Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެންގޯލޯ ކަންޓޭ

ފްރާންސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ކަންޓޭ ހޯދައިފި

ކަންޓޭއަށް މި އެވޯޑު ލިބިފައިވަނީ 99 ޕޮއިންޓާއެކު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2017 | ބުދަ 13:14
އެންގޯލޯ ކަންޓޭ - ފްރާންސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ

އެންގޯލޯ ކަންޓޭ - ފްރާންސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ

ކުޅިވަރު މަޖައްލާއެއް ކަމަށްވާ 'ފްރާންސް ފުޓްބޯލް' އިން ހޮވި ފްރާންސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ހޯދައިފިއެވެ.

އޭނާއަށް މި އެވޯޑު ލިބިފައިވާއިރު އޭނާ ވަނީ މިދިޔަ ސީޒަނުގައި ޗެލްސީއިން ޕްރިމިއާ ލީގު ހޯދިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ހަމައެހެންމެ އޭނާވަނީ ފްރާންސްގެ ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާއަށް މި އެވޯޑު ލިބިފައިވަނީ ނޫސްވެރިންނާއި ކޯޗުންގެ މެދުގައި ނެގުނު ވޯޓަކުންނެވެ. ކަންޓޭއަށް މި އެވޯޑު ލިބިފައިވަނީ 99 ޕޮއިންޓާއެކުއެވެ. މިދިޔަ މަހުގެ ތެރޭގައި އެ މަޖައްލާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓުން ކަންޓޭއަށް ލިބިފައިވަނީ އަށްވަނައެވެ.

އޭނާގެ ފަހަތުން މި އެވޯޑުގެ ދެވަނަ ލިބިފައި ވަނީ ޕީއެސްޖީއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭއަށެވެ. އެމްބާޕޭއަށް ދެވަނަ މަގާމު ލިބިފައިވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އޭނާ ކުޅުނު ކްލަބް ކަމަށްވާ މޮނާކޯއަށް ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އެ ކްލަބުގެ ވާދަވެރި ޕީއެސްޖީއިން ވަނީ 180 މިލިއަން ޔޫރޯގެ ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ އެ ޓީމަށް ގެންގޮސްފައެވެ.

ފްރާންސްގެ ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފޯވާޑް ކަރިމް ބެންޒެމާއެވެ. މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑްއިން ޔުއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލަލީގާ ކާމިޔާބުކުރި އިރު އޭނާ ވަނީ އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިދިޔަ އަހަރު މި އެވޯޑު ހޯދި އެޓްލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރީޒްމަންއަށް މިފަހަރު ލިބިފައިވަނީ ހަތަރު ވަނައެވެ.

ކަންޓޭއަކީ ވަރަށް މަސައްކަތް ކުރާ ކުޅުންތެރިޔެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ކުޅުންތެރިޔެކެވެ. އޭނާ ދަނޑުމަތީގައި ހުންނަ ވަގުތުތަކުގައި ޓީމުގެ ޑިފެންސުން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑަށް ދަށްވާ ކަމަށް އޭނާ ކުޅުނު ޓީމުތަކުގެ ޑިފެންސަށް ކުޅުނު ކުޅުންތެރިން ބުނެފައިވެއެވެ.

ކަންޓޭ މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން 'ޕްލޭޔާސް ފުޓްބޯލް އެސޯސިއޭޝަން' (ޕީއެފްއޭ) އިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވެއެވެ. އަދި މިދިޔަ ސީޒަނުގައި ހޮވި ޗެލްސީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބިފައިވަނީ އޭނާއަށެވެ. މި ސީޒަނުގައި ކަންޓޭ ވަނީ މިހާތަނަށް ޗެލްސީއަށް 17 މެޗު ކުޅެދީފައެވެ. އޭނާގޭ ޓީމު މިވަގުތު އޮތީ ޕްރިމިއާ ލީގުގެ ތާވަލުގެ ތިންވަނައިގައެވެ.

ފްރާންސްގެ ސިއެންއިން މަޝްހޫރުކަން ހޯދި ކަންޓޭ ވިދާލީ އިނގިރޭސިވިލާތުގެ ލެސްޓާ ސިޓީގައެވެ. އޭނާ އެ ޓީމަށް ކުޅުނު ހަމައެކަނި ސީޒަނުގައި އެ ޓީމަށް އިނގިރޭސި ޕްރިމިއާ ލީގު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ. މިދިޔަ ސީޒަނުގައި އޭނާ ޗެލްސީއަށް ބަދަލުވީ 32 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އޭނާ އަންނަނީ އެ ޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު