Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ލާރި ލިބޭނެ ކަމަށް ހީކޮށް ކުރީކޮޅު ކުރި ބޮޑު ޚަރަދު.....؟

މިހާތަނަށް ރެކޯޑް އަދަދަކަށް ސިޔާސީ މަގާމްތައް އުފެއްދުމުގެ އިތުރުން އެހެނިހެން ޚަރަދުތައް ކުރުމުގައި ޑރ މުއިއްޒުގެ ސަރުކާރުން ދައުލަތުގެ މާލިއްޔަތަކަށް ކުޑަކޮށްވެސް ބަލައި ނުލައެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 1 އޯގަސްޓު 2024 | ބުރާސްފަތި 11:50
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު، ސަރުކާރުން ބުނަނީ މާލީ ޙާލަތު ދަށް ކަމަށް، އެކަމަކު ދަތުރުތަކަށް ޚަރަދު ކުރަނީ މިލިއަނުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު، ސަރުކާރުން ބުނަނީ މާލީ ޙާލަތު ދަށް ކަމަށް، އެކަމަކު ދަތުރުތަކަށް ޚަރަދު ކުރަނީ މިލިއަނުން

އެއީ މީގެ ދުވަސްކޮޅެއް ކުރިއެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރެވެ. ފޯރީގައި ވައުދުތަކުގެ ވާހަކަ ދައްކަމުންދިޔަ ދުވަސްވަރެވެ. އޭރުގެ އިދިކޮޅު ކެނޑިޑޭޓް މިހާރުގެ ރައީސުލް ޖުމްހޫރިއްޔާގެ ވާހަކަފުޅު ވަރަށް ސާފެވެ. އެއްވެސް ހާސްކަމެއްނެތެވެ. މޫނަށް ރުލެއްވެސް އަރުވާނުލައްވައި ވިދާޅުވަމުން ގެންދެވީ ދައުލަތުގެ ރިޒާވް ކޮންމެ ހާލަތެއްގައި އޮތަސް ފަރުވާލެއް ނެތްކަމަށެވެ. ބިރެއް ޖެހިލުންވުމެއް ނެތްކަމަށެވެ. ރައްޔިތުންގެ ކަންކަން ކޮށްދެއްވާނެ ކަމަށެވެ. މެނޭޖް ކުރައްވާނެ ކަމަށެވެ. ފައިސާ ނެތިގެން އެއްވެސް މަޝްރޫއެއް ހުއްޓަވާ ނުލައްވާނެ ކަމަށެވެ. އެއީ ފަށާފައި ހުރި ހުރިހާ މަޝްރޫއުތަކާއި ފަށަން ތައްޔާރުވެ ނުފެށި ހުރި މަޝްރޫއުތައް އަދި ފަށާފައި ހުއްޓި، ފަށަން ނޭނގިފައި ހުރި މަޝްރޫއުތައްވެސް މެއެވެ.

ޑރ މުއިއްޒުގެ އޭރުގެ ބަހުންނަމަ ރައްޔިތުންނަށް ހާސްކަމެއްނެތެވެ. ކަންވެ ފިކުރުބޮޑުވާންޖެހޭނެ ކަމަށެވެ. އެޔަޤީންކަން އެގޮތައް ދެއްވީ އޭރުގެ ސަރުކާރުގެ މާލީހާލަތު ރަނގަޅަށް އެނގިވަޑައިގެން ހުންނަވާ ކަމަށާއި ފައިސާ ނެތަސް ފައިސާ ލިބެންހުރި ކޮޅުތަކާއެކުގައި ކަމަށެވެ.

އިންތިޚާބު ކާމިޔާބު ކުރެވި ހުވާ ކުރުމުގެ ކުރިން އައި އިންތިގާލީ މަރުހަލާ ވެގެން ދިޔައީ ރައީސް މުއިއްޒު އެ ވިދާޅުވި ކަންކަން އަކުރުން އަކުރަށް ދެނެގަނެ އާސަރުކާރުން ކަންކުރާނޭ ޕްލޭން ހެދުމަށެވެ. އެކަމަށްޓަކައި މުއިއްޒުގެ އަމިއްލަ ގެކޮޅުގެ އިތުރުން އިލެކްޓް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ކެނޑި ނޭޅިދިޔައީ މަސައްކަތްކުރަމުންނެވެ. މުއިއްޒު އެކުލަވާލެއްވި ޓީމުތަކުން ދިޔައީ ހުރިހާ މުއައްސަސާތަކާއި ވުޒާރާތަކާ ބައްދަލުކޮށް ހުރިހާ މައުލޫމާތެއް އެއްކޮށް ސާފުކޮށް އޭރުގެ ހާލަތު އޮތްގޮތް ދިރާސާ ކުރަމުންނެވެ. ހަމަ އެއާއެކުއެކީގައި ވިދާޅުވި ގޮތައް ރައްޔިތުންގެ މަޖިލީހުން ކޮންޓެންޖެންސީ ބަޖެޓެއްވެސް ފާސްކޮށްދިނެވެ.

އޭރުވެސް ހާސްކަމެއް ނެތެވެ. ހަމަ އެއްވެސް ވަރަކަށް ހާސްކަމެއް ނެތީއެވެ. ޚަރަދުތައް ކުރުމުގައިވެސް ކުޑަކޮށްވެސް ބަލައެއް ނުލައެވެ. ފުރަތަމަ ފެށްޓެވީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށެވެ. ހަމައެކަނި ރަތް ރޮނގަކާއި ޤައުމީ ދިދައަށް އިޝާރާތް ކުރައްވާ އެކުޅުއްވި ޑްރާމާއަށްޓަކައި އެރަސްމިއްޔާތު ބޭއްވެވީ ހާމައަށް އޮތް ޖުމްހޫރީ މައިދާނުގައެވެ. މިލިއަނުން މިލިއަނުން ހަރަދުކޮށް މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ރެކޯޑާއެކުގައެވެ.

ހުވާ ކުރެއްވުމަށްފަހު ދެން މިސްރާބު ޖެއްސެވީ ދިރިއުޅުއްވަން މުލިއާގެ ތައްޔާރު ކުރުމަށެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ދިރިއުޅުއްވާފައި ނުކުމެވަޑައިގެން އެގޭގެ އާބާތުރަ ފިލުވަންވެސް އަނެއްކާވެސް މިލިއަނުންނެވެ. ހަމައެގޮތައް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ދިރިއުޅުއްވި ހިލާލީގެއަށްވެސް ގެނައި ބަދަލުތަކުގެ އަދަދު ގުނާލެވެނީ މިލިއަނުންނެވެ.

މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. މިހާތަނަށް ރެކޯޑް އަދަދަކަށް ސިޔާސީ މަގާމްތައް އުފެއްދުމުގެ އިތުރުން އެހެނިހެން ޚަރަދުތައް ކުރުމުގައި ޑރ މުއިއްޒުގެ ސަރުކާރުން ދައުލަތުގެ މާލިއްޔަތަކަށް ކުޑައިކޮށްވެސް ބަލައި ނުލައެވެ. ޚަޒާނާގައި ހުރިއްޔާ ހުރި ފައިސާއެއް ފަހަށް ބަލާވެސް ނުލައި ހޭދަކުރަމުން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. ފައިސާ އޮތީ ލިބޭށެވެ. އަރަބި ގައުމުތަކުން އޮތީ ބޮނޑި އަޅާފައި އުކާ ގޮތަށެވެ. ޗައިނާ އޮތީ ފައިސާ ނުދެވިފައެވެ. ޑްރޯން ގަންނަން ހެދި މޮޅު ޑީލާއެކު ތުރުކީވިލާތުން ވެސް އޮތީ ރާއްޖެއާ ދިމާލަށް ފައިސާގެ ގޯނިތައް އޮއްސާލުމަށް ތައްޔާރަށެވެ. ދެން ކޮންކަމަކާ ހާސްވާކަށް ހެއްޔެވެ. ދައުލަތުގެ ބަޖެޓަކަށް ރިޒާވްގައި ހުރި ފައިސާގެ އަދަދަކަށް ބެލުމުގެ ބޭނުމެއް އެބައޮތްހެއްޔެވެ. ފައިސާ ހުސްވެ ފަހުން އެއްޗެއް ނެތިދާނެ ކަމަށްބަލަން ޖެހޭނޭ ކަމެއް އެބައޮތްހެއްޔެވެ.

ކޮންމެއަކަސް ރޭކާލީ އޭގެ މާފަހުންނެވެ. ވެރިކަމުގެ މާމުއި ހަނދުގެ ދުވަސްވަރު ނުވެސް ނިމެނީހެވެ. ފައިސާ ހުސްވެ ދައުލަތް މެނޭޖް ނުކުރެވޭ ހިސާބަށް ދިޔައީމައެވެ. ފައިސާ ދޭނެ ކަމަށް ހީކުރެވުނު ފަރާތްތަކުން ހަތަރު އަނާވެސް ދިއްކޮށް ނުލީމައެވެ. އެފަރާތްތަކުގައި ޖެހި ސަލާމަށް ނާށިގަނޑަށް އެއްޗެއް ވައްޓާލާނެ ބަޔަކު ނުވީމައެވެ. ކެންޕޭން ދުވަސްވަރު ޖެހި ހިސާބާ ދިމާނުވެ އެއަށް ބަލައިގެން ފުރަތަމަ ދެތިންމަހަކު ތަޅާބުރުވާލި ފައިސާތަކާއެކު ގައުމު ބަނގުރޫޓުވާ ހިސާބަށް ދިަފަހުންނެވެ.

މިއަދަކު ދެން އިގްތިސޯދޭ، ފައިސާއެއް ނެތޭ ކުރީ ސަރުކާރުން ދިޔައީ ދަރުވާލާފައޭ ބުނުމުގެ މާނައެއް ނެތެވެ. ވެރިކަމުގެ މާމުއި ހަނދުގެ ދުވަސްވަރު ރިޒާވުން އަޗާތަޅާލާފައި މިއަދު ޅަފަޅޮލޭ ގޮވުމުގެ ބޭނުމެއްނެތެވެ. ދެން ތިޔައެއްޗެއް ރައްޔިތުންނަށް ފަހުމްކޮށްދޭކަށް އުޅުމުގެ ބޭނުމެއްނެތެވެ. ބަތާ ގަރުދިޔަ ކައިގެންވެސް ރައްޔިތުން ތިބީ ތިޔަ ގޮވާހާ ގޮވެލިފަތި ގަބޫލު ކުރާ ވަރަށްވުރެ މާބޮޑަށް ރޯފިލައިގެންނެވެ. ކިތައްމެ ވަރަކަށް ކެންސަލް ކުރިއަސް އޭރު ކީ އެއްޗެހި ކަންފަތުގައި ހަރުލާފައި އެބަހުއްޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު