Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކަންބޮޑުވުން

ދަރިވަރުން ކަންބޮޑުވެފައި، ހަދާނެ ގޮތެއް ނޭނގެ، މިނިސްޓްރީ އަކީ ޖަވާބުދޭ ތަނެއް ނޫން

ރާއްޖެއިން ބޭރުގައި ސަރުކާރުގެ ސްކޮލަރޝިޕް ތަކުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ސަރުކާރުން ފޮނުވަން ޖެހޭ ފައިސާ ގަވާއިދުން އެކުދިންނަށް ނުލިބޭ ކަމަށާއި، ފައިސާ ހޯދަން ސަރުކާރާ މުއާމަލާތް ކުރުމަކީވެސް އެހާ އުނދަގޫ ކަމެއް ކަމަށް ދަރިވަރުން ބުނެއެވެ. އަނެއްކޮޅުން، ސަރުކާރުން ބުނަނީ ދަރިވަރުންގެ ކަންކަން ހުންނާނީ ބަރާބަރަށް ހަމަޖެހިފައި ކަމަށެވެ.

ރާއްޖެ އެމްވީ | 13 ޖުލައި 2024 | ހޮނިހިރު 19:09
ދަރިވަރުން ބުނާ ގޮތުގައި އެއްވެސް އިރަކު އެ ބުނާ ދުވަހަށް ފައިސާ ނުލިބޭތާ، ލިބުނަސް ލިބެނީ އެތައް މަސައްކަތެއް ކޮށްގެން

ދަރިވަރުން ބުނާ ގޮތުގައި އެއްވެސް އިރަކު އެ ބުނާ ދުވަހަށް ފައިސާ ނުލިބޭތާ، ލިބުނަސް ލިބެނީ އެތައް މަސައްކަތެއް ކޮށްގެން

ސަރުކާރުގެ ސްކޮލަރޝިފްގައި ކިޔަވަމުންދާ ދަރިވަރުން ތިބީ ހަދާނެ ގޮތެއް ނޭގި، ވާނުވާ އެއް ނޭގިފައެވެ.

ސަރުކާރުގެ ސްކޮލަރޝިޕްގައި ރާއްޖޭން ބޭރުގައި ކިޔަވަން ތިބި ބައެއް ދަރިވަރުން މިކަމުގައި އުފުލާ ތަކުލީފު މި ނޫހާ ވަނީ ހިއްސާ ކޮށްފައެވެ.

މައުލޫމާތު ދިން ކުދިންގެ ތެރެއިން އެއްވެސް ކުއްޖަކު، އިތުރަށް މި ކަމުގައި ދަތިވެދާނެ ކަމަށް ބުނެ، ނަން ޖަހާކަށް ބޭނުމެއް ނުވެއެވެ.

މި ނޫހާ ވާހަކަ ދެއްކި ދަރިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ، ސްކޮލަރޝިޕް އެގްރީމެންޓުގައި އޮންނަ ގޮތައް ސަރުކާރުން އަމަލު ކުރަމުން ނުދިއުމެވެ.

ދަރިވަރުން ބުނާ ގޮތުގައި ސްކޮލަރޝިޕް އެއްބަސްވުމުގައި އޮންނަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހާއި ޖުލައި މަހު އެއިން ކޮންމެ މަހެއްގެ ފުރަތަމަ ދުވަހުގެ ކުރިން ސަރުކާރުން ފައިސާ ޖަމާ ކޮށްދޭން ޖެހޭ ގޮތަށެވެ. އެހެން ނަމަވެސް އެކަން އެ ގޮތައް ސާރުކާރުން ކުރަމުން ނުދާ ކަމަށް ދަރިވަރުން ބުނެއެވެ. އެކުދިން ބުނާ ގޮތުގައި އެއްވެސް އިރަކު އެ ބުނާ ދުވަހަށް ފައިސާ ނުލިބޭތާ، ލިބުނަސް ލިބެނީ އެތައް މަސައްކަތެއް ކޮށްގެން ކަމުގައެވެ.

ސްކޮލަރޝިޕް ގައި ތިބޭ ދަރިވަރުންނަށް ފައިސާ ލިބުމުގައި ހުރި ދަތިތައް ކިޔައިދެމުން ބުނީ، ކިޔަވަމުން ފައިސާގެ ކަންކަމަށް ފިކުރު ހިންގާ އެކަމާ ބޯހާސްވާން ޖެހުމަކީ ބުނެދޭން ނޭނގޭ އުނދަގޫ އިހްސާސެއް ކުރެވޭ ކަމެއް ކަމުގައެވެ. އެކުދިން ބުނާ ގޮތުން ފުރަތަމަ އީމޭލް އަށް ޖަވާބު ނުލިބުމުން އަނެއްކާ އަނެއް އީމޭލް ފޮނުވަނީ ކަމަށެވެ. އެކަމަކު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އަކީ އީމޭލަށް ޖަވާބު ދޭ ތަނެއް ނޫން ކަމަށް ދަރިވަރުން ބުނެއެވެ.

ރާއްޖޭން ބޭރުގައި ކިޔަވަން ހުންނަ މިހާރު މާލޭގައި ޗުއްޓީ އަށް އައިސް ހުރި ދަރިވަރަކުވެސް ބުނީ އީމޭލް ކޮށްގެން ޖަވާބު ނުދީގެން ހަޔަރ އެޑިއުކޭޝަން އަށް ގުޅުމުން ދެން ބުނަނީ ފައިސާ ޓްރާންސްފަރ ކުރަން ފިނޭންސަށް ފޮނުވައިފި ކަމަށެވެ.

އޭނާ ބުނި ގޮތުގައި ފިނޭންސަށް ގުޅުމުން ބުނަނީ ޑޮކިއުމެންޓް ނަމްބަރެއް ނުވަތަ ޕީވީ ނަންބަރެއް ނެތި ވަކި އެއްޗެއް ބުނަން ނޭގޭނެ ކަމަށެވެ.

ދަރިވަރުންނަށް ސްޓައިޕެންޑަށް ލިބޭ މިންވަރު ސަރުކާރުން ދަށް ކުރުމަކީވެސް ކިޔަވާ ކުދިންނަށް އިތުރު ތަކުލީފެއް އުފުލަން ޖެހޭ ކަމައް ކަމަށް ދަރިވަރުން ބުނެއެވެ.

ދަރިވަރުން މިހެން ބުނާއިރު ސަރުކާރުން ބުނަނީ ސްކޮލަރޝިޕްގައި ކިޔަވަން ތިބި ކުދިންގެ ކަންކަން ބަރާބަރަށް ސަރުކާރުން ދަނީ ބަލަހައްޓަމުން ކަމަށެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2018

ބާރު އޮތަސް ހިތުހުރި ގޮތެއް ނެހެދޭނެ ވަގުތު އަންނާނެއެވެ.

28 ޖެނުއަރީ 2018
ބާރު އޮތަސް ހިތުހުރި ގޮތެއް ނެހެދޭނެ ވަގުތު އަންނާނެއެވެ.
16 ނޮވެމްބަރު 2017

އަބުރުވެރި، ޝަރަފުވެރި މަޖިލީހަކަށް ހަދާނެ ކަމަށް ބުނި ވައުދާއެކު މަޖިލީހުގައި އެޅުވީ "ތަޅު"

16 ނޮވެމްބަރު 2017
އަބުރުވެރި، ޝަރަފުވެރި މަޖިލީހަކަށް ހަދާނެ ކަމަށް ބުނި ވައުދާއެކު މަޖިލީހުގައި އެޅުވީ "ތަޅު"
04 ނޮވެމްބަރު 2017

ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!

04 ނޮވެމްބަރު 2017
ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!
02 ސެޕްޓެމްބަރު 2017

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

02 ސެޕްޓެމްބަރު 2017
ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!
10 ޖުލައި 2017

ރައީސް ޔާމީން އަޒުލް ކުރުން ނޫން ގޮތެއް ނެތް: ރައީސް ނަޝީދު

10 ޖުލައި 2017
ރައީސް ޔާމީން އަޒުލް ކުރުން ނޫން ގޮތެއް ނެތް: ރައީސް ނަޝީދު
14 ޖޫން 2017

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!
13 މެއި 2017

ބަލި ގަބޫލުކުރަންވެސް ނޭނގެނީ ހެއްޔެވެ؟

13 މެއި 2017
ބަލި ގަބޫލުކުރަންވެސް ނޭނގެނީ ހެއްޔެވެ؟
04 މެއި 2017

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
26 މާރިޗު 2017

ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް

26 މާރިޗު 2017
ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު