Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި އައު ކޯޗު

އިނގިރޭސި އައު ކޯޗަކަށްވާނީ ކާކު؟

16 ޖުލައި 2024 | އަންގާރަ 13:36

އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި މިވަގުތު ހަތަރު ކޯޗަކު ޝޯޓް ލިސްޓުންގެ ތެރޭގައި އެބަތިއްބެވެ.

ރާއްޖެ އެމްވީ | 16 ޖުލައި 2024 | އަންގާރަ 13:36
(ކ-ވ) ޕޮޗެޓީނޯ، ޕޮޓާ އަދި ހޮވޭ

(ކ-ވ) ޕޮޗެޓީނޯ، ޕޮޓާ އަދި ހޮވޭ

ޖެހިޖެހިގެން ދެ ފަހަރު މަތިން ޔޫރޯ ފައިނަލް ކުޅެ ބަލިވުމުން އިނގިރޭސި ގައުމީ ކޯޗުކަމުން އަށް އަހަރަށް ފަހު ގެރެތް ސައުތުގޭޓް އަންގާރަ ދުވަހު ވަނީ އިސްތިއުފާދީފަ އެވެ. މިއާއެކު އައު ކޯޗަކު ހޯދުމަށް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އަވަސްވެގެންފަ އެވެ. މިކަމަށް މާގިނަ މުއްދަތެއް ވެސް ނެތެވެ. ވޯލްޑްކަޕާއި ޔޫރޯ ކޮލިފައިން އާއި ނޭޝަންސް ލީގު ވެސް އެބައޮތެވެ.

ތައްޓަކާ ހިސާބަށް ނުދިޔަސް ސައުތު ގޭޓަކީ ކާމިޔާބު ކޯޗެވެ. 1966ގެ ފަހުން އިނގިރޭސިން ދެ ފައިނަލަށް ގެންގޮސްދީ ވޯލްޑްކަޕްގެ ސެމީ ފައިނަލަށް ގެންގޮސްދިން ހަމައެކަނި ކޯޗަކީ އޭނާ އެވެ. ނަމަވެސް އެގްރީމަންޓް އައުކުރުމުގެ ބަދަލުގައި އޭނާ ބުނީ މިއީ ބަދަލެއް ގެންނަންވީ ވަގުތު ކަމަށެވެ.

1966ގެ ފަހުން ތައްޓެއް ހޯދުމަށް އިނގިރޭސިން ކުރާ މަސައްކަތުގައި އެފްއޭއިން ބޭނުންވަނީ އެހެން ހުރިހާ ފަހަރުތަކަށްވުރެ ރަނގަޅު ކޯޗަކު އިހްތިޔާރުކުރާށެވެ. މިހެންވެ މިކަމަށް ދުވަސްކޮޅެއް މިކަމަށް ހޭދަވި ނަމަވެސް ވަރަށް ހިމުން ފުރޭންޏަކުން ފުރާނާލުމަށްފަހު ކޯޗަކު އިހްތިޔާރު ކުރުމަށް އެމީހުން ދަނީ ތައްޔާރުވަމުންނެވެ. އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި މިވަގުތު ހަތަރު ކޯޗަކު ޝޯޓް ލިސްޓުންގެ ތެރޭގައި އެބަތިއްބެވެ.

އާޖެންޓީނާގެ 52 އަހަރުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަކީ އިނގިރޭސި ކުޅުންތެރިން އެނގޭ ކޯޗެކެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކުރީ ނިމިދިޔަ ސީޒަނުގައި ޗެލްސީގަ އެވެ. އޭގެ ކުރިން ފަސް އަހަރު ވަންދެން ޓޮޓެންހަމުގެ ކޯޗުކަން އަދާކުރި އެވެ. ޗެމްޕިއަންސް ލީގާއި ލީގު ކަޕެއްގެ ފައިނަލަށް އެ ޓީމު ގެންގޮސްދިނެވެ. ކުޅުންތެރިން އެނގުމާއި ހާއްސަކޮށް ކެޕްޓަން ހެރީކޭން ފަދަ ކުޅުންތެރިންނާ ގާތް ގުޅުމެއް އޮތުމަކީ އޭނާ އަށް އޮތް އެޑްވާންޓޭޖެކެވެ. މިފަހަރުގެ ޓީމުގައި ހިމެނުނު ކޯލް ޕަލްމާ އާއި ގަލެގާ އަކީ ވެސް އޭނާގެ ކުޅުންތެރިންނެވެ.

އުމުރުން 49 އަހަރުގެ ގްރެހަމް ޕޮޓާ އެންމެ ފަހުން ކޯޗެއްގެ ވަޒީފާ އަދާކުރީ މީގެ އަހަރެއްހާ ދުވަސް ކުރިން ޗެލްސީގަ އެވެ. އޭނާ އަކީ ކާމިޔާބު ކޯޗަކަށްނުވިޔަސް ރީތި ފުޓްބޯޅައެއް ކުޅުވަން މަސައްކަތް ކުރާ މީހެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި އާދައިގެ ޓީމުތަކަށް ކުޅުނު ޕޮޓާގެ ހައިޕޮރޮފައިލް ހަމައެކަނި ވަޒީފާ އަކީ ވެސް ޗެލްސީގައި ހޭދަކުރި އަހަރެއްހާ ދުވަހެވެ. ކުރީގެ ފޯވަޑް މައިކަލް އޮވެން ފަދަ މީހުން ބުނާ ގޮތުގައި ގައުމީ ކޯޗުކަން ދިނުން އެންމެ ގާތް އެކަކީ އޭނާ އެވެ. މިގޮތަށް ވާހަކަ ދެކެވެނީ ޔޫރޯ ތެރޭގައި އިނގިރޭސި އެފްއޭއިން އޭނާއަށް ގުޅައި މިކަމުގެ މަޝްވަރާކޮށްފައިވާ ކަމަށް ވާހަކަ ދެކެވޭތީ އެވެ.

އުމުރުން 46 އަހަރުގެ އެޑީ ހޮވޭ އަކީ މިވަގުތު ނިއުކާސަލް ޔުނައިޓެޑްގެ ކޯޗެވެ. ކުރިން ބޯނެމައުތާއި ބާންލޭ އަށް ވެސް ކޯޗުކޮށްދިން ހޮވޭގެ ކޯޗުކަމުގައި ނިއުކާސަލް ވަނީ ހުސްވި ސީޒަނުގައި ވެސް ރަނގަޅު ނަތީޖާތަކެއް ހޯދައިފަ އެވެ. އިނގިރޭސިއަކަށް ވެސް ވުމާއެކު އޭނާ އަށް ގައުމީ ޓީމުގެ ދޮރު ހުޅުވުނަސް ހޮވޭ މިވަގުތު ހުރީ ކުލަބުގައި ވަރަށް ހިތްހަމަޖެހިގެންނެވެ. ނަމަވެސް ގައުމީ ކޯޗުކަން ރަސްމީކޮށް ހުށަހަޅައިފިނަމަ އޭނާ ނިއުކާސަލް ދޫކޮށްލާނެ ގިނަ ބަޔަކު އުއްމީދުކުރެ އެވެ.

އުމުރުން 50 އަހަރުގެ ލީ ކާސްލޭ އަކީ އިނގިރޭސި 21 އަހަރުން ދަށުގެ ގައުމީ ކޯޗެވެ. އޭނާ އަކީ ރީތި ފުޓްބޯޅައެއް ކުޅުވާ ކޯޗެކެވެ. ގައުމީ ކޯޗުގެ ޝޯޓް ލިސްޓުގައި ހިމެނުނު އެންމެ ހައިރާންކުރުވަނިވި ނަމަކީ ވެސް އޭނާގެ ނަމެވެ. ކުޅުންތެރިއެއްގެ ގޮތުގަ އާއި ކޯޗިންނައި މާ ފުންނާބު އުސްނޫނަސް އޭނާއަށް ސީނިއާ ޓީމުގެ ކޯޗުކަން ދީފާނެ ސަބަބުތަކެއްވެ އެވެ. އެއީ އުމުރުފުރާތަކުގަ ގައުމީ ޓީމުގައި ރަނގަޅު ނަތީޖާތަކެއް ހޯދާފައިވުމެވެ.

އިނގިރޭސި އެފްއޭއިން މި ފަހަރު ބިދޭސީ ކޯޗަކު އައްޔަން ކުރުން ވެސް އެކަށީގެންވެ އެވެ. ސަބަބަކީ އެ ގައުމުގެ އަންހެން ޓީމު ބިދޭސީ ކޯޗަކާއެކު ވޯލްޑްކަޕް ފައިނަލް ކުޅެ، ޔޫރޯ 2022 ކާމިޔާބުކޮށްފައިވުމެވެ. އިނގިރޭސި ގައުމީ ކޯޗުކަމަށް ޝައުގުވެރިވާ ބިދޭސީ ކޯޗުންގެ ތެރޭގައި ޕޮޗެޓީނޯއާއެކު ހިމެނެނީ ޗެލްސީ އާއި ބަޔާން މިއުނިކް އަދި ޕީއެސްޖީގައި މަސައްކަތް ކުރި ޖަރުމަނުގެ ކޯޗު ތޯމަސް ޓުކެލް އެވެ. މީގެ އިތުރުން އިނގިރޭސި ކުރީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑާއި ސައޫދީ ލީގުގައި ކޯޗުކޮށްދެމުން އަންނަ ކުރީގެ ގައުމީ ކެޕްޓަން ސްޓީވަން ޖެރާޑަކީ ވެސް އެފްއޭގެ ވިސްނުމަށް އަތުވެދާނެ ނަންތަކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 އޯގަސްޓު 2017

އިނގިރޭސި ޕްރިމިއާ ލީގު ފަށާނީ އާސެނަލް އާއި ލެސްޓާގެ މެޗުން

09 އޯގަސްޓު 2017
އިނގިރޭސި ޕްރިމިއާ ލީގު ފަށާނީ އާސެނަލް އާއި ލެސްޓާގެ މެޗުން
05 އޯގަސްޓު 2017

އަނބުރާ އިނގިރޭސިވިލާތަށް ދާން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުނެފި

05 އޯގަސްޓު 2017
އަނބުރާ އިނގިރޭސިވިލާތަށް ދާން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުނެފި
16 ޖުލައި 2017

ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް އައުމަކީ ނުވާނެ ކަމެއް: މޮރީނިއޯ

16 ޖުލައި 2017
ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް އައުމަކީ ނުވާނެ ކަމެއް: މޮރީނިއޯ
15 ޖުލައި 2017

އަނބުރާ ޔުނައިޓެޑަށް އައުމުގެ ދޮރު އިބްރާހިމޮވިޗަށް ވަނީ ހުޅުވާލެވިފައި: މޮރީނިއޯ

15 ޖުލައި 2017
އަނބުރާ ޔުނައިޓެޑަށް އައުމުގެ ދޮރު އިބްރާހިމޮވިޗަށް ވަނީ ހުޅުވާލެވިފައި: މޮރީނިއޯ
11 ޖުލައި 2017

ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

11 ޖުލައި 2017
ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ
11 ޖޫން 2017

ފަހު ވަގުތު ހެރީ ކޭން އިނގިރޭސިން ސަލާމަތް ކޮށްދީފި

11 ޖޫން 2017
ފަހު ވަގުތު ހެރީ ކޭން އިނގިރޭސިން ސަލާމަތް ކޮށްދީފި
23 އެޕްރީލު 2017

އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް ޗެލްސީ

23 އެޕްރީލު 2017
އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް ޗެލްސީ
05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް