Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުން ޚަރަދުކުޑަކުރުން

ލާމަރުކަޒީ ނިޒާމަކީ ޚަރަދު ބޮޑު، ފެއިލްވެފަވާ ނިޒާމެއް ކަމަށް ދައްކާތީ ކަންބޮޑުވޭ - އަމީން ފައިސަލް

30 ޖުލައި 2024 | އަންގާރަ 10:21

ލާމަރުކަޒީ ނިޒާމަކީ ފެއިލްވެފައި އޮތް އެއްޗެއް ކަމަށް ތަކުރާރުކޮށް މެމްބަރުން ބުނަމުންދާތީ އެކަމަށް އޭނާ ވަނީ ފާޑު ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 30 ޖުލައި 2024 | އަންގާރަ 10:21
ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް

ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް

މަޖިލީހުގެ ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ލާމަރުކަޒީ ނިޒާމަކީ ޚަރަދު ބޮޑު، ފެއިލްވެފަވާ ނިޒާމެއް ކަމަށް ދައްކާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން އޭނާ ވަނީ ލާމަރުކަޒީ ނިޒާމާއި މެދު ސަރުކާރުގެ މެމްބަރުން ބަސްމަގު ގެންގުޅުއްވާގޮތަށް ފާޑު ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ލާމަރުކަޒީ ނިޒާމަކީ ފެއިލްވެފައި އޮތް އެއްޗެއް ކަމަށް ތަކުރާރުކޮށް މެމްބަރުން ބުނަމުންދާތީ އެކަމަށް އޭނާ ވަނީ ފާޑު ވިދާޅުވެފައެވެ. އެ ނިޒާމަކީ ޚަރަދު ބޮޑު ނިޒާމެއް ކަަމަށް ދެއްކުމަކީ ކަންބޮޑުވެވަޑަިއގަންނަވާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިއަދު ރާއްޖޭގެ މެޖޯރިޓީ ރައްޔިތުން، ރައްޔިތުންގެ މަޖިލީހަށް ވެސް އިތުބާރު ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގެ މެމްބަރުންނަށް އާއްމުން އިތުބާރު ނުކުރާކަމަށް ބުނެ މަޖިލިސް ވެސް އުވާލާފައި އެހެން ސިސްޓަމެއް ގެންނަން މަސައްކަތްކުރަންވީތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ.

އޭނާ ވަނީ ކައުންސިލްތަކުގެ ބައި އިލެކްޝަން ބޭއްވުމާއި މެދު ބަދަލުތަކެއް ގެންނަކަމަށް ވާނަމަ މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ޤަބޫލު ނުކުރެވޭކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ރަނގަޅަށް މަޝްވަރާކުރުމަށް ފަހު ނިޒާމަށް ބަދަލު ގެނެވިދާނެކަންކަން ހުރި ކަމަށް އަމީން ވަނީ ވިދާޅުވެފައެެވެ.

ބައި އިލެކްޝަން ބޭއްވުން ޚަރަދު ބޮޑުވެގެން އުޅޭ އިރު މާލޭގައި ވެސް އިމާރާތްތައް ކުއްޔަށް ނަގައިގެން އިދާރާތައް ހިންގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ ސަރުކާރުން ޚަރަދު ކުޑަކުރަން މަސައްކަތް ކުރާ މަންޒަރު ނުފެންނަ ކަމަށް ވެސް ވިދާޅުވެފައެވެ.

ޚަރަދު ކުޑަކުރުމަށް މަސައްކަތް ކުރާ ނަމަ އެމްޑީޕީގެ މެމްބަރުންގެ އެއްބާރުލުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް