Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަ ދެކުއްޖެއްގެ ހަށިގަނޑުގައި އަތްލައިގެން ފާސްކ

ތ.ވޭމަންޑޫގައި ކުޑަ ދެކުއްޖެއްގެ ހަށިގަނޑުގައި އަތްލައިގެން ފާސްކުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި

26 ޖުލައި 2024 | ހުކުރު 13:59

ކުޑަ ދެކުއްޖެއްގެ ހަށިގަނޑުގައި އަތްލައިގެން ފާސްކުރި ކަމަށް ބުނާ ވާހަކަ ފުލުހުން ވަނީ ދޮގުކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ޖުލައި 2024 | ހުކުރު 13:59
ފުލުހުންގެ މައި އިދާރާ

ފުލުހުންގެ މައި އިދާރާ

ތ.ވޭމަންޑޫގައި ކުޑަ ދެކުއްޖެއްގެ ހަށިގަނޑުގައި އަތްލައިގެން ބަލާފާސްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ އިދާރާއިން ދޮގުކޮށްފިއެވެ.

މީސްމީޑިއާގައި މުހައްމަދު ތަސްލީމް ކިޔާ މީހަކު ވަނީ ފުލުހުން ކޯޓު އަމުރު ތަންފީޒުކުރުމުގެ ނަމުގައި ޤާނޫނާއި ޚިލާފުވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ކުޑަކުދިންގެ ކަރާމާތް ނަގާލާ އަނިޔާ ދީފައިވާ ކަމަށާއި އެއީ ވަރަށް ދެރަވަރުކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ހަމައެހެންމެ 5 އަހަރުގެ އަންހެން ކުއްޖަކާއި އެއް މަހުގެ ކުޑަ ކުއްޖަކު ހަށިގަނޑުގައި އަތްލައިގެން ބަލާފާސްކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މި މައުލޫމާތުތައް މީސްމީޑިއާގައި ހާމަކުރި މުހައްމަދު ތަސްލީމްގެ ޕްރޮފައިލްގައި ބުނެފައިވާ ގޮތުން އޭނާ އަކީ ފްރީލާންސް ލޯޔަރެކެވެ. އަދި އިޖުތިމާއީ ކަންކަމުގައި މަސައްކަތް ކުރާ މީހެއްވެސްމެއެވެ. ނަމަވެސް ތުހުމަތުކުރާ މައްސަލަ އާއި އޭނާ އާއި ހުރީ ކޮންގުޅުމެއްކަން އޭނާ ހާމަކޮށްފައެއް ނުވެއެވެ.

އޭނާ ވަނީ މީސްމީޑިއާގައި މި މައްސަލަ އާއި ގުޅޭ މައުލޫމާތު ހިމެނޭ ކޯޓު އަމުރެއް ވެސް ހިއްސާކޮށްފައެވެ. އެ ކޯޓު އަމުރަކީ ތަންތަނާއި ތަކެތި ބަލާ ފާސްކުރަން ދީފައިވާ އަމުރެކެވެ. އެ ކޯޓު އަމުރުން އެނގޭ ގޮތުން އެއީ މަސްތުވާތަކެތީގެ މައްސަލަ އަކާއި ގުޅިގެން ގެއާއި ތަކެތި ބަލާ ފާސްކުރަން ދީފައިވާ ކޯޓު އަމުރެކެވެ.

ތ.ވޭމަންޑޫގައި ކުޑަ ދެކުއްޖެއްގެ ހަށިގަނޑުގައި އަތްލައިގެން ފާސްކުރި ކަމަށް ބުނާ ވާހަކަ ފުލުހުން ވަނީ ދޮގުކޮށްފައެވެ. ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މައްސަލައިގައި ބުނާ ކޯޓު އަމުރު ތަންފީޒުކުރުމުގައި އެއްވެސް ކުޑަކުއްޖެއްްގެ ގައިގައި އަތްލާފައި ނުވާނެ ކަމަށެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން އާއި ގުޅުމަށް ރާއްޖެ އެމްވީން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް