Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެނަކަ މުވައްޒަފަކު ސަސްޕެންޑް ކުރުން

ބިލެއްދޫ ބައި-އިލެކްޝަނާއި ދިމާކޮށް އަނެއްކާވެސް ފެނަކަ މުވައްޒަފަކު ސަސްޕެންޑް

ތަހުގީގެއް ކުރަމުންދާކަމަށް ބުނެ ވަޒީފާއިން ސަސްޕެންޑްކުރި ދެވަނަ މުވައްޒަފު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ޖުލައި 2024 | ބުދަ 14:16
ފެނަކައިން ދަނީ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކަމުން

ފެނަކައިން ދަނީ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކަމުން

ބިލެއްދޫ ކައުންސިލް ރައީސް ހޮވުމަށް ހޮނިހިރު ދުވަހު ބާއްވާ ބައި-އިލެކްޝަނާއި ދިމާކޮށް އަނެއްކާވެސް ފެނަކަ މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.

މީގެ ކުރިންވެސް ވަނީ ފ. ބިލެތްދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. އަދި މުވައްޒަފުން ސަސްޕެންޑް ކުރަމުންދަނީ ސަރުކާރުގެ ކެންޑިޑޭޓަށް ތާއިދު ނުކޮށް އިދިކޮޅު ކެންޑިޑޭޓަށް ތާއިދުކުރާތީ ތަހުގީގުކުރަމުންދާ މައްސަލައެއް އޮތްކަމަށް ބުނެއެވެ.

އެންމެފަހުން ވަޒީފާއިން ސަސްޕެންޑް ކުރި މުވައްޒަފަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ މުވައްޒަފާއި ގުޅުންހުރި މައްސަލައެއް ތަހުގީގުކުރަމުންދާތީ، މި މައްސަލައިގެ ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން 16 ޖުލައި އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް މުސާރަ ނުލިބޭ ގޮތަށް ވަގުތީ ގޮތުން އޮފީހުގެ މަސައްކަތަށް ނުކުތުން މަނާ (ސަސްޕެންޑް) ކުރެވިފައިވާ ކަމަށެވެ.

ނަމަވެސް މުވައްޒަފަށް ފޮނުވި ސިޓީގައި ބަލަމުންދާ މައްސަލައެއް ފާހަގަކޮށްފައި ނުވެއެވެ. އަދި މައްސަލައާއި ގުޅިގެން ޖަވާބުދާރީ ވުމަށްވެސް އެދިފައިނުވެއެވެ.

މީގެ އިތުރުން ބިލެތްދޫ ކައުންސިލް ރައީސް ހޮވުމަށް ބައްވާ ބައި-އިލެކްޝަންގައި ވާދަކުރާ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދުކުރާތީ ބިލެތްދޫ ފެނަކަ ސްޓޭޝަން މެނޭޖަރު ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. ފެނަކައިގެ ސްޓޭޝަން މެނޭޖަރ އަހުސަން ހުސައިން ބަލަމުންދާ މައްސަލަ އަކާ ގުޅިގެން ކަމަށް ބުނެ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ.

އަދި އަހުސަން އަށް ފޮނުވި ސިޓީގައިވެސް ވަނީ މި މަހުގެ 16 ވަނަ ދުވަހު ސަސްޕެންޑް ކުރި މުވައްޒަފަށް ފޮނުވި ސިޓީގައިވާ އިބާރާތެވެ. އަދި މި ސިޓީތައް ފޮނުވާ މުވައްޒަފުން ސަސްޕެންޑް ކުރަމުންދަނީ ސީދާ މާލޭގައި ހުންނަ ހެޑް އޮފީހުން ވެރިންނާއި ހިސާބުންކަން ވަނީ އެނގިފައެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު ބާއްވާ ބައި-އިލެކްޝަނުގައި ޕީއެންސީގެ ކެންޑިޑޭޓަށް ތާއިދުކުރާ ކޮންމެ މީހަކު މިގޮތަށް ސަސްޕެންޑްކުރާނެކަމުގެ އިންޒާރުވެސް އަންނަނީ މުވައްޒަފުންނަށް ދެމުންނެވެ.

މުވައްޒަފުން ސަސްޕެންޑްކުރާ މައްސަލައިގައި އެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހޮނިހިރު ދުވަހު އޮންނަ ބިލެތްދޫ ކައުންސިލް ރައީސްގެ ބައި-އިލެކްޝަނާ ދިމާކޮށް ފެނަކައިގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ބިރު ދެއްކުމުގެ މަގުސަދުގައި ވަޒީފާ އިން ސަސްޕެންޑު ކުރުމަކީ ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ. ވޯޓަކީ ގަދަ ބާރުން، ނުފޫޒު ފޯރުވައިގެން ހޯދާ އެއްޗެއް ނޫން ކަމަށެވެ.

ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި ބިލެތްދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރުމަށް ފެނަކައިން 30 ވަޒީފާ ދީފައިވެއެވެ. އަދި އެއިން އެއްވެސް މީހެއް މިހާތަނަށް އައި އިރުވެސް ދާއިމީކޮށްފައިނުވެއެވެ. އަދި ދެވަނަ ފަހަރަށް އެމީހުންގެ ވަޒީފާގެ ކޮންޓްރެކްޓު ވަނީ އައުކޮށްފައެވެ.

މީގެ އިތުރުން ބައި އިލެކްޝަން ކާމިޔާބުކުރުމަށް އަނެއްކާވެސް ވަނީ އިތުރަށް ވަޒީފާތަކެއް ދިނުމަށް ނިންމާފައެވެ.

މީގެ އިތުރުން މަޖިލިސް އިންތިހާބާއި ދިމާކޮށް ވަޒީފާދޭން ބުނި ގިނަބަޔަކަށް ވަޒީފާ ނުދީ ހުރިކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހަކު ވަނީ ބުނެފައެވެ. އަދި ޕީއެންސީ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓް ރަށުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ފޯނުން ގުޅައި އޭނާއަށް ތާއިދުނުކުރާނަމަ ވަޒީފާއިން ވަކިކުރާނެކަމަށް އަންގަމުންދާ ކަމަށް ވެސް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ

11 ފެބުރުއަރީ 2017
ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

31 ޖެނުއަރީ 2017
މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު