Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެސްޓްރަބޮން އެކްސްޕޯ

އެސްޓްރަބޮން އެކްސްޕޯ ވަރަށް ކާމިޔާބު: އެސްޓްރަބޮން ހޯމް އަދި އެސްޓްރަބޮން ވެބްސައިޓް ފަދަ އާ ކަންތައްތަކެއް!

އެސްޓްރަބޮން އެކްސްޕޯގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

މިއީ ވިދިވިދިގެން އެސްޓްރަބޮން އެކްސްޕޯ ބާއްވާ 3 ވަނަ އަހަރު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 14 ޖުލައި 2024 | އާދީއްތަ 13:23
މި އަހަރުގެ އެސްޓްރަބޮން އެކްސްޕޯގެ ތެރެއިން

މި އަހަރުގެ އެސްޓްރަބޮން އެކްސްޕޯގެ ތެރެއިން

އެސްޓްރަބޮން އެކްސްޕޯގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި އެކްސްޕޯ ކުރިއަށް ދިޔައީ ޖުލައި މަހުގެ 13-14ށް ހެނދުނު 9ން 5 އަށެވެ.

Advertisement - businessAdvertisement

މަންހަޓަންގައި ބޭއްވި މި އެކްސްޕޯ އަކީ މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހޮރެކާ ޓްރޭޑް އިވެންޓްކަން ފާހަގަކޮށްލެވެއެވެ.

މި އަހަރުގެ އެކްސްޕޯގައި ވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް ބޭރުގެ ސަޕްލަޔަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި އިޓަލީގެ ސަޕްލަޔަރުން ހިމެނެއެވެ. މި އެކްސްޕޯ މެދުވެރިކޮށް ފެންވަރު ރަނގަޅު އަދި ފުޅާ ރޭންޖެއްގެ ޕްރޮޑަކްޓްތައް ވަނީ ދައްކާލާފައެވެ.

މި އެކްސްޕޯ އާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމެންޓް ތިޒްކާ ޔޫސުފް ވަނީ މި އެކްސްޕޯ އިން ފެނިގެންދާ މުހިންމު ބްރޭންޑްތަކުގެ ތެރޭގައި ޖަރމެނީގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ބާޗާ ވެސް ހިމެނޭ ކަމަށް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މި އެކްސްޕޯ އިން ބަދިގެއަށް ބޭނުންވާ ތެލި، ތަވާ ފަދަ ސާމާނުތައް ހިމެނެއެވެ. ޔޫރަޕްގެ މަޝްހޫރު ބްރޭންޑްތައް ލިބެން ހުރި މި އެކްސްޕޯ އިން ބުފޭ އަށް ބޭނުންވާ އެކިކަހަލަ ސާމާނުތައް ވެސް ލިބެން ހުރިކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ހޮޓްޕޮޓް ވެސް މި އެކްސްޕޯ އިން ލިބެން ހުއްޓެވެ.

މިއީ މި އެކްސްޕޯ އާއްމުންނަށް ހުޅުވާލި ފުރަތަމަ ފަހަރުކަމަށް ވާއިރު އާއްމުންގެ ތަރުޚީބު ވަރަށް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަންއޮންވަން ކޮންސަލްޓޭޝަން ނުވަތަ ވަކި ވަކި މީހުންނަށް ބަދިގެ އަށް ތަކެތި ގަތުމުގައި އިރުޝާދު ދިނުމުގެ ޚިދުމަތް ވެސް އެސްޓްރަބޮން އިން ފޯރުކޮށްދެމުންދާ ކަމަށާއި އެ ޚިދުމަތަށް އާއްމުންގެ ވަރަށް ބޮޑު ތަރުޚީބެއް ލިބުނުކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެސްޓްރަބޮން އިން ގެނެސްދޭ ކެފެޓެލީ ބްރޭންޑްގެ ކޮފީ އާއި މާޗާ އަދި ސައިގެ ޚާއްސަ ބާވަތްތައް ވެސް މި އެކްސްޕޯ އިން ވަނީ ފޯރުކޮށްދީފައެވެ.

މި އެކްސްޕޯގެ ހަވާސާގައި އެސްޓްރަބޮން ވެބްސައިޓް ވަނީ ލޯންޗްކޮށްފައެވެ. އަދި އެސްޓްރަބޮން ހޯމް ވަނީ ޕްރިމިއަމް ކަލެކްޝަން އަކާއި އެކު ތައާރަފްކޮށްފައެވެ. އަދި މިހާރު އެސްޓްރަބޮންގެ އެޖެންޓުންނަށް ވުމުގެ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ލިބިގެންދާނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަގުތަކަށް ބަލާއިރު އެންމެ އަގުހެޔޮ ރޭންޖްތަކުން ފެށިގެން ޕްރޮޑަކްޓްތައް ލިބެން ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

އެ އެކްސްޕޯގެ ލަކީޑްރޯގެ ނަސީބުވެރިންވެސް އާދިއްތަ ދުވަހު ވަނީ ހޮވާފައެވެ. މި ލަކީޑްރޯގެ ނަސީބުވެރިންނަކީ ހުސެއިން ރަޝީދު، ހަސަން އާރިފް، ޝިޔާމް، އައިމަން، ރަތީޝް، ފާރިއު އަދި ވުދީއެވެ.

ކަޓްލަރީ އަދި ގްރާސް ސެޓާއި، ޖޫސް މެޝިން ފަދަ ތަކެތި ހިމެނެއެވެ.

2020 އިން ފެށިގެން ރާއްޖޭގެ ހޮޓެލް އަދި ރިސޯޓްތަކަށް އެންމެ ކޮލިޓީ ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގައި އެސްޓްރަބޮން ދަނީ އެކަށީގެންވާ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެމުންނެވެ.

މިއީ ވިދިވިދިގެން އެސްޓްރަބޮން އެކްސްޕޯ ބާއްވާ 3 ވަނަ އަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ

ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ

04 އެޕްރީލު 2017
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

23 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު