Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕެހެލާޖް ނިހަލާނީ

ޕެހެލާޖް ނިހަލާނީ  ވަކިކޮށް ޕްރަސޫން ޖޯޝީ ސެންސަރު ބޯޑަށް އައްޔަންކޮށްފި

ނިހަލާނީ ސެންސަރުބޯޑުގެ ޗެއާމަނަކަށް އައްޔަންކޮށްފައިވަނީ 2015 ވަނަ އަހަރުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 13 އޯގަސްޓު 2017 | އާދީއްތަ 09:29
ޕެހެލާޖް ނިހަލާނީ

ޕެހެލާޖް ނިހަލާނީ

އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސަޓިފިކޭޝަން (ސީބީއެފްސީ) ގެ ޗެއާމަން ޕެހެލާޖް ނިހަލާނީ ވަކިކޮށް ޕްރަސޫން ޖޯޝީ ސެންސަރު ބޯޑަށް އައްޔަންކޮށްފިއެވެ.

ޕެހެލާޖް ނިހަލާނީ ސެންސަރު ބޯޑުން ވަކިކޮށްފައި ވަނީ އިންޑިއާގެ ފިލްމުތައް ސެންސަރުކުރުމުގައި އޭނާ ގެންގުޅޭ ހަރުކަށި އުސޫލުތަކަށް އެތަކެއް ބައެއްގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ. އިންޑިއާގެ ފިލްމީ ދާއިރާގެ މީހުން ގަބޫލު ކުރާގޮތުގައި ޕެހެލާޖް ނިހަލާނީ ސެންސަރު ބޯޑުން ވަކިކޮށް ޕްރަސޫން ޖޯޝީ އައްޔަންކުރުމުން ފިލްމުތައް ސެންސަރުކޮށް ނެރުން ފަސޭހަވެގެންދާނެއެވެ.

ނިހަލާނީ ސެންސަރުބޯޑުގެ ޗެއާމަނަކަށް އައްޔަން ކޮށްފައިވަނީ 2015 ވަނަ އަހަރުގައެވެ.

ނިހަލާނީ ވަނީ މީގެ ކުރިން ހިންދީ ފިލްމުތައް ވެސް އުފައްދާފައެވެ. އޭގެ ތެރޭގައި ޝޯލާ އޯރް ޝަބްނަމް އާއި "އާންކޭ" ހިމެނެއެވެ.

އޭނާ ސެމްސަރުބޯޑުން ވަކިކުރުމުން ބުނެފައި ވަނީ އޭނާގެ ޗެއާމަންކަމުގައި މަސައްކަތް ކޮށްފައި ވާނީ ހަމަހަމަކަމާއެކު ރަނގަޅަށް ކަމަށާއި ފިލްމުތައް އާންމުންނާއި ހަމައަށް ގެނެސްދޭއިރު އެއީ އާންމުންނަށް ބަލަން ހެޔޮވާވަރުގެ ފިލްމުތައް ހެދުމަށް ކަމަށެވެ. އަދި އޭނާ ސެންސަރު ބޯޑުގެ ޗެއާމަނަކަށް އައްޔަން ކުރި އިރު އެ ބޯޑަކީ ވަރަށް ކޮރަޕްޓް ތަނެއް ކަމަށްވުމުން އެކި ގޮންޖެހުންތަކާއި ދިމާވި ކަމަށް އޭނާ ބުންޏެވެ.

ނިހަލާނީ ބުނީ ޗެއާމަން ކަމުން އޭނާ ވަކިކުރިކަމުގައި ވިއަސް އިންޑިއާގެ ފިލްމީދާއިރާއިން އޭނާ ނުގެއްލޭނެ ކަމަށެވެ. އެހެންކަމުން އޭނާ ފިލްމު ހެދުމުގެ ކަންތައްތަކާއިގެން ކުރިއަށްދާން ނިންމާފައިވާ ކަމަށާއި ވަރަށް އަވަހަށް އެމަސައްކަތް ކުރިއަށް ގެންދާނޭ ކަމަށެވެ.

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2025

މުވައްޒަފަކާ އެކު ލޯބީގެ ގުޅުމެއް ހިންގައިގެން ނެސްލޭގެ ސީއީއޯ ވަޒީފާއިން ވަކިކޮށްފި

02 ސެޕްޓެމްބަރު 2025
މުވައްޒަފަކާ އެކު ލޯބީގެ ގުޅުމެއް ހިންގައިގެން ނެސްލޭގެ ސީއީއޯ ވަޒީފާއިން ވަކިކޮށްފި
17 ސެޕްޓެމްބަރު 2022

"ކޭޝް ފޮރ ޓްރޭޝް": ކުނި ވަކިކޮށްގެން މާލީ ފައިދާ ހޯދަން ކެރިދާނެތަ؟

17 ސެޕްޓެމްބަރު 2022
"ކޭޝް ފޮރ ޓްރޭޝް": ކުނި ވަކިކޮށްގެން މާލީ ފައިދާ ހޯދަން ކެރިދާނެތަ؟
19 ޖޫން 2022

ކުނި ވަކިކޮށްގެން އުފާ ހޯދުމުގައި ބޭ ވަރެއް ހަމަ ނެތް

19 ޖޫން 2022
ކުނި ވަކިކޮށްގެން އުފާ ހޯދުމުގައި ބޭ ވަރެއް ހަމަ ނެތް
17 ފެބުރުއަރީ 2019

މުޅި ޕާކިސްތާން ކުށްވެރި ނުކޮށްގެން ކަޕީލް ޝަރްމާ ޝޯއިން، ސިއްދޫ ވަކިކޮށްފި

17 ފެބުރުއަރީ 2019
މުޅި ޕާކިސްތާން ކުށްވެރި ނުކޮށްގެން ކަޕީލް ޝަރްމާ ޝޯއިން، ސިއްދޫ ވަކިކޮށްފި
19 ޖޫން 2018

ސައުދީގެ މުނިފޫހިފިލުވުމާއިބެހޭ އިދާރާގެ ވެރިޔާ މަޤާމުން ވަކިކޮށްފި

19 ޖޫން 2018
ސައުދީގެ މުނިފޫހިފިލުވުމާއިބެހޭ އިދާރާގެ ވެރިޔާ މަޤާމުން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު