Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސްގެ ގައުމީ ޓީމު

ޒިދާން ފްރާންސްގެ ގައުމީ ޓީމާއި ހަވާލުނުވާނެ

ފްރާންސްއަކީ އެންމެފަހުގެ ވާރލްޑް ކަޕްގެ ޗެމްޕިއަނުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 19 ޖުލައި 2018 | ބުރާސްފަތި 19:06
ޒައިނުއްދީން ޒިދާން ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމު ދޫކޮށްލީ މިދިޔަ މެއި މަހުގެ ތެރޭގައި

ޒައިނުއްދީން ޒިދާން ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމު ދޫކޮށްލީ މިދިޔަ މެއި މަހުގެ ތެރޭގައި

ރެެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ފްރާންސްގެ ގައުމީ ޓީމާއި ހަވާލުނުވާނެ ކަމަށް އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ނޮއެލް ލެގްރެޓް ވިދާޅުވެއްޖެއެވެ.

ޖެހިޖެހިގެން ތިން ފަހަރު ރެއާލްއަށް ތިން ޗެމްޕިއަންސް ލީގު ހޯދައިދިނުމަށްފަހު ޒިދާން ރެއާލްގެ ކޯޗުގެ މަގާމު ދޫކޮށްލީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. ރެއާލް މެޑްރިޑާއެކު އެތަކެއް ކާމިޔާބުތަކެއް ޒިދާން ހޯދިއިރު އެކަމުގެ ސަބަބުން އޭނާ އެ ޓީމުގައި ދިގު މުއްދަތެއް ވަންދެން ދެމިހުންނާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް އޭނާ ވަނީ ތިންވަނަ ޗެމްޕިއަންސް ލީގުގެ ތަށްޓާއެކު އައު ކޯޗަކަށް ފުރުސަތު ދިނުމުގެ ގޮތުން މަގާމުން އިސްތިއުފާ ދީފައެވެ. މިކަމުގެ ސަބަބުން އޭނާ ފްރާންސްގެ ގައުމީ ޓީމުން ވެސް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގިނަ ބަޔަކު ބުނަމުންދިޔައެވެ.

ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވީ މިހާރުގެ ކޯޗު ޑިޑިއާ ޑެޝޭމްޕްސްއާއެކު ކޮންޓްރެކްޓެއް އެބައޮތް ކަމަށާއި އޭނާ 2020 ވަނަ އަހަރުގެ ނިޔަލަށް އެމަގާމުގައި ދެމި ހުންނާނެ ކަމަށެވެ. އަދި ޑެޝޭމްޕްސްއަކީ ވަރަށް މަސައްކަތްކުރާ މީހެއް ކަމަށާއި އިދިކޮޅުން ކުޅޭ ޓީމުތައް ވަރަށް ރަނގަޅަށް އޭނާ ދަސްކުރާ ކަމަށެވެ. ބައެއް ފަހަރު ނަސީބުގެ އެހީތެރިކަން ވެސް ލިބެން ޖެހޭ ކަމަށާއި އެހެންކަމުން 2020 ވަނަ އަހަރުގެ ޔޫރޯގެ ފުރަތަމަ މެޗުގައި ވެސް ފްރާންސަށް އިރުޝާދު ދޭނީ އޭނާ ކަމަށް ލެގްރެޓް ވިދާޅުވިއެވެ.

ޒިދާންއާ ގުޅިގެން ދެކެވޭ ވާހަކަތަކާއި ގުޅިގެން އޭނާ ވިދާޅުވީ އޭނާއަށް ގައުމީ ޓީމު ހަވާލު ކުރުމުގެ އެއްވެސް މަޝްވަރާއެއް ކުރެވިފައިނުވާ ކަމަށާއި 2020 ވަނަ އަހަރުގެ ޔޫރޯއަށްފަހު ބަދަލެެއް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޒިދާން ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި ފްރާންސްގެ ގައުމީ ޓީމާއެކު 1998 ވަނަ އަހަރުގެ ފީފާ ވާރލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފައެވެ. 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރެއާލްގެ ކޯޗުގެ މަގާމާއި ހަވާލުވުމަށް ފަހު ޒިދާން ވަނީ ރެއާލްއަށް ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ. އޭނާ ވަނީ އެ ޓީމަށް ޖުމްލަ ނުވަ ތަށްޓެއް ކާމިޔާބުކޮށްދީފައެވެ. ޒިދާންއަކީ މިދިޔަ އަހަރު ފީފާއިން ހޮވި އަހަރުގެ އެންމެ މޮޅު ކޯޗުވެސްމެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު