Advertisement
ކ. މާލެ
|
14 ޖުލައި 2024 | އާދީއްތަ 15:49
ހޯމް މިނިސްޓަރ އަލީ އިހްސާން
ހޯމް މިނިސްޓަރ އަލީ އިހްސާން
ހޯމް މިނިސްޓްރީ
ބިދޭސީންގެ އެކޮމޮޑޭޝަން
މެލޭޝިއާގެ ކުންފުންޏަކަށް މަހަކު 12 މިލިއަން ޑޮލަރު ލިބޭ ގޮތައް ބިދޭސީންގެ އެކަމަޑޭޝަން ޚިދުމަތް އެކްސްކްލޫސިވް ކޮށް ދިނުމަށް ފުރުސަތު ދެނީ
މިއީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ކަމަށް ހޯމް މިނިސްޓަރ ވިދާޅުވޭ
އަލްޓައިޒް ޑިޖިޓަލް އަށް އެކަމަޑޭޝަން އަޅަން ސަރުކާރުން ބިން ދޭން ޖެހޭ
60 އަހަރުގެ މުއްދަތައް އެކްސްކްލޫސިވް ކޮށް އެކަމަޑޭޝަން ޚިދުމަތް ދެވޭނީ އެކުންފުންޏަށް އެކަނި

ބިދޭސީ މަސައްކަތްތެރިން ބައިތިއްބާ އެކޮމޮޑޭޝަންގެ ޚިދުމަތް ހަމައެކަނި މެލޭޝިއާ ކުންފުންޏަކަށް ކުރެވޭ ގޮތަށް ހަދާ އެ ކުންފުންޏަށް މަހަކު 12 މިލިއަން ޑޮލަރު ލިބޭ ވިޔަފާރި އަކަށް ބިޑް ކުރުމަކާ ނުލާ ސަރުކާރުން ފުރުސަތު ދޭން މަސައްކަތް ކުރަމުންދާ ކަން ހާމަ ވެއްޖެއެވެ.

އަންސޮލިސިޓެޑް ޕްރޮޕޯސަލެއްގެ ގޮތުގައި ނޭޝަނަލް އިންޓަގްރޭޓަޑް މައިގްރަންޓް ވޯކާސް ޑޯމިޓޮރީ މަޝްރޫއުގެ ނަމުގައި މެލޭޝިއާގެ އަލްޓައިޒް ޑިޖިޓަލް އިން ސަރުކާރަށް ހުށަހަޅާފައިވަނީ މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންނަށް އެކަމަޑޭޝަން ފޯރުކޮށްދިނުމަށް ސަރުކާރުން ބިން ދިނުމުން އިމާރާތްތަކެއް އަޅައިގެން އެތަންތަނުގައި ބިދޭސީން ބޭތިއްބުމަށެވެ.

މެލޭޝިއާގެ ކުންފުންޏަކަށް ބިޑް ކުރުމެއް ނެތި މި ފުރުސަތު ދޭން ސަރުކާރުން އުޅުމާ ގުޅިގެން އެކަމުގައި ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް އެ ޕްރޮޕޯސަލް ދިފާއު ކުރައްވާ ޑރ. މުއިއްޒު ސަރުކާރުގެ ދާޚިލީ ވަޒީރު އަލީ އިހްސާން ވަނީ އާދިއްތަ ދުވަހު ބޭއްވި ނޫސްކޮންފަރެންސެއް ގައި ވާހަކަ ދައްކަވާފައެވެ.

މިނިސްޓަރ އިހްސާން ވިދާޅުވީ މެލޭޝިއާގެ ކުންފުނިން ހުށަހަޅާފައިވަނީ އެ ކުންފުނީގެ އެކަމަޑޭޝަން ގައި ތިބޭ ކޮންމެ ބިދޭސީ އަކަށް ބޮލަކަށް 120 ޑޮލަރު ކޮންމެ މަހަކު ޗާޖް ކުރާ ގޮތަށެވެ. އަދި މާލޭގެ ސަރަހައްދުގައި 100،000 އެއްހާ ބޭރުގެ މަސައްކަތްތެރިން އުޅޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

މިނިސްޓަރ ވިދާޅުވި އަދަދު ތަކަށް ބަލާއިރު މި ގޮތައް ފުރުސަތު ދީފިނަމަ އެއްވެސް ވާދަ ވެރި ކަމެއް ނެތި މަހަކަށް މެލޭޝިއާގެ ކުންފުންޏަށް 12 މިލިއަން ޑޮލަރު ނުވަތަ 185 މިލިއަން ރުފިޔާ ލިބޭނެއެވެ.

މިނިސްޓަރ އިހްސާން ވިދާޅުވީ އިންވެސްޓުމަންޓް ކުރަނީ މެލޭޝިއާގެ ކުންފުނިން ކަމަށާއި އެކަމަށް ބޭނުންވާ ބިން ސަރުކާރުން ފޯރުކޮށް ދިނުމުން ބިމުގެ ކުލި އެ ކުންފުނިން ދައްކާ ގޮތައް ޕްރޮޕޯސަލް ގައި އޮންނަ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މެލޭޝިއާގެ ކުންފުނީގެ ހުށަހެޅުމަކީ 60 އަހަރުގެ މުއްދަތަކަށް ހަމައެކަނި އެ ކުންފުންނިން ބިދޭސީންގެ އެކަމަޑޭޝަން ޚިދުމަތް ދޭ ގޮތައް ސަރުކާރާ އެކު އެއްބަސްވުމަކަށް އައުމެވެ.

އެކްސްކްލޫސިވިޓީ ދީ، ވަކި ތަންތަނެއްގައި ހުރިހާ މަސައްކަތްތެރިންނަށް ބައިތިއްބަން މަޖުބޫރު ކުރަން އުޅޭތީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް