Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާޖެންޓީނާ ޤައުމީ ޓީމު

ސްކަލޯނީގެ ތައުރީފު ޑި މާރިއާ އަށް: ޤައުމީ ޓީމަށް ވެފައި ވަނީ ބޮޑު ޤުރުބާނީއެއް!

ޤައުމީ ޓީމުން އޭނާ ރިޓަޔާވާން ނިންމައި އެ މެޗުގައި ޑި މާރިއާ ކުޅެފައިވާއިރު، އޭނާ ކުޅެމުން ދިޔައީ އުމުރުން 25 އަހަރުގައި އޭނާ ދައްކަމުން އައި ފަދަ ކުޅުމެއްގައި ކަމަށް ވެސް ސްކަލޯނީ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޖުލައި 2024 | ބުދަ 04:44
ޑި މާރިއާ އާއި މެސީ، އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އާއެކު

ޑި މާރިއާ އާއި މެސީ، އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އާއެކު

އާޖެންޓީނާގެ ޤައުމީ ޓީމަށް އެންހެލް ޑި މާރިއާ ވެފައި ވަނީ ބޮޑު ޤުރުބާނީއެއް ކަމަށް ބުނެ، އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ އޭނާ އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފި އެވެ.

އުމުރުން 36 އަހަރުގެ ޑި މާރިއާ ވަނީ، މިއަހަރު އެމެރިކާގައި ކުރިއަށް ދިޔަ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) އަށް ފަހު އާޖެންޓީނާ ޤައުމީ ޓީމުން ރިޓަޔާ ކުރުމަށް ނިންމައިފަ އެވެ. އެހެންކަމުން، އެ މުބާރާތުގެ ފައިނަލް މެޗަކީ ޤައުމީ ޖާޒީގައި ޑި މާރިއާ ކުޅުނު އެންމެ ފަހު މެޗެވެ.

އެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ޑި މާރިއާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ އާޖެންޓީނާގެ ޤައުމީ ޓީމާއެކު ޑި މާރިއާ ކުޅެފައި ވަނީ ފަޚުރުވެރި އަދި މޮޅެތި މެޗުތަކެއް ކަމަށެވެ. އެހެން ނަމަވެސް، މިއަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ އިން ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗަކީ، ޑި މާރިއާ ޤައުމީ ޓީމުގައި ކުޅުނު އެންމެ މޮޅު އެއް މެޗު ކަމަށް އޭނާ ބުންޏެވެ.

ޤައުމީ ޓީމުން އޭނާ ރިޓަޔާވާން ނިންމައި އެ މެޗުގައި ޑި މާރިއާ ކުޅެފައިވާއިރު، ޑި މާރިއާ ކުޅެމުން ދިޔައީ އުމުރުން 25 އަހަރުގައި އޭނާ ދައްކަމުން އައި ފަދަ ކުޅުމެއްގައި ކަމަށް ވެސް ސްކަލޯނީ ބުންޏެވެ. ޑި މާރިއާ އަކީ އާޖެންޓީނާ އަދި ފުޓުބޯޅައިގެ ލެޖެންޑެއްކަން ފާހަގަކޮށް ސްކަލޯނީ ބުނީ، ޤައުމީ ޓީމުން ރިޓަވާން ނިންމި ނިންމުމަކީ ޑި މާރިއާގެ އަމިއްލަ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމަށް ފުރިހަމަ އަށް އިޙުތިރާމް ކުރަން ޖެހޭނެ ކަމުގައި ވެސް ސްކަލޯނީ ބުންޏެވެ.

ޑި މާރިއާ އަށް އާޖެންޓީނާ ޤައުމީ ޓީމުން ޖާގަ ލިބުނީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ޤައުމީ ޓީމަށް 145 މެޗު ކުޅެދީ 31 ލަނޑު ޖަހައިފަ އެވެ. އާޖެންޓީނާގެ ސީނިއާ ޓީމާއެކު ޑި މާރިއާ ވަނީ ހަތަރު ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ 2021 ވަނަ އަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގެ އިތުރުން، ފައިނަލިސިމާ، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އަދި މިއަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތެވެ.

މީގެ އިތުރުން އާޖެންޓީނާ ޤައުމީ ޓީމާއެކު ޑި މާރިއާ ވަނީ 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް އަދި އޮލިމްޕިކްސްގެ ރަން މެޑަލް ވެސް ކާމިޔާބު ކޮށްފަ އެވެ. އާޖެންޓީނާ އިން 2008 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ރަން މެޑަލް، އަދި 2021 ވަނަ އަހަރު އޮތް ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރީ ވެސް ޑި މާރިއާ ޖެހި ލަނޑުންނެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ވެސް ޑި މާރިއާ ވަނީ ލަނޑު ޖަހައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަންހެން ފުޓުބޯޅަ ޓީމަށް ކޯޗެއް ހޯދަން އިއުލާންކުރުން އަންނަ މަހު

އަންހެން ފުޓުބޯޅަ ޓީމަށް ކޯޗެއް ހޯދަން އިއުލާންކުރުން އަންނަ މަހު

30 މާރިޗު 2017
ހިތްގައިމު ލަނޑަކުން އިންގްލޭންޑް ބަލިކޮށް، ޕޮޑޯލްސްކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ހިތްގައިމު ލަނޑަކުން އިންގްލޭންޑް ބަލިކޮށް، ޕޮޑޯލްސްކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

23 މާރިޗު 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު