ހަރަދު ކުޑަކުރުމުގެ އެތައް ބައިވަރު ވާހަކަތަކެއް ދައްކާ އިރު ސަރުކާރުގެ އިޚްލާސްތެރި ކަމާމެދު ރައީސް ޔާމީން ސުވާލު އުފައްދަވައިފިއެވެ.
ސަރުކާރުގެ ވެރިން ޚަރަދަ ކުޑަ ކުރުމުގެ ވާހަކަ ދައްކަވަމުން ދާއިރު ކެބިނެޓް މެމްބަރުންގެ އަދަދު މަދު ކުރާ ވާހަކަ އެއް، ކެބިނެޓް މިނިސްޓަރުންގެ މުސާރަ ކުޑަކުރާ ވާހަކަ އެއް މަޖިލިސް މެމްބަރުންގެ މުސާރަ އާއި އެލަވަންސުން އެއްވެސް މިންވަރެއް އުނިވާ ވާހަކަ އެއް ކުންފުނިތަކުގެ އެމްޑީންނާއި އިސް މަގާމު ތަކުގައި ތިބި މީހުންގެ މުސާރަ ކުޑަކުރާ ވާހަކަ މިސަރުކާރުން ނުދައްކާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެހެންވީމާ ކޮން ބައެއްތޯ ހިތިބޭސް ބޮންޏާ ބޯން މިތިބީ؟ކުރީގެ ރައީސް ޔާމީން
ބުރާސްފަތި ދުވަހުގެ ރޭ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޓެކްސް ނެގުމުގެ ވާހަކަ ދައްކާ އިރު ރާއްޖޭގެ އިގްތިސާދު ވަނީ ފުނޑިފައި ކަމަށާއި ޓެކްސް ދައްކަން ތިބި މީހުން ދަނީ ފުނޑެމުން ކަމަށާއި އެހެން ކަމުން ޓެކްސް ނެގޭނެ މާހައުލެއް ރާއްޖޭގައި ނެތް ކަމަށް ވިދާޅުވަމުން، ރައީސް ޔާމީން ފާހަގަ ކުރެއްވި ގޮތުގައި ސަރުކާރުން އާމްދަނީ ހޯދަން ޓޯ ކުރުމާއި ސްޓިކާ ޖެހުން ނޫން ކަމެއް ނެތް ކަމަށެވެ.
އަނަރޫފަ ވެފައިވާ ގެރިއަކުން ކިރު ފެލައިގެން ކިހާ ކިރެއްތޯ ހޯދަން މިއުޅެނީކުރީގެ ރައީސް ޔާމީން
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ގާތުގައި ޚަރަދު ކުޑަކުރުމުގެ ވާހަކަ ދެއްކުމުގެ ކުރިން ސަރުކާރުން ވެރިންގެ ފެންވަރުގައި މުސާރަ އާއި އިނާޔަތްތައް ކުޑަކުރަން ތިބި ކަމަށް ސަރުކާރުން ބުނަން ޖެހޭ ކަމަށެވެ.
ރައްޔިތުން ކައިރީގައި ބުނަންވީ ނޫންތޯ އެންމެ ފުރަތަމަ ގަރުދިޔަ އާ ބަތާ ކާން މިތިބީ ތިމަންނަ މެންނޭ، އެއާ އެކީގައި ކަލޭމެން އަންނާށޭ މި ކޭމުގައި ބައިވެރިވާންކުރީގެ ރައީސް ޔާމީން
ސަރުކާރުން މިގޮތައް ކަން ނުކޮށްގެން މި އުޅެނީ ބަހާ އަމަލާ ދިމާކުރުމުގެ ކަމެއްގެ ގޮތުގައިތޯ އައްސަވާ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.