Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕެރިސް އޮލިމްޕިކްސް

އޮލިމްޕިކްސްގައި ދެ ކޮރެޔާ އޮޅުވާލުމުން، މައްސަލަ ހޫނުވެއްޖެ

28 ޖުލައި 2024 | އާދީއްތަ 05:58

ދެކުނު ކޮރެޔާގެ ނަން ނުގޮވުނީ އިންތިޒާމީ އޮޅުމަކުން ކަމަށް އޮލިމްޕިކް ކޮމިޓީން ބުނެފައި ވެއެވެ.

ރާއްޖެ އެމްވީ | 28 ޖުލައި 2024 | އާދީއްތަ 05:58
ޕެރިސް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެކުނު ކޮރެޔާގެ ކޮންޓިންޖެންޓް

ޕެރިސް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެކުނު ކޮރެޔާގެ ކޮންޓިންޖެންޓް

ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގައި ދެ ކޮރެޔާ އޮޅުވާލުމުން، އެ މައްސަލަ ހޫނުވެ އެންމެ ފަހުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން މައާފަށް އެދެފި އެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ފްރާންސްގެ ސެން ކޯރުގައި ހަތަރު ގަޑިއިރަށް ދެމިގެންދިޔަ ރަސްމިއްޔާތުގެ އެންމެ ހާއްސަ އައިޓަމަކީ އެތްލީޓުންގެ ޕެރޭޑެވެ. މި ބޭއްވި ޕްރޭޑްގައި އެތްލީޓުން ދަތުރުކުރަމުދިޔައީ ބޯޓުތަކުގަ އެވެ. އުތުރު ކޮރެޔާ އާއި ދެކުނު ކޮރެޔާގެ އެތްލީޓުން ތިބި ބޯޓު ރަސްމިއްޔާތުގެ މައި ރޮސްޓްރަމް ހުރަސްކުރި ވަގުތު އިއުލާނުކުރީ އެއީ ޑިމޮކްރެޓިކް ޕީޕަޕްސް ރިޕަބްލިކް އޮފް ކޮރެޔާގެ ނަމުންނެވެ. މިއީ އުތުރު ކޮރެޔާގެ ރަސްމީ ނަމެވެ. ދެކުނު ކޮރެޔާގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ކޮރެޔާ އެވެ. ހަތުރުވެރި ދެ ގައުމުގެ ތެރެއިން ދެ ކޮރެޔާ އަކީ ވެސް އެންމެ ކޮރެޔާއަކަށް ހެދުމުން ދެކުނު ކޮރެޔާގެ ސަރުކާރުން ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ބަޔާން ވެސް ނެރެފަ އެވެ.  

މިކަމާ ގުޅިގެން ދެކުނު ކޮރެޔާ ޓީމުން ބުނީ މުބާރާތުގެ ރަސްމީ ޕެރޭޑްގައި އެ ގައުމަކީ އުތުރު ކޮރެޔާ ކަމަށް އިއުލާނުކުރުމުން އެމީހުން ވަރަށް ދެރަވެއްޖެ ކަމަށެވެ.

މިކަމާ ގުޅިގެން ދެކުނު ކޮރެޔޭގެ ވައިސް ސްޕޯޓްސް މިނިސްޓަރ މިހާރު ވަނީ އޮލިމްޕިކް ކޮމިޓީއާއެކު ރަސްމީ ބައްދަލުވުމަކަށް އެދިވަޑައިގެންފަ އެވެ. އޭނާ ބޭނުންވަނީ މުބާރާތުގައި މިފަދަ ކަމެއް ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން އޮލިމްޕިކް ކޮމިޓީން ދެކުނު ކޮރެޔާ އަށް ދިނުމަށެވެ.

އޮލިމްޕިކް ކޮމިޓީން ވަނީ މިކަމާ ދެކުނު ކޮރެޔާގެ ކިބައިން މައާފަށް އެދިފަ އެވެ. އެ ޖަމާއަތުގެ ސްޕޯކްސް ޕާސަން މާކް އާދަމްސް ވިދާޅުވީ ގައުމުތަކުގެ ނަން ގޮވުމުގައި ދެކުނު ކޮރެޔާގެ ނަން ނުގޮވައި ދިޔައީ އިންތިޒާމީ އޮޅުމަކުން ކަމަށެވެ.

އޮލިމްޕިކް ކޮމިޓީން ކޮރެޔާ ބަހުން މުއާމަލާތްކުރާ ރަސްމީ އެކައުންޓްތަކުން ވެސް ވަނީ މިކަމާމެދު މައާފަށް އެދިފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2017

ސަންޗޭޒް އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ދެ ހަފްތާއަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެ.

09 އޯގަސްޓު 2017
ސަންޗޭޒް އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ދެ ހަފްތާއަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެ.
11 ޖުލައި 2017

ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

11 ޖުލައި 2017
ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ
26 މެއި 2017

އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް

26 މެއި 2017
އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް
24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
21 މެއި 2017

އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

21 މެއި 2017
އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ
15 މެއި 2017

ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި

15 މެއި 2017
ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި
04 އެޕްރީލު 2017

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

04 އެޕްރީލު 2017
ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!
13 މާރިޗު 2017

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް