Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ބްރިޖު ޓޯލްފީ ނަގާނެކަމަށް ވިދާޅުވެ ރައީސް އުނބަށް ޖައްސަވައިފި

ރިޔާސީ ކެމްޕޭނުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަ އާ ހިލާފަށް، ސިނަމާލެ ބުރިޖުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ސަރުކާރުން ނިންމާފައިވާތީ ރައްޔިތުންގެ ނުރުހުން އަމާޒުވުމުން ވިދާޅުވީ ބްރިޖް އިން ޓޯލް ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއްނޫން ކަމަށެވެ. އަދި އިއުލާން ކުރެވުނު "މާލެފަހި" ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައި ކަމަށެވެ.

ރިޔާސީ ކެމްޕޭންގެ ތެރޭގައި ވިދާޅުވީ ފީ ނަގާ ވާހަކައަކީ ދޮގެއް ކަމަށާއި، ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު އަމަލެއް ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 ޖުލައި 2024 | ބުރާސްފަތި 14:34
ސިނަމާލެ ބުރިޖުން ޓޯލް ފީ ނަގާނެކަމަށް ރައީސް ވަނީ ވިދާޅުވެފައި

ސިނަމާލެ ބުރިޖުން ޓޯލް ފީ ނަގާނެކަމަށް ރައީސް ވަނީ ވިދާޅުވެފައި

މި ސަރުކާރު ވެރިކަމަށް އައީ ލައްކަ ދަޅައެއް ރައްޔިތުންނަށް ދައްކާފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއްކަމަކަށް ވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި އިރުވެސް އެއިރު ނިންމަވަން އުޅުއްވި ކަމެކެވެ. އެއީ ސިނަމާލެ ބުރިޖާއި ހައިވޭއިން ޓޯލް ފީ ނަގާ ވާހަކައެވެ. އެއިރު އޮތީ އެގޮތަށް ނިންމަވާފައެވެ. ނަމަވެސް ނިމިގެންދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި އެކަން އެގޮތަށް ނުކުރަން ނިންމިއެވެ.

އަދި ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި އަނެއްކާވެސް އެވާހަކަ ތިލަވިއެވެ. ރައީސް މުއިއްޒު ކެމްޕޭންގެ ތެރޭގައި އެކަން ކުރައްވަން ނިންމެވި ވާހަކައިގެ އަޑުތަކެވެ. ނަމަވެސް އެވާހަކަ ދޮގު ކުރެއްވިއެވެ. ވެރިކަމަށް ވަޑައިގެން އެކަން ނުކުރައްވާނެކަމުގެ ވާހަކައެވެ. ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ. ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު އަމަލެއް ކަމަށެވެ.

ކޮންމެއަކަސް އެމަނިކުފާނަކީ ދޮގާއި އޮޅުވާލުމުގައި ވަރަށް ކުރީގައި އުޅުއްވާ ބޭފުޅެވެ. ހައުސިންގް މިނިސްޓަރުކަމުގައި ހުންނެވި އިރު ވިދާޅުވީ ބުރިޖުގެ މަސައްކަތް ނިމެންވާއިރަށް، ބްރިޖު ބޭނުންކުރާ ފަރާތްތަކުގެ އަތުން ޓޯލް ނެގުމުގެ ނިޒާމު ޑިޒައިންކުރަން ހަވާލުކުރައްވާފައިވާ ކަމަށާއި، އެކަން ކުރާނީ އެންމެ ޒަމާނީ ފެންވަރުގައި ކަމަށެވެ. އަދި ގާއިމްކުރައްވާނީ އިލެކްޓްރޯނިކް ޓޯލް ސިސްޓަމެއްކަމަށް ވެސް ވިދާޅުވިއެވެ.

އަނެއްކާވެސް އަޑުއިވިގެން މިދިޔައީ ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި އިރު ކުރައްވަން އުޅުއްވި މަސައްކަތް ފުރިހަމަކުރައްވަން ވެރިކަމަަށް ވަޑައިގެން މަސައްކަތް ފެށި ވާހަކައެވެ. ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ނުފުއްދާ އެމަނިކުފާނު ހިތުހުރިގޮތަކަށް ކަންކަން ނިންމަވަން އަނެއްކާވެސް މަސައްކަތް ކުރެއްވުމުން ރައްޔިތުންގެ ނުރުހުން އަމާޒުވިއެވެ. ނަމަވެސް ރައްޔިތުންގެ ރުޅިގަނޑު ފިނިކޮށްލަން ވިދާޅުވީ ފަހުން އެކަން ކުރައްވާނެ ކަމަށެވެ. ޓޯލް ފީ ނުނަގާނެކަމަށް ވިދާޅެއް ނުވިއެވެ.

ރިޔާސީ ކެމްޕޭނުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަ އާ ހިލާފަށް، ސިނަމާލެ ބުރިޖުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ސަރުކާރުން ނިންމާފައިވާތީ ރައްޔިތުންގެ ނުރުހުން އަމާޒުވުމުން ވިދާޅުވީ ބްރިޖް އިން ޓޯލް ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއްނޫން ކަމަށެވެ. އަދި އިއުލާން ކުރެވުނު "މާލެފަހި" ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައި ކަމަށެވެ. އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގ ގެ މައްސަލަ ޙައްލު ވުމުގެ ކުރިން، އަދި ގައުމާއި ރައްޔިތުންގެ އިގްތިސާދީ ހާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އެ ވިދާޅުވީ ޓޯލް ފީ ނުނަގާނެ ވާހަކައެއް ނޫނެވެ. އެ ވިދާޅުވީ އިގްތިސާދު ރަނގަޅުކަމަށް ވިދާޅުވެ މާދަމާވެސް އެކަން ކުރައްވާނެ ވާހަކައެވެ. ސިނަމާލެ ބުރިޖުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ނިންމާފައިވާކަން "މާލެ ފަހި" ޕްލޭންގައިވެއެވެ.

ދެން މި ވާހަކަ ރައީސް ކިތައްމެ ވަރަކަށް ދޮގުކުރެއްވިޔަސް، ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވަނީ "މާލެ ފަހި" ޕްލޭނަކީ ސީދާ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރައްވާ ކަމެއްގެ ގޮތުގައެވެ. މި ފޮތުގައިވާ މިނިސްޓަރުގެ ބަސްކޮޅުގައި ވަނީ "މާލެ ފަހި" ޕްރޮގްރާމަކީ، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ހާއްސަ އިރުޝާދާއެކީ ފަރުމާކުރެވުނު ޕްރޮގްރާމެއް ކަމަށެވެ.

"މާލެ ފަހި" ޕްރޮގްރާމް ފޮތުގެ 12 ވަނަ ސަފްހާގައި ބުނެފައިވަނީ ބްރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް، ކަމާއި ގުޅުންހުރި ދައުލަތުގެ ހުރިހާ އިދާރާތަކާ މަޝްވަރާ ކުރުމަށްފަހު، ޓޯލް ފީ ކަނޑައަޅައި ތަންފީޒުކުރެވޭނެ ނިޒާމެއް ޤާއިމު ކުރެވޭނެ ކަމަށެވެ.

އެހެންކަމުގައިވާނަމަ މިއީ ސީދާ ރައީސް މުއިއްޒުގެ ނިންމެވުމެކެވެ. އެމަނިކުފާނުގެ ލަފައާއި މަޝްވަރާ ހިމެނޭގޮތަށް އަކުރުން އަކުރަށް ލިޔެފައިވާ މި ޕްރޮގްރާމުގައި އެވަނީ ސީދާ އެމަނިކުފާނުގެ ބަސްފުޅެވެ. ރައްޔިތުން އަތުން ޓޯލް ފީ ނުނަންގަވާނެކަމަށް ވިދާޅުވެ އަނެއްކާވެސް އެ ނަގަން އެ ނިންމެވި ނިންމެވުން ބަދަލުކުރުމަށް ކިޔާނީ އުނބަށްޖެހުމެވެ.

ސިނަމާލެ ބުރިޖުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު