މާއްދާގެ (ބ) ގައި ބުނަނީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހި ރާއްޖޭގައި ބާއްވާ އިންތިޚާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިޚާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް