Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީންގެ ވެލްފެއަރ

ބިދޭސީ އެކޮމޮޑޭޝަންގެ މަސައްކަތް ރާއްޖޭގެ ކުންފުނިތަކަށް ކުރެވޭނެ، އެ ފައިސާ ރާއްޖެއިން ބޭރުވާނަމަ ކަންބޮޑުވޭ - އާޒިމް

18 ޖުލައި 2024 | ބުރާސްފަތި 09:36

އެ މަސައްކަތް އޮތީ ނެގޯސިއޭޝަންގެ މަރުހަލާގައި ކަމަށް އިހުސާން ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 ޖުލައި 2024 | ބުރާސްފަތި 09:36
ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަން ކުރި މަސައްކަތްތަކުގެ ތެރެއިން

ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަން ކުރި މަސައްކަތްތަކުގެ ތެރެއިން

މެލޭޝިއާ ކުންފުންޏަކަށް ބިދޭސީ އެކޮމޮޑޭޝަންތަކުގެ މަސައްކަތް ދިނުމުގެ ބަދަލުގައި ސަރުކާރުން ރާއްޖޭގެ ކުންފުންޏަކަށް އެ މަސައްކަތް ދިން ނަމަ މާރަނގަޅު ވާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ،

Advertisement - newsAdvertisement

1 މާރޗް 2024ގައި ހޯމް މިނިސްޓްރީ އަށް މެލޭޝިއާގެ އަލްޓައިޒް ކިޔާ ކުންފުންޏަކުން ރާއްޖޭގައި ޑޯމެޓަރީސް އެޅުމާއި ގުޅޭ ޕްރޮޕޯޒަލް އެއް އިސްވެ ހުށަހަޅާފައިވާކަން ހޯމް މިނިސްޓްރީން ހާމަކުރީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުން އެ ކުންފުނިން ހުށަހެޅީ ނޭޝަނަލް މައިގްރެންޓް ވޯކަރސް ޑޯމެޓަރީސް އެޅުމުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންގޮސްދިނުމަށެވެ. އެ ހުށަހެޅުމުގައި އެ ޕްރޮޖެކްޓަށް އެއްކޮށް ފަންޑުކުރާނީ އެ ކުންފުނިން ކަމަށް ސަރުކާރުން ބުނެއެވެ. އަދި ރާއްޖޭގައި މާލެ ސަރަހައްދުގައި ލައްކަ އެއްހާ ބިދޭސީން އުޅޭކަމަށް އެ ކުންފުނީގެ ދިރާސާއިން އެނގޭތީ އެ ކުންފުނިން ހުށަހަޅާފައިވަނީ ލައްކައެއްހާ މިހުންނަށް ތިބެވޭ އެކޮމޮޑޭޝަންތަކެއް ޤާއިމްކުރުމަށް ކަމަށް ސަރުކާރުން ބުނެއެވެ.

އެކަން ހާމަކޮށްދެއްވީ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރ އަލީ އިހުސާންއެވެ. އެކަން ކުރާނީ ސަރުކާރުން ނަގާ ބިމެއްގައި ކަމަށް ވެސް އެ ޕްރޮޕޯޒަލްގައިވެއެވެ. ފުރަތަމަ ޕްރޮޕޯޒްކުރީ 120 ޑޮލަރު މަހެއްގެ މައްޗަށް ބޮލަކަށް ނަގަން ކަމަށް އިހުސާން ވިދާޅުވިއެވެ. ފަހުން އެދަދަދު 100 ޑޮލަރަށް ތިރިކުރަން ވާހަކަ ދެކެވިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި މިހާރުވެސް އެކޮމޮޑޭޝަންގެ ގޮތުގައި އެވްރެޖްކޮށް 1500 ރުފިޔާ އާއި 2000 ރުފިޔާގެ އަަދަދެއް ދޭ ކަމަށާއި ޕްރޮޕޯޒަލްގެ ބޭސްލައިނަކީ ވެސް އެއީ ކަމަށް އިހުސާން ވިދާޅުވިއެވެ. އެ ޚިދުމަތް ދޭއިރުގަ އެތަނުގައި ތިބި މީހުންނާއި، އެ ތަނުގައި ތިބި މީހުން އުޅެނީ ޤަވާއިދާއި އެއްގޮތަށްކަން އެނގޭނެ ފަދަ ސިސްޓަމެއް ޤާއިމްކޮށްދިނުމަށް ވެސް ހުށަހަޅާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އެ ނިޒާމްގެ ތެރެއިން މީހުން އަންނަ ގަޑި އާއި ދާ ގަޑިވެސް އެނގޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

އެކަމާއި ގުޅޭގޮތުން އާޒިމް ވިދާޅުވީ އެ މަޝްރޫޢު ކުރިއަށް ގެންދަނީ ސަރުކާރުން ގެރެންޓީ ދޭގޮތަށް ކަމަށެވެ. އެ ގެރެންޓީ ދިވެހި ކުންފުންޏަކަށް ދޭ ނަމަ އެކަން ދިވެހި ކުންފުނިތަކުން ވެސް ކުރާނެކަމަށާއި އެ ޤާބިލްކަން ރާއްޖޭގެ ކުންފުނިތަކުގައި ހުންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. ދިވެހި ކުންފުނިތަކަށް އެ ފުރުސަތު ދިނުން ވަރަށް މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޚާއްސަގޮތެއްގައި އިގްތިޞާދީގޮތުން ދަށް މި ހާލަތުގައި އެފަދަ މަސައްކަތްތައް ދޭން ޖެހޭނީ ރާއްޖޭގެ ކުންފުނިތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ، ސަރުކާރުން ގެރެންޓީ ދޭ ނަމަ ރާއްޖޭގެ ބެންކުތަކުން އެ ފައިސާ ދޭނެ ކަމަށާއި އެ ފައިސާ ރާއްޖޭގައި ހިފެހެއްޓޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެ މަސައްކަތް ނިމޭއިރު ހުޅުމާލެ ފޭސް 1ގައި 20،000 ބިދޭސީން، ފޭސް 2ގައި 20،000 ، މާލޭގައި 40،000 އަދި ތިލަފުށީގައި 20،000 މީހުން ތިބެނޭ ކަމަށް ބެލެވޭ ކަމަށް ސަރުކާރުން ބުނެއެވެ. އެ ޕްރޮޕޯޒަލް އިވަލުއޭޓްކުރުމަށް 13މޭ ގައި އިންވެސްޓް މޯލްޑިވްސް އަށް ފޮނުވުމުން ޖޫން 9ގައި ބިލް އިވަލުއޭޓްކުރުމަށް ފަހު އިންވެސްޓް މޯލްޑިވްސް އިން ފޮނުވާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެއީ ކުރަން ރަނގަޅުކަމެއް ކަމަށް އިކޮނޮމިކް ކައުންސިލުން ނިންމި ނަމަވެސް އެއްވެސް ބަޔަކަށް ކޮމިޓްމެންޓެއް ދީފައި ނުވާ ކަމަށާއި ފައިނަލް އަދަދުތަކާއި ހިސާބަށް ވެސް ގޮސްފައި ނުވާ ކަމަށް ހޯމް މިނިސްޓަރ އިހުސާން ވަނީ ވިދާޅުވެފައެެވެ. އެ މަސައްކަތް އޮތީ ނެގޯސިއޭޝަންގެ މަރުހަލާގައި ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް