Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކިހާރީތި، ރައީސް އޮފީހުން ގާނޫނަށް ތަބާނުވެގެން ޕީޖީއަށް

ގާނޫނު ނަގަހައްޓަން އަދި ގާނޫނަށް ރައްޔިތުން ބޯލަންބުވަން އޮތް ގާނޫނީ ސަރުކާރުން ގާނޫނާ ޚިލާފްވީއެވެ. މައުލޫމާތު ހާމަކުރަން އައި ފަރާތްތަކުގެ ވަތުބަތާނަ ކަޝްފުވެ ހަގީގީ ކުލަ ފެނުނީއެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 23 ޖުލައި 2024 | އަންގާރަ 06:06
ނޫސްވެރިންގެ ބައްދަލުވުމެއްގަ ޕީއެންސީގެ ލީޑަރ އަބްދުއްރަހީމު އަބްދުالله (އަދުރޭ) ވާހަކަފުޅު ދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގަ ޕީއެންސީގެ ލީޑަރ އަބްދުއްރަހީމު އަބްދުالله (އަދުރޭ) ވާހަކަފުޅު ދައްކަވަނީ

ނޫނޭވާ ސާބަހެވެ. ވެރިކަމަށް އައީ ކުރީގެ ސަރުކާރުން ކަންކަން ސާފުކޮށް ނުދޭތީއެވެ. ކަންކަން ސިއްރު ކުރާތީއެވެ. ބައެއް ޑިޕްލޮމެޓިކް އެއްބަސްވުންތައް ހާމަ ނުކޮށްގެން ހީވީ ބޮލަށް އުޑު ވެއްޓިގެން އުޅޭހެންނެވެ. ބުނަމުން ދިޔައީ ތިމަންމެންގެ ސަރުކާރެއްގައި ރައްޔިތުންނަށް ފޮރުވަންޖެހޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށެވެ. ހާމަ ނުކޮށް ސިއްރު ކުރާނެ ސަރުކާރުގެ އެއްވެސް ލިޔެކިޔުމެއް ނުބާއްވާނެ ކަމަށެވެ. މައުލޫމާތެއް ހޯދާކަށް ނޫސްވެރިއަކުވިއަސް އަދި އެހެން މީހަކުވިއަސް ކޮންމެހެން އާރުޓީއައި (ރައިޓް ޓު އިންފޮމޭޝަން) ލާކަށްވެސް ނުޖެހޭނެ ކަމަށެވެ. އެއަށްވުރެ ކުރިން އެއެއްޗެއް ސާފުކޮށް ހާމަކުރާނެ ކަމަށެވެ.

އެކަމަކު ކީހާ ޅެން މިވީ ފަރިއްސަށެވެ. އިންތިޚާބުގެ ކެންޕޭނުގައި ދެއްކިހާ ހުވަފެން މިވީ ބިލާހަކަށެވެ. ކެނޑިހާފޮނި މިވީ ބޮޑެތި ފެންނެތް ބޮޑެތި ކާށިތަކަކަށެވެ. މައުލޫމާތު ފޯރުކޮށްދޭނެކަމަށްވީ ވައުދު މިވީ ރުކަށް އެރިމީހާގެ ނަދުރާ އެއްފަދަ އެއްޗަކަށެވެ.

އާރުޓީއައި ފޮނުވަން ނުޖެހޭނެ ކަމަށް ބުނީކީ ކެންޕޭން ކުރަން އުޅުނު އާދައިގެ ރޮނގާލިފައްޗެއް ނޫނޭވެ. ސީދާ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާއެވެ. އޭރުގެ އިދިކޮޅު ލީޑަރު ޑރ މުހައްމަދު މުއިއްޒެވެ. އެވިދާޅުވި ފޮނި ބައިސާތަކަށް ހެއްލިގެން ރައްޔިތުން ދިން ވޯޓުން އިންތިޚާބުވިތާ އަދި މިއުޅެނީ އަހަރެއްވެސް ހަމަނުވެއެވެ. ހުރިހާކަމެއް މުޅިން އެފުށް މިފުށަށް ޖެހުނީއެވެ. ކުރީގެ ސަރުކާރުން މައުލޫމާތު ހާމަކުރިވަރާ ގާތައްވެސް އެއްޗެއް ހާމަ ނުކުރަނީއެވެ. ހުރިހާ ކަމެއް ސިއްރެވެ. ކުޑަމިނުން ސަރުކާރުގެ ސިޔާސީ މަގާމްތަކުގެ އަދަދު ވެސް އުޅުއްވަނީ ގަންނާ ކުރައްވާ ބިރުން ސިއްރު ކުރައްވައިގެންނެވެ. ދޭދޭ ގައުމުތަކުގެ މެދުގައި ދެކެވޭ ވާހަކަތަކާއި ވެވޭ އެއްބަސްވުންތައް އޭރު ހާމަ ނުކުރީމާ ނުކުތް މިހާރުގެ ރައީސް މީހާއަށް އެހުރިހާ އެއްޗިއްސަކީވެސް ގައުމީ ބޮޑެތި ސިއްރެވެ. ގައުމީ ސަލާމަތަށް ކޮންމެހެން ހިފަހައްޓަން ޖެހޭ ބޮޑު ސިއްރުތަކެވެ. އޭރު ދެއްކެވި ވާހަކަތައް ކެންސަލްވީއެވެ. ކުރިން ބުނި އެތި ހަމަ ރަނގަޅަށްވެސް ކެންސަލްވީއެވެ.

ނޫސްވެރިންނަށް ފިއްލަވާން މުޅިން އެހެން މަޅިއެއްވެސް ޖެއްސެވިއެވެ. ޚުދު ރައީސް މީހާއެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ކެންޕޭނަށް ޖެއްސެވި ކަޑައެއްގެ ގޮތުގައެވެ. ވީޑިއޯ މެސެޖަކުން ނުވަތަ ކޯލަކުން މީހުންނަށް މައުލޫމާތު ހިއްސާ ކުރެއްވުމެވެ. ދުރާލާ ރޭވިގެން ސުވާލުތައް ދެވިގެން ވަޒީރުން ލައްވާވެސް މައުލޫމާތު ހާމަކުރުމުގެ ޑްރާމާއެއްވެސް ކުޅުއްވިއެވެ. އެވެސް އިންތިޚާބާއެކު އޮބާލީއެވެ.

މައުލޫމާތު ހޯދަން ނޫސްވެރިން ކެނޑިނޭޅި އާދޭސް ކުރަމުންދަނީއެވެ. އެކަމަކު ސަރުކާރަކާ ސަރުކާރެކެވެ. ކަހާތަން ހިރުވާވެސް ނުލައެވެ. ތަށަށް ކިޔަނީ މަރިޔަބުހޭވެސް އަހާނުލައެވެ. މައުލޫމާތު ހާމަކުރަންޖެހޭނެކަމަށް ލާޒިމްކޮށް ހަދާފައިވާ ޤާނޫނުގެ ދަށުން ނޫސްވެރިންނާއި އާއްމުން މައުލޫމާތު ހޯދުމަށް ފޮނުވި އާރުޓީއައިތައް އިންތިހާގައެވެ. އެއަށް ޖަވާބު ދިނުން ހަތްހަރާމުން ހަރާމެވެ.

ނަތީޖާއެއްގެ ގޮތުން އެގާނޫނުގެ ދަށުނ އަެކަން ބަލަހައްޓަން ހަވާލުކޮށްފައިވާ ދައުލަތުގެ މުއައްސަސާއިން އެވަނީ ގާނޫނު ނަގަހައްޓަން އޮތް އެންމެ އިސްފަރާތް ސަރުކާރު ގާނޫނަށް ތަބާ ނުވެގެން ފިޔަވަޅު އަޅައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދަން އެދޭ މައުލޫމާތު ދިނުމަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އެންގުމުންވެސް ރައީސް އޮފީހުން އެންގުމަށް ތަބާނުވާތީ ފިޔަވަޅު އަޅައިދިނުމަށް އެދި މައްސަލަ އެވަނީ ހުށަހަޅާފައެވެ.

އައިކޮމް އިން މި މައްސަލަ ހުށަހެޅީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށެވެ. މިކަމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ބައެއް މީޑިއާތަކަށް ވިދާޅުވީ މައްސަލަ ހުށަހަޅަން ނިންމީ ރައީސް އޮފީހުން މައުލޫމާތު ދޭން އެންގި އެންގުމަށް އަމަލު ނުކުރުމުން ކަމަށެވެ.

އައިކޮމް އިން ހުށަހެޅި މައްސަލައާ ގުޅިގެން މައުލޫމާތު ދެއްވަމުން މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ، އައިކޮމް އިން އެދިފައިވަނީ ޖިނާއީ ދައުވާއެއް ކުރުމަށް ކަަމަށް ވާތީ އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

"ތަހުގީގީ އިދާރާއަކުން ދެއްތޯ ޖިނާއީ ތަހުގީގެއް ހިންގަންޖެހޭނީ، ޕީޖީ އޮފީހުން ފުލުހުންގެ ކިބައިން އެދިފައިވާނީ މިކަމުގައި ޖިނާއީ ކުށުގެ އަމަލެއް ހިނގާފައިވޭތޯ ބަލާ އެކަން ހުށަހަޅަން،" ޝަފީއު ވިދާޅުވި އެވެ.

އާރުޓީއައި ގާނޫނުގައި ބުނަނީ، އައިކޮމްގެ ނިންމެއް އިސްތިއުނާފުނުކޮށް، އެ ނިންމުމަށް އަމަލު ނުކޮށް 45 ދުވަސް ފާއިތުވެއްޖެ ނަމަ، އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަ ޝަރުއީ ކޯޓަށް ފޮނުވުމަށް އެދި، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭނެ ކަމަށެވެ.

މިފަދަ މައްސަލައެއްގައި މިހާތަނަށް ދައުލަތުގެ އެއްވެސް އޮފީހަކާމެދު ފިޔަވަޅު އަޅައިފައެއް ނުވެ އެވެ.

ގާނޫނުގެ ދަށުން ހިފެހެއްޓެން ނެތް އެ މައުލޫމާތަށް އެދި ހުށަހެޅި ހުށަހެޅުމަށް އެއްވެސް ޖަވާބެއް ނުދޭއިރު، އެ މައްސަލަތަކުގެ އަޑުއެހުމެއްގައި ވެސް ރައީސް އޮފީހުން ބައިވެރިނުވެ އެވެ. އެކި މައްސަލަތަކުގައި މިފަހުން ބޭއްވި ހުރިހާ އަޑުއެހުމަކީ ވެސް އެކި ދުވަސް މަތިން ތާވަލުކުރުމަށް ފަހު ރައީސް އޮފީހުގެ އެދުމުގެ މަތިން ފަސްކުރުމަށް ފަހު، ގާނޫނުގައި ބުނާ މުއްދަތު ހަމަވާތީ އައިކޮމްއަށް މަޖުބޫރުވެގެން ބާއްވާފައިވާ އަޑުއެހުންތަކެވެ.

"ރައީސް އޮފީހަކީ ސަރުކާރުގެ އެންމެ އިސް އިދާރާއަށް ވެފަ، ރައީސް އޮފީހުން މިކަމަށް އެއްގޮތަކަށްވެސް އަޅާނުލާތަން ފެނުން އެއީ ހަގީގަތުގަ މި ހައްގު އެއްކޮށް ބަލިކަށި ކޮށްލެވިދާނެ ކަމެއް،" އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވިދާޅުވެފައިވެ އެވެ.

ކިހާރީތި ހެއްޔެވެ. ގާނޫނު ނަގަހައްޓަން އަދި ގާނޫނަށް ރައްޔިތުން ބޯލަންބުވަން އޮތް ގާނޫނީ ސަރުކާރުން ގާނޫނާ ޚިލާފްވީއެވެ. މައުލޫމާތު ހާމަކުރަން އައި ފަރާތްތަކުގެ ވަތުބަތާނަ ކަޝްފުވެ ހަގީގީ ކުލަ ފެނުނީއެވެ. ދެންވެސް ސަރުކާރަށް ސަނާކިޔަން ފައިސާދީފައިތިބި ކުދިންކޮޅު ބާރަށް އަތްޖަހާށެވެ. ދެއަތް ފޫދަންދެން ހުއްޓާނުލައި އަތްޖަހާށެވެ. މަވާ ސަލާމެވެ.

ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު