Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަރަނި ދެއްކުން ފަސްކުރުން

ބޭރުގައުމުތަކަށް ދައްކަން ހުރި ދަރަނި ދެއްކުން ފަސްކުރުމުގެ މަސައްކަތަކީ މިނިވަންކަން ދެމެހެއްޓުން: ރައީސް މުއިއްޒު

އިންޑިއާ ސަރުކާރުން ދާދިފަހުން ވަނީ ދައްކަން ޖެހުނު 50 މިލިއަން ޑޮލަރު ރޯލްއޯވަރ ކޮށްދީފައި

އަމްނާ އިމާދު
އަމްނާ އިމާދު | 27 ޖުލައި 2024 | ހޮނިހިރު 11:28
ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ބޭރުގައުމުތަކަށް ދައްކަން ހުރި ދަރަނި ދެއްކުން ފަސްކުރުމުގެ މަސައްކަތަކީ މިނިވަންކަން ދެމެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ބޭރުގެ ދަރަނި ދެއްކުމަށް އެންމެ ބޮޑު އެހީއެއްވެފައިވާ ދެ ގައުމަކީ ޗައިނާއާއި އިންޑިއާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އިންޑިއާ ސަރުކާރުން ދާދިފަހުން ވަނީ ދައްކަން ޖެހުނު 50 މިލިއަން ޑޮލަރު ރޯލްއޯވަރ ކޮށްދީފައިވާ ކަމަށާއި، ބޭސިކް ކޮމޮޑިޓީސް ކާބޯތަކެތީގެ ކޯޓާ ވެސް ދެއަހަރު ދުވަހަށް އިތުރުކޮށްދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ ޗައިނާ ސަރުކާރުން ވަނީ ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިހުރި ލޯނާއި ލޯނުގެ އިންޓަރެސްޓް ކުރިއަށް އޮތް ފަސް އަހަރު ނުދައްކާ ގޮތަށް ހަމަޖައްސައިދޭނެ ކަމުގެ ފެހި ސިގްނަލް ދީފައިވާ ކަމަށެވެ. އަދި ފަންނީ މަސައްކަތްތައް ކުރިއަށްދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މިއީ ގައުމެއްގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި ހާރިޖީ ސިޔާސަތު ބައްޓަން ކުރަންޖެހޭނެ ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ޔޫއޭއީގެ ސަރުކާރުން ވެސް ވަރަށް ހެޔޮ ކަމަށާއި، ޔޫއޭއީއަށް ދައްކަން އޮތް ލޯނު ވެސް ކުރިއަށް އޮތް 5 އަހަރު ދުވަހަށް ފޮސްކޮށްދޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ އެކިކަންކަމުގައި ނަގާފައި ހުރި ލޯނުތައް ލުއި ގޮތަކަށް ބަހާލައިގެން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އިގްތިސާދު މެނޭޖްކުރުމަށް ކަމަށެވެ. އިގްތިސާދީ ސިޔާސަތު ޔަގީން ކުރުމަށްޓަކައި ރޭވިފައި އޮތް ގޮތަށް ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި ބޭރުގެ ދަރަންޏާ ދަރަނީގެ އިންޓަރެސްޓް ދެއްކުމަށް ލިބުނު ފައިސާއިން ފައިސާ ޗާޕު ކުރުމަކާ ނުލާ 3.8 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. އަދި އެއްވެސް ލޯނެއް ޑީފޯލްޓު ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރީފޯމް އެޖެންޑާ ތަންފީޒު ކުރަމުންދަނީ ދިވެހި ރައްޔިތުންގެ ފުދުންތެރިކަން ޔަގީން ކުރުމަށް ކަމަށާއި، ފަރުދީ ގޮތެއްގައި ފުދުންތެރިކަން އިހުސާސް ނުވާނަމަ ގައުމުގެ މިނިވަންކަން އެފަރުދަކަށް އިހުސާސް ނުވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު