Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔަމަން އަށް ބޮން އެޅުން

ޔަމަން އަށް އިޒްރޭލުން ބޮން އަޅައިފި

ހޮނިހިރު ދުވަހު ބޮން އަޅާފައިވަނީ ޔަމަންގެ ޕޯޓް ސިޓީ ހުދެއިދާ އަށް ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެއެވެ.

ރާއްޖެ އެމްވީ | 20 ޖުލައި 2024 | ހޮނިހިރު 17:26
 ޔަމަން އިން ބުނީ ބޮން އެޅީ ތެޔޮ ރައްކާކުރާ ތަނަކަށް ކަމަށް

ޔަމަން އިން ބުނީ ބޮން އެޅީ ތެޔޮ ރައްކާކުރާ ތަނަކަށް ކަމަށް

ހުކުރު ދުވަހު އިޒްރޭލަށް ދިން ޑްރޯން ހަމަލާ ގެ ބަދަލު ހިފުމުގެ ގޮތުން ޔަމަން އަށް އިޒްރޭލުން ހޮނިހިރު ދުވަހު ބޮން އަޅައިފިއެވެ.

ބޮން އަޅާފައިވަނީ ޔަމަންގެ ޕޯޓް ސިޓީ ހުދެއިދާ އަށް ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

ޔަމަންގެ އަލް މަސީރާ ޓީވީ އާ ހަވާލާ ދީ އަލް ޖަޒީރާ އިން ބުނެފައިވަނީ އިޒްރޭލުން ބޮން އެޅީ ތެޔޮ ރައްކާކުރާ ތަންތަނަށާއި އިންޖީނުގެ އަކަށް ކަމަށެވެ.

މަންޒަރުތަކުން ފެންނަ ގޮތުގައި އިމާރާތްތަކުގައި ރޯވެ މުޅި ސަރަހައްދަށް ވަނީ އަލިފާންގަނޑު ފެތުރިފައެވެ.

ހަމަލާގައި މީހުން މަރުވެފައިވާ ކަމަށާއި ޒަޚަމްވެފައިވާ ކަމަށްވެސް ސިއްހީ އޮފިޝަލުންނާ ހަވާލާދީ އަލް މަސީރާ ޓީވީން ބުނެފައިވާ ކަމަށް އަލްޖަޒީރާ އިން ބުނެއެވެ.

އިޒްރޭލުން ބުނެފައިވަނީ ހަމަލާ ދިނީ "އަސްކަރީ މަރުކަޒް ތަކަށް" ކަމަށެވެ.

ގާޒާ ގައި އިޒްރޭލުން ހިންގާ އަނިޔާވެރި ހަނގުރާމަ އަށް ބަދަލު ހިފުމުގެ ގޮތުން, ޔަމަންގެ ރަސްމީ އަސްކަރިއްޔާގެ ގޮތުގައި ތަމްސީލް ކުރާ ހޫތީ ޖަމާއަތުން ގެންދަނީ ރަތްކަނޑުން ދަތުރުކުރާ އިޒްރޭލާ ގުޅުން ހުރި ކަމަށް ބުނާ އާގު ބޯޓު ފަހަރަށް ހަމަލާ ދެމުންނެވެ.

އޭގެ އިތުރުން އިޒްރޭލަށް ޑްރޯން އާއި ބެލަސްޓިކް ރޮކެޓް ހަމަލާތައް ވެސް ހޫތީން ދީފައިވެއެވެ. އޭގެ ގިނަ ހަމަލާތައް ހުއްޓުވާފައިވާ ކަމަށް އިޒްރޭލުން ބުނެއެވެ.

އެހެން ނަމަވެސް ހުކުރު ދުވަހުގެ ހެނދުނު އިޒްރޭލުގެ ދިފާއީ ނިޒާމު ފޫއަޅުވާ ލުމަށްފަހު ތެލް އަވީވަށް ހޫތީންގެ ދިން ޑްރޯން ހަމަލާ ވެގެން ދިޔައީ އިޒްރޭލަށް ކުއްލި ސިހުމެއް ލިބިގެން ދިޔަ ކަމެއް ކަމަށް ޚަބަރުތައް ބުނެއެވެ.

އިޒްރޭލުން ބޮންއެޅުމުގެ ސަބަބުން މީހުން މަރުވެފައިވާ ކަމަށާއި ޒަޚަމްވެފައިވާ ކަމަށްވެސް ސިއްހީ އޮފިޝަލުންނާ ހަވާލާދީ އަލް މަސީރާ ޓީވީން ބުނެފައިވާ ކަމަށް އަލްޖަޒީރާ އިން ބުނެއެވެ. މަރުވި މީހުންގެ އަދަދެއް އަދި ޒަޚަމްވި މީހުންގެ އަދަދެއް އަދި ސާފެއް ނުވެއެވެ.

ޔަމަން އަށް ހަމަލާ ދިނުމުގައި 12 ހަނގުރާމަމަތީ ފައިޓަރޖެޓް ބައިވެރިވި ކަމަށާއި އޭގެ ތެރޭގައި އެންމެ ޒަމާނީ އެފް-35 ބޯޓު ފަހަރު ބައިވެރިވި ކަމަށް ތެހެރާން ޓައިމްސް އިން ބުނެފައިވެއެވެ.

އިޒްރޭލުގެ ހަމަލާ އާ ގުޅިގެން ޔަމަނުގެ އަންސަރުﷲ އިން ބުނެފައިވަނީ މަދަނީ ތަންތަނަށް އަމާޒުކޮށް އިޒްރޭލުން ދިން އަނިޔާވެރި ހަމަލާގެ މަގުސަދަކީ އާންމު ރައްޔިތުންނަށް އިތުރު ހިތްދަތިކަން ގެނުވާ، ޔަމަނުން ގާޒާ އަށް ކުރަމުންދާ ތާއީދު ހުއްޓުވާލުން ކަމަށެވެ.

"އެހެން ނަމަވެސް ﷲ އިރާދަ ކުރެއްވިއްޔާ އެ ހުވަފެން ދުވަހަކުވެސް ހަގީގަތަކަށް ނުވާނެ،" އަންސަރުﷲގެ ތަރުޖަމާނު މުހައްމަދު އަބްދުއްސަލާމް ސޯޝަލް މީޑިއާ ގައި ކޮށްފައިވާ ޕޯސްޓެއްގައި ވެއެވެ.

 އަބްދުއްސަލާމް ބުނެފައިވަނީ އިޒްރޭލުގެ އަނިޔާވެރި ކަމުގެ ސަބަބުން އެމީހުންގެ ހިތްވަރު އިތުރުވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.

އިޒްރޭލްޔަމަންއިސްރާއީލް - ޔަމަން ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު