Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒޯހިބް އިސްމާއިލް އަމީރީ

އަމީރީ މައްސަލައިގައި ފީފާއިން އެންގި އެންގުން ނިއުއިން އެޕީލްކުރަނީ

9 ފެބުރުއަރީ 2019 | ހޮނިހިރު 14:41

ފީފާއިން ވަނީ މައްސަލަ އެޕީލްކުރަން ނިއުއަށް 10 ދުވަސް ދީފައި

ލީވާން އަލީ
ލީވާން އަލީ | 9 ފެބުރުއަރީ 2019 | ހޮނިހިރު 14:41
ޒޯހިބް އިސްމާއިލް އަމީރީ

ޒޯހިބް އިސްމާއިލް އަމީރީ

މިދިޔަ ސީޒަނުގެ ކުރީކޮޅު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު އަފްޣާނިސްތާނުގެ ކުރީގެ ކެޕްޓަން ޒޯހިބް އިސްމާއިލް އަމީރީއަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ 45،636 ޑޮލަރު 45 ދުވަސްތެރޭގައި ދެއްކުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ނިއުއަށް އެންގި އެންގުން އެޕީލްކުރުމަށް އެ ކްލަބުން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފީފާއިން ވަނީ ނިއުއަށް މައްސަލަ އެޕީލްކުރުމަށް 10 ދުވަހުގެ މުހުލަތެއް ދީފައެވެ. އެގޮތުން އެ ފުރުސަތުގެ ބޭނުން ހިފައި، އެ ކްލަބުން މައްސަލަ އެޕީލްކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނިއު އިން އަމީރީއަށް މުސާރަ ނުދިން މައްސަލައިގައި އަމީރީގެ ފަރާތުން ފީފާއަށް ހުށަހެޅި، މައްސަލަ ބެލުމަށް ފަހު ފީފާއިން ނިއުރޭޑިއަންޓަށް ފޮނުވި ސިޓީގައި ވަނީ އަމީރީއަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 13،250 ޑޮލަރާއި، މަގުބޫލު އުޒުރެއް ނެތި އޭނާގެ ކޮންޓްރެކްޓް ބާތިލު ކުރުމުން ލިބުނު ގެއްލުމުގެ ގޮތުގައި 30،130 ޑޮލަރު ދިނުމަށެވެ.

ނިއުއަށް ފީފާއިން ދިން 45 ދުވަހުގެ މުހުލަތު ތެރޭގައި އެ ފައިސާ ނުދައްކައިފި ނަމަ އެ ކްލަބަށް ލިބޭނެ އަދަބަކީ ކުރިއަށް އޮތް ތިން ޓްރާންސްފާ މުއްދަތުގެ ތެރޭގައި ކުޅުންތެރިއަކު ރަޖިސްޓްރީނުކުރެވުމެވެ.

މިދިޔަ ސީޒަނުގައި ނިއު އިން އެސްޓީއޯ މާލޭ ލީގު ކާމިޔާބުކުރި އިރު، އެ ކްލަބަށް މޮޅު ކުޅުމެއް ދެއްކުމަށް ފަހު އަމީރީ ރާއްޖޭން ފުރީ ޖޫން 8 ވަނަ ދުވަހު އެ ކްލަބުން ކަންތައްތައް އޮޅުވާލަމުންދާ ކަމަށް ބުނެއެވެ. އަދި އެ މައްސަލައިގައި އޭނާގެ ހައްގުތަކެއް ގެއްލިފައި ވާތީ އޭގެ ބަދަލުތަކެއް ހޯދަން ދައުވާކުރާނެ ކަމަށް އޭރު ބުންޏެވެ.

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމް އިން ވަނީ ދާދި ފަހުން ކުޅިވަރުގެ ހުރިހާ ހަރަކާތަކުން އެ ކްލަބް ސަސްޕެންޑުކޮށްފައެވެ. އެ ކްލަބް ސަސްޕެންޑުކުރީ މުސާރައިގެ ގޮތުގައި ކުޅުންތެރިންނަށް ދޭންޖެހޭ 3.8 މިލިއަން ރުފިޔާ ދިނުމުން ސަސްޕެންޝަން އުވާލެވޭ ގޮތަށެވެ.

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2019

ގަައުމީ ޓީމުގެ މައްސަލައިގައި ރިޒޭ މަޢާފަށް އެދިއްޖެ

22 އޮކްޓޯބަރު 2019
ގަައުމީ ޓީމުގެ މައްސަލައިގައި ރިޒޭ މަޢާފަށް އެދިއްޖެ
26 މެއި 2019

އަމީރީގެ މައްސަލައިގައި ނިއުގެ އަދަބު ތަންފީޒުކުރަން ފީފާއިން ނިންމައިފި

26 މެއި 2019
އަމީރީގެ މައްސަލައިގައި ނިއުގެ އަދަބު ތަންފީޒުކުރަން ފީފާއިން ނިންމައިފި
11 މެއި 2019

ޕޮގްބާގެ އޭޖެންޓު ތިން މަސް ދުވަހަށް ސަސްޕެންޑްކުރަން ނިންމި ނިންމުމަށް ފީފާއިން ތާއީދުކޮށްފި

11 މެއި 2019
ޕޮގްބާގެ އޭޖެންޓު ތިން މަސް ދުވަހަށް ސަސްޕެންޑްކުރަން ނިންމި ނިންމުމަށް ފީފާއިން ތާއީދުކޮށްފި
21 ފެބުރުއަރީ 2019

ފީފާއިން ވިކްޓްރީގެ ތިން ޕޮއިންޓް ކަނޑާލައިފި

21 ފެބުރުއަރީ 2019
ފީފާއިން ވިކްޓްރީގެ ތިން ޕޮއިންޓް ކަނޑާލައިފި
13 އެޕްރީލު 2018

ޤަތަރުގައި އޮންނަ ވޯލްޑް ކަޕަށް 48 ޓީމު ގެންދަން ފީފާއިން ވިސްނަނީ

13 އެޕްރީލު 2018
ޤަތަރުގައި އޮންނަ ވޯލްޑް ކަޕަށް 48 ޓީމު ގެންދަން ފީފާއިން ވިސްނަނީ
21 ޑިސެމްބަރު 2017

ޕެރޫގެ ކެޕްޓަންގެ ސަސްޕެންޝަން ފީފާއިން ކުޑަކޮށްދީފި

21 ޑިސެމްބަރު 2017
ޕެރޫގެ ކެޕްޓަންގެ ސަސްޕެންޝަން ފީފާއިން ކުޑަކޮށްދީފި
11 އޮކްޓޯބަރު 2017

ފީފާއިން ޕާކިސްތާން ފުޓުބޯޅަ ފެޑެރޭޝަން ސަސްޕެންޑުކޮށްފި

11 އޮކްޓޯބަރު 2017
ފީފާއިން ޕާކިސްތާން ފުޓުބޯޅަ ފެޑެރޭޝަން ސަސްޕެންޑުކޮށްފި
05 ޖޫން 2017

2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން

05 ޖޫން 2017
2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން
10 މެއި 2017

ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި

10 މެއި 2017
ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް