Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާން މަސައްކަތްކުރު

ސައްހަ ނޫން ލިޔެކިއުންތައް ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކޮށްފައިވާ 1664 މީހުން ހުއްޓުވައިފި

17 ޖުލައި 2024 | ބުދަ 12:40

ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވުމަށް ދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 17 ޖުލައި 2024 | ބުދަ 12:40
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފާއިތުވި 8 މަސް ދުވަހުގެ ތެރޭގައި ސައްހަ ނޫން ލިޔެކިއުންތައް ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން މަސައްކަތްކޮށްފައިވާ 1664 މީހުން އެއާޕޯޓު ބޯޑަރުން ހުއްޓުވާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ 17 ނޮވެންބަރުން ފެށިގެން މިއަދާ ހަމައަށް ބަލާއިރު ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 2069 ބިދޭސީން ފުރުވާލެވިފައިވާ ކަމަށެވެ. މިއަދާ ހަމައަށް 153 ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވާއިރު، އަދިވެސް އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަމްއާން ވިދާޅުވީ ސައްހަ ނޫން ލިޔެކިއުންތައް ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން މަސައްކަތްކޮށްފައިވާ 1664 މީހުން އެއާޕޯޓު ބޯޑަރުން އައިޑެންޓިފައި ކުރެވި ރާއްޖެއަށް އެތެރެވިޔަ ނުދީ ފުރުވާލެވިފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް ބިދޭސީން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ކުރެވުނު މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ޑެޕިއުޓީ އިމިގްރޭޝަން އޮފިސަރ މުހައްމަދު ޝިފާން ވިދާޅުވީ ސައްހަ ނޫން ލިޔެކިއުންތައް ބޭނުންކޮށްގެން 1664 މީހުން ރާއްޖެއަށް އެތެރެވާން މަސައްކަތްކޮށް ހުއްޓުވިފައިވާއިރު، މީގެ ތެރޭގައި ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވާން އުޅުނު 85 ގައުމެއްގެ 1289 މީހުން ހުއްޓުވާފައިވާ ކަމަށެވެ. ސައްހަ ނޫން ވޯކް ޕާމިޓް ވިސާގައި ރާއްޖެ އެތެރެވާން އުޅުނު 22 ގައުމެއްގެ 341 މީހުން ހުއްޓުވާފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ނަކަލުކޮށްފައިވާ ލިޔެކިއުން ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު 33 މީހުން އަދި ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު އެކަކު ހުއްޓުވާފައިވާ ކަމަށެވެ.

ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވުމަށް މަސައްކަތްކުރާކަން ފާހަގަކުރައްވައި ޝިފާން ވިދާޅުވީ 1664 މީހުންގެ ތެރެއިން 1289 މީހުން ޓޫރިސްޓް ވިސާގައި ވަންނަން އުޅެނިކޮށް ހުއްޓުވިފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ބަންގްލަދޭޝް 356 މީހުން، ސްރީލަންކާގެ 195 މީހުން، އިންޑިއާގެ 162 މީހުން، ނައިޖީރިއާގެ 42 މީހުން، ވިއެޓްނާމްގެ 35 މީހުން، އަދި އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 499 މީހުން ދެނެގަނެވިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާން ވިދާޅުވީ ވޯކް ވިސާ ފޯޖުކޮށްގެން ރާއްޖެ އެތެރެވާން މީހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން 22 ގައުމަކަށް ނިސްބަތްވާ 341 މީހުން ހުއްޓުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިމިގްރޭޝަނުން ބުނީ ސައްހަ ނޫން ލިޔެކިޔުންތައް ބޭނުން ކޮށްގެން އެހެނިހެން ގައުމުތަކަށް އެތެރެވުމަށް ރާއްޖެ ޓްރާންސިޓް ގައުމެއްގެ ގޮތުގައި ވެސް ބައެއް މީހުން ބޭނުންކުރަމުންދާ ކަމަށެވެ. އެގޮތަށް ތުހުމަތުކުރެވޭ ބައެއް ކޭސްތައް އަތުލައިގަނެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް