Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންޑްރިކް ރެއާލް އަށް

އެންޑްރިކް އަށް ރެއާލްގެ 16 ނަމްބަރު!

އޭނާ ރެއާލް އަށް ސޮއިކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 27 ޖުލައި 2024 | ހޮނިހިރު 11:43
އެންޑްރިކް އާ ރެއާލްގެ 16 ނަމްބަރު ޖަރޒީ ހަވާލުކުރަނީ

އެންޑްރިކް އާ ރެއާލްގެ 16 ނަމްބަރު ޖަރޒީ ހަވާލުކުރަނީ

ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކް 16 ނަމްބަރު ޖަރޒީގައި ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ތަޢާރަފް ކޮށްފިއެވެ.

16 އަހަރުގައި ރެއާލް މެޑްރިޑަށް ސޮއިކުރި އެންޑްރިކް ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ތަޢާރަފްކުރީ ސޮއިކުރިތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ. އޭނާ ރެއާލް އަށް ސޮއިކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ބްރެޒިލް ގައުމީ ޓީމަށް އެންޑްރިކް ކުޅުނީވެސް ރެއާލް މެޑްރިޑަށް ސޮއިކުރި ފަހުންނެވެ. 18 އަހަރު ފުރުނީ މި ޖުލައި މަހުއެވެ. 18 އަހަރު ފުރުމާއެކު ކުރިއަށް އޮތް ސީޒަންގައި ރެއާލްގެ ޖަރޒީގައި އޭނާ ފެންނާނެއެވެ. ރެއާލް މެޑްރިޑްގެ ތަމްރީނު ތަކުގައިވެސް އެންޑްރިކް މިހާރު ވަނީ ބައިވެރިވާން ފަށާފައެވެ.

އެންޑްރިކް އަކީ ކުރިއަށް އޮތް ސީޒަންގައި ކޯޗު ކާލޯ އެންޗެލޮޓީގެ ޕްލޭންގައި މުހިއްމު ކުޅުންތެރިއެކެވެ. ކުރިއަށް ކުޅޭ ކުޅުންތެރިން ގިނަ ނަމަވެސް އެންޑްރިކް އަށް މުހިއްމު ދައުރެއް ދޭނެކަމުގެ އިބާރާތެއް ކޯޗު އެންޗެލޮޓީ ވަނީ ދީފައެވެ. އެމްބާޕޭ ވެސް ރެއާލްއާ ގުޅުމުން ޓީމްގެ ކުރީގެ ވާދަވެރިކަން ބޮޑެވެ. ރެއާލްގެ ކުރިއަށް ކުޅެން ތިބި ކުޅުންތެރިންނަށް ބަލާއިރު ވިނީޝިއުސް ޖޫނިއަރ, ރޮޑްރީގޯ, ބެލިންގހަމް, ގުލާ, އެމްބާޕޭ, އެންޑްރިކް ހިމެނެއެވެ.

އިތުރަށް ކިޔާލަން

26 އޯގަސްޓު 2017

ރެއާލްގެ ޓްވިޓާ އެކައުންޓް ވެސް ހެކްކޮށްފި، މެސީ އެ ކްލަބަށް ބަދަލުވެއްޖެ ކަމަށް ޓްވީޓުކޮށްފި

26 އޯގަސްޓު 2017
ރެއާލްގެ ޓްވިޓާ އެކައުންޓް ވެސް ހެކްކޮށްފި، މެސީ އެ ކްލަބަށް ބަދަލުވެއްޖެ ކަމަށް ޓްވީޓުކޮށްފި
12 އޯގަސްޓު 2017

އިސްކޯ ވެސް ރެއާލްގެ އެއްބަސްވުން އާ ކޮށްފި

12 އޯގަސްޓު 2017
އިސްކޯ ވެސް ރެއާލްގެ އެއްބަސްވުން އާ ކޮށްފި
12 އޯގަސްޓު 2017

ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް

12 އޯގަސްޓު 2017
ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް
09 އޯގަސްޓު 2017

ބޭލް ވިއްކާލުމުގެ ވިސްނުމެއް ރެއާލްގެ ނެތް: ރެއާލްގެ ރައީސް

09 އޯގަސްޓު 2017
ބޭލް ވިއްކާލުމުގެ ވިސްނުމެއް ރެއާލްގެ ނެތް: ރެއާލްގެ ރައީސް
24 ޖުލައި 2017

ކްލަބް ފްރެންޑްލީ: ޕެނަލްޓީ ޖަހައިގެން ރެއާލްގެ މައްޗަށް ޔުނައިޓެޑު ކުރިހޯދައިފި

24 ޖުލައި 2017
ކްލަބް ފްރެންޑްލީ: ޕެނަލްޓީ ޖަހައިގެން ރެއާލްގެ މައްޗަށް ޔުނައިޓެޑު ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު