Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ސްކޮޑު އެކުލަވާލުން

ދަގަނޑޭ އަދި އާ ދެކުޅުންތެރިންނާއެކު ގައުމީ ސްކޮޑް އެކުލަވާލައިފި

ގައުމީ ސްކޮޑަށް ނެގި ހުސެއިން ޝަރީފް މި ސީޒަނުގައި މެޗެއް ނުކުޅޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2017 | އަންގާރަ 14:30
ގައުމީ ޓީމުން ކުރިޔަށްގެންދިޔަ ފަރިތަކުރުމުގެ ތެރެއިން

ގައުމީ ޓީމުން ކުރިޔަށްގެންދިޔަ ފަރިތަކުރުމުގެ ތެރެއިން

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި އާ ކުޅުންތެރިޔަކާއެކު ގައުމީ ފުޓްބޯޅަ ޓީމްގެ ސްކޮޑް އެކުލަވާލައިފި އެވެ.

ގައުމީ ޓީމްގެ ސްކޮޑްގައި އަލަށް ހިމަނާފައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޒުވާން ކީޕަރު ހުސެއިން ޝަރީފެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މި މަހު 14 ވަނަ ދުވަހު ރަށުން ބޭރުގައި ފަލަސްތީނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ދަގަނޑޭ ނަގާފައި ވާއިރު، މިދިޔަ މަހު 10 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި އޮމާންއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ދަގަނޑޭ އަށް ނުކުޅެވުނީ އަނިޔާގެ ސަބަބުންނެވެ. އެހެން ނަމަވެސް އަނިޔާއިން ސަލާމަތްވެ، އޭނާ އަންނަނީ ދިވެހި ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް މި ސީޒަނުގައި އޭނާ ނިއު އަށް 12 ލަނޑު ޖަހައިދީފައެވެ.

ގައުމީ ސްކޮޑަށް ޓީސީ ސްޕޯޓްސްގެ އިބްރާހިމް މަހްދީ ހުސައިން (ކުދުއިއްބެ) ނަގާފައިވާއިރު، ކޮލިފައިންގައި އޮމާން އަދި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް އޭނާ ނަގާފައެއް ނުވެއެވެ. ކުދުއިއްބެ ވަނީ ފަލަސްތީންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ރާއްޖެ ކުޅުނު މެޗުގައި ކުޅެފައެވެ.

މި އަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ކުޅެން ފެށި ކުދުއިއްބެ އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް މި ސީޒަނުގައި ޓީސީ އަށް 14 ލަނޑު ޖަހައިދީފައެވެ.

ގައުމީ ޓީމްގެ ސްކޮޑަށް މުޅިން އަލަށް ނެގި މާޒިޔާގެ އުމުރުން 19 އަހަރުގެ ހުސެއިން މި ސީޒަނުގައި އެ ޓީމަށް އެއްވެސް މެޗެއް ކުޅެފައެއްނުވެއެވެ. އެހެން ނަމަވެސް އޭނާ ވަނީ މިދިޔަ ސީޒަނުގައި ޔޫތް ޗެމްޕިއަންޝިޕްގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މިފަހަރުވެސް ސްކޮޑުން މާޒިޔާގެ މުހައްމަދު އާރިފް (ބަކާ) އަދި ށ.މިލަންދޫ ޓީމްގައި މޮޅު ކުޅުމެއްދައްކަމުން އަންނަ އިޝާން އިބްރާހިމް (ސައްޓަ) ނުހިމަނައެވެ. މީގެއިތުރުން އޮމާން މެޗަށް އެކުލަވާލި ސްކޮޑުގައި ހިމެނުމަށްފަހު އަމިއްލަ ސަބަބުތަކާ ހުރެ ޓީމާ ދުރަށް ދިޔަ މާޒިޔާގެ އިސްމާއިލް އީސާ (މެސީ) ވެސް ސްކޮޑަށް ނުނަގައެވެ. ގައުމީ ކޯޗު ޑަރެން ސްޓެވާޓް ބުނީ އޭނާގެ ކޯޗުކަމުގައި މެސީ އަށް ދެން ފުރުސަތު ނުދޭނެކަމަށެވެ.

ގައުމީ ސްކޮޑަށް މާޒިޔާ އިން ނަގާފައިވަނީ އަމްދާން އަލީ (އެންޑީ)، މުހައްމަދު އިރުފާން (އިރޭ)، އަސްއަދު އަލީ (އަޑުބަރޭ) މުހައްމަދު އުމެއިރު (އުމަރޭ)، ސަމޫހު އަލީ (ސަމުއްޓެ) އަދި ހުސެއިން ޝަރީފްއެވެ. ނިއު އިން ސްކޮޑަށް ނަގާފައިވަނީ އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު ރަޝީދު (ހޮކޭ)، އަހުމަދު އަބްދުﷲ (ލިލީ)، އަކްރަމް އަބްދުލްޣަނީ (އަކޫ)، ރިލްވާން ވަހީދު (ރިލޭ)، އަބްދުﷲ ޒިޔަޒަން އަދި ދަގަނޑޭއެވެ.

ސްކޮޑަށް ޓީސީން ނަގާފައިވަނީ ހަސަން ނާއިޒް (ދާދު)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އަހުމަދު ޒާދު، މުހައްމަދު އައްޒާމް އަދި ކުދުއިއްބެއެވެ. މީގެއިތުރުން ތިނަދޫ ޓީމުން، އިމްރާން ނަޝީދު އާއި އަހުމަދު ރިޒްވާން ނެގިއިރު، ކްލަބް ގްރީން ސްޓްރީޓުން އިބްރާހިމް ރިޒުހާން، ޝާފިއު އަހުމަދު (ޝާފީ) އަދި މުހައްމަދު ސާއިފް ނެގި އެވެ.

ފަލަސްތީން މެޗަށް ހޯމަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ވަނީ ފަށާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު