Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު

ލަންކާގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރ 21 ގައި

މިހާރުގެ ރައީސް ވިކްރަމަސިންހަ ވަނީ ފުރަތަމަ ކެންޑިޑޭޓްގެ ގޮތުގައި ރަޖިސްޓްރީ ކުރައްވާފައެވެ.

ރާއްޖެ އެމްވީ | 27 ޖުލައި 2024 | ހޮނިހިރު 03:09
ސެޕްޓެމްބަރު މަހު ވޯޓުލުމުގެ ހައްގު ލިބެނީ ސްރީލަންކާގެ 22 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 17 މިލިއަން މީހުންނަށް

ސެޕްޓެމްބަރު މަހު ވޯޓުލުމުގެ ހައްގު ލިބެނީ ސްރީލަންކާގެ 22 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 17 މިލިއަން މީހުންނަށް

ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު މަހުގެ 21 ގައި ބާއްވާން ނިންމާ އެކަން އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ.

އިގްތިސާދީ ފުން ވަޅުގަނޑަކުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ ތާރީޚް ހުކުރު ދުވަހު އިއުލާން ކުރުމާއެކު، ކެންޑިޑޭޓެއްގެ ގޮތުގައި އެންމެ ފުރަތަމަ ރެޖިސްޓްރީވި ފަރާތަކީ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ އެވެ.

އިންތިޚާބުގައި ވާދަ ކުރާ ފަރާތްތަކުން ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚެއް ކަމަށް ކަނޑައަޅާފައިވަނީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހެވެ.

އުމުރުފުޅުން 75 އަހަރުގެ ރަނިލް ވިކްރަމަސިންހަ ލަންކާގެ ރައީސް ކަމުގެ މަގާމަށް ހަވާލުވެވަޑައިގަތީ 2022 ވަނަ އަހަރުގެ ޖުލައި މަހު އޭރު ވެރިކަމުގައި ހުންނެވި ގޮތަބަޔާ ރާޖަޕަކްސާ ފިއްލަވައިގެން ގައުމު ދޫކުރައްވާ ވަޑައިގަތުމަށް ފަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވަން މަޖުބޫރުވީ، ފަހުގެ ތާރީޚެއްގައި ލަންކާ އަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ހީނަރު ކަމާއެކު ރައްޔިތުން މަގުމައްޗަށް ނުކުމެ ސަރުކާރާ ދެކޮޅަށް ބާއްވަން ފެށި މުޒާހަރާތަކާ ގުޅިގެން ގައުމުގެ ހާލަތު ގޯސްވުމުންނެވެ.

ގޮތަބަޔާ އިސްތިއުފާ ދެއްވުމުން 2019 ވަނަ އަހަރު ފެށުނު އޭނާގެ ދައުރުގެ ބާކީ ބައި ފުރިހަމަ ކުރުމަށް ރަނިލް ވިކްރަމަސިންހަ ރައީސް ކަމުގެ މަގާމަށް އައްޔަން ކުރުމަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރިއެވެ.

ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެގައުމުގެ 22 މިލިއަން މީހުންގެ އާބަދީ އިން ގާތްގަނޑަކަށް 17 މިލިއަން މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމުގައެވެ.

އިންތިޚާބުގެ މައިގަނޑު މައުޟޫއެއްގެ ގޮތުގައި އިގްތިސާދު އޮންނާނެ ކަމަށް ބެލިވިފައިވާއިރު، 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ލަންކާ ބަނގުރޫޓު ވިކަން އިއުލާން ކުރި އިރު 83 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދަރަނީގެ ގޮތުގައި ދައްކަން އޮތްކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ފައިސާ އަކީ ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަންޏެވެ.

ދަރަނިން އަރައިގަނެ އިގްތިސާދު ހަމަ މަގަށް އެޅުވުމަށް، ހުސްވި އަހަރު ލަންކާ އިން ވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން 2.9 ބިލިއަން ޑޮލަރުގެ އެޙީ އެއް ހޯދާފައެވެ. އައިއެމްއެފް ގެ ބެއިލްއައުޓު އެހީތެރިކަމާއެކު ސެޕްޓެމްބަރު 2022 ގައި 70 އިންސައްތައިގައި ހުރި އިންފްލޭޝަން މިއަހަރުގެ ޖޫން މަހާ ހަމައަށް 1.7 އިން ސައްތަ އަށް ވަނީ ތިރިވެފައެވެ.

މިއަހަރު ލަންކާގެ އިގްތިސާދުގެ ދުވެލި 3 އިން ސައްތައިގައި ހުންނާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ކުރިއަށް އޮތް އިންތިޚާބުގައި މިހާރުގެ ރައީސްގެ އިތުރުން ވާދަ ކުރާ ފަރާތްތަކުގެ ތެރޭގައި އިދިކޮޅު ލީޑަރު ސަޖިތް ޕްރަމަދާސާ ހިމެނޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު