Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާ ޤައުމީ ޓީމު

ފްރާންސްގެ ކުޅުންތެރިންނާ ދިމާކޮށްލި މައްސަލައިގައި އެންޒޯ މައާފަށް އެދިއްޖެ

އެ ލަވައިގައި ހުތުރު ބަސްތަކެއް ބޭނުންކުރެވިފައިވާ ކަމަށާއި، އެ ބަސްތަކާ މެދު އޭނާ އަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތް ކަމަށް ވެސް އެންޒޯ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖުލައި 2024 | ބުދަ 07:26
އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް

އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް

ފްރާންސް ޤައުމީ ޓީމުގެ ކުޅުންތެރިންނާ ދިމާކޮށްލި މައްސަލައިގައި އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް ހޫނު ފެނަށް ވެއްޓި އެ މައްސަލަ ބޮޑުވެފައި ވަނިކޮށް، އޭނާ މައާފަށް އެދިއްޖެ އެވެ.

ފްރާންސްގެ ކުޅުންތެރިންނާ އެންޒޯ ދިމާކޮށްލީ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) އާޖެންޓީނާ އިން ކާމިޔާބު ކުރުމަށްފަހު، އުފާ ފާޅު ކުރުމުގެ ތެރޭގައި ކިޔާފައިވާ ލަވައެއްގަ އެވެ. އޭރު އެންޒޯ ހިމެނޭހެން އާޖެންޓީނާގެ ކުޅުންތެރިން ދިޔައީ ބަހުގައި ދަތުރު ކުރަމުންނެވެ. އެ ލަވައިގައި އެންޒޯ ވަނީ ފްރާންސްގެ ކުޅުންތެރިންގެ މައިންބަފައިން ނިސްބަތް ވަނީ އެފްރިކާ ޤައުމުތަކަށް ކަމަށް ބުނެ ކިޔައިފަ އެވެ.

އެ ވީޑިއޯގެ މައްސަލަ ހޫނުވެފައިވާއިރު، ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ އެ މައްސަލަ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަށް ހުށަހަޅަން ނިންމައިފަ އެވެ. އެ ވީޑިއޯއާ ގުޅިގެން އެންޒޯ ކުޅެމުން އަންނަ ޗެލްސީގެ ބައެއް ކުޅުންތެރިން ވެސް ވަނީ އެންޒޯއާ ދެކޮޅަށް ނިކުމެފަ އެވެ. އެންޒޯގެ އެ މައްސަލަ ޗެލްސީން ވެސް ގެންދަނީ ތަޙުގީގު ކުރަމުންނެވެ.

މައްސަލަ ހޫނުވެ އެތައް ބައެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށް، އެންޒޯގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ ވަނީ މައާފަށް އެދިފަ އެވެ. އެންޒޯ ބުނީ، އެ ވީޑިއޯއާ ގުޅިގެން މައާފަށް އެދެން ބޭނުންވާ ކަމަށެވެ. އެ ލަވައިގައި ހުތުރު ބަސްތަކެއް ބޭނުންކުރެވިފައިވާ ކަމަށާއި، އެ ބަސްތަކާ މެދު އޭނާ އަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތް ކަމަށް ވެސް އެންޒޯ ބުންޏެވެ. އަދި އޭނާ އަކީ ނަސްލީ ތަފާތު ކުރުންތަކާ އަބަދު ވެސް ދެކޮޅު މީހެއް ކަމަށާއި، އެކަން ކުރެވުނީ މުބާރާތް ކާމިޔާބު ކުރުމުން ލިބިފައިވާ ފޯރީގެ ތެރޭގައި ކަމަށް ވެސް އެންޒޯ ބުނެފައިވެ އެވެ.

އިތުރަށް ކިޔާލަން

26 މެއި 2019

އަމީރީގެ މައްސަލައިގައި ނިއުގެ އަދަބު ތަންފީޒުކުރަން ފީފާއިން ނިންމައިފި

26 މެއި 2019
އަމީރީގެ މައްސަލައިގައި ނިއުގެ އަދަބު ތަންފީޒުކުރަން ފީފާއިން ނިންމައިފި
09 ފެބުރުއަރީ 2019

އަމީރީ މައްސަލައިގައި ފީފާއިން އެންގި އެންގުން ނިއުއިން އެޕީލްކުރަނީ

09 ފެބުރުއަރީ 2019
އަމީރީ މައްސަލައިގައި ފީފާއިން އެންގި އެންގުން ނިއުއިން އެޕީލްކުރަނީ
19 ޖުލައި 2018

ޒިދާން ފްރާންސްގެ ގައުމީ ޓީމާއި ހަވާލުނުވާނެ

19 ޖުލައި 2018
ޒިދާން ފްރާންސްގެ ގައުމީ ޓީމާއި ހަވާލުނުވާނެ
18 އެޕްރީލު 2018

ސިޓީގެ ފަސް ކުޅުންތެރިންނާ އެކު ޕީއެފްއޭގެ އަހަރުގެ އެންމެ މޮޅު ޓީމު އާންމުކޮށްފި

18 އެޕްރީލު 2018
ސިޓީގެ ފަސް ކުޅުންތެރިންނާ އެކު ޕީއެފްއޭގެ އަހަރުގެ އެންމެ މޮޅު ޓީމު އާންމުކޮށްފި
27 ޑިސެމްބަރު 2017

ފްރާންސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ކަންޓޭ ހޯދައިފި

27 ޑިސެމްބަރު 2017
ފްރާންސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ކަންޓޭ ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު