Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްވިޒަލެންޑު ޤައުމީ ޓީމު

ޤައުމީ ޓީމުން ރިޓަޔާ ކުރަން ޝަކީރީ ނިންމައިފި

އޭނާ އަކީ އެންމެ ފަހުން އޮތް ފީފާ ވޯލްޑް ކަޕްގެ ތިން މުބާރާތުގައި ވެސް، އަދި އެންމެ ފަހުން އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ތިން މުބާރާތުގައި ވެސް ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ޖުލައި 2024 | އަންގާރަ 07:32
ސްވިޒަލެންޑު ޤައުމީ ޓީމަށް ކުޅެމުން އައި ޒެރްޑަން ޝަކީރީ

ސްވިޒަލެންޑު ޤައުމީ ޓީމަށް ކުޅެމުން އައި ޒެރްޑަން ޝަކީރީ

ސްވިޒަލެންޑުގެ ޤައުމީ ޓީމަށް ކުޅެމުން އައި ޒެރްޑަން ޝަކީރީ، ޤައުމީ ޓީމުން ރިޓަޔާ ކުރަން ނިންމައިފި އެވެ.

ޤައުމީ ޓީމުން ރިޓަޔާ ކުރަން ޝަކީރީ ނިންމާފައިވާއިރު، އޭނާގެ އުމުރުން 32 އަހަރެވެ. ސްވިޒަލެންޑު ޤައުމީ ޓީމާއެކު އެންމެ ފަހުން ޝަކީރީ ކުޅެފައި ވަނީ މި މަހު ޖަރުމަނުގައި ނިމުނު ޔޫރޯ ފުޓުބޯޅަ މުބާރާތެވެ. އެ މުބާރާތުން ސްވިޒަލެންޑު ކަޓައިފައި ވަނީ ކުއާޓާ ފައިނަލާ ހަމައިންނެވެ. ކުއާޓާ ފައިނަލްގައި އިންގްލެންޑު އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސްވިޒަލެންޑުން ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ޝަކީރީ ވަނީ ލަނޑު ވެސް ޖަހައިފަ އެވެ. އޭނާ އަކީ އެންމެ ފަހުން އޮތް ފީފާ ވޯލްޑް ކަޕްގެ ތިން މުބާރާތުގައި ވެސް، އަދި އެންމެ ފަހުން އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ތިން މުބާރާތުގައި ވެސް ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާ އެވެ.

ޝަކީރީ އަށް ސްވިޒަލެންޑުގެ ސީނިއަރ ޤައުމީ ޓީމުން ޖާގަ ލިބުނީ 2010 ވަނަ އަހަރު އެވެ. ޤައުމީ ޓީމާއެކު ހޭދަކޮށްފައިވާ 14 އަހަރުގެ ތެރޭގައި ޝަކީރީ ވަނީ ޤައުމީ ޓީމަށް 125 މެޗު ކުޅެދީ، 32 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން ޝަކީރީ ވަނީ ސްވިޒަލެންޑާ އެކު ބައިނަލްއަޤުވާމީ ހަތް މުބާރާތެއްގައި ވާދަކޮށްފަ އެވެ.

ޖަރުމަނުގެ ބަޔާން މިއުނިކް، އިޓަލީގެ އިންޓަ މިލާން އަދި އިނގިރޭސި ލިވަޕޫލަށް ކުޅެފައިވާ ޝަކީރީ މިވަގުތު ކުޅެމުން އަންނަނީ އެމެރިކާ ލީގުގަ އެވެ. އެމެރިކާ ލީގުގެ ޝިކާގޯ ފަޔާ އަށް ކުޅެމުން އަންނަ ޝަކީރީ އަކީ ސްވިޒަލެންޑުގައި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިޔެކެވެ. ޤައުމީ ޓީމުން ރިޓަޔާވާން ޝަކީރީ ނިންމި ނަމަވެސް، ކުލަބު ކެރިއަރުން ރިޓަޔާވާން ނުނިންމަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ

މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

18 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު