Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންގްލެންޑު ޤައުމީ ޓީމު

ސައުތުގޭޓް ވަކި ކުރުމުގެ ވިސްނުމެއް އިންގްލެންޑުގެ ނެތް!

14 ޖުލައި 2024 | އާދީއްތަ 04:17

އެފްއޭ އިން ބޭނުން ވަނީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާ ހަމައަށް ސައުތުގޭޓް ބަހައްޓަން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖުލައި 2024 | އާދީއްތަ 04:17
އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް

އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް

އިންގްލެންޑުގެ ޤައުމީ ޓީމުގެ ކޯޗުކަމުން ގަރެތު ސައުތުގޭޓް ވަކި ކުރުމުގެ ވިސްނުމެއް، އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭ) އިން ނުގެންގުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އިންގްލެންޑުގެ ކޯޗުކަމާ ސައުތުގޭޓް ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން ވެސް އިންގްލެންޑުގެ ނަތީޖާ ދަށްވާ ކަމަށް ބުނެ، ސައުތުގޭޓަށް ފާޑު ކިޔުންތައް ވެސް އަމާޒުވެ އެވެ. އަނެއްކޮޅުން މިހާރު ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލުން އިންގްލެންޑު ބަލިވެއްޖެ ނަމަ، ކޯޗުކަމުން ސައުތުގޭޓް ވަކި ކުރާނެ ކަމުގެ އަޑުތައް އޮތީ ފެތުރިފަ އެވެ. އިންގްލެންޑަށް ޔޫރޯ ކާމިޔާބުކޮށް ނުދެވިއްޖެ ނަމަ، މަގާމުން ވަކިވާނެ ކަމުގެ އިޝާރާތެއް ވެސް ސައުތުގޭޓް ވަނީ ދީފަ އެވެ.

އެހެން ނަމަވެސް، އިނގިރޭސި މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ކޯޗުކަމުން ސައުތުގޭޓް ވަކި ކުރުމުގެ ވިސްނުމެއް އިނގިރޭސި އެފްއޭ އިން ނުގެންގުޅެ އެވެ. އޭގެ ބަދަލުގައި އިނގިރޭސި އެފްއޭ އިން ބޭނުން ވަނީ ސައުތުގޭޓާ އެކު ކުރިއަށް ދާން ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އަދި އެކަމާ ގުޅުން ހުރި މަޝްވަރާތައް އެފްއޭގެ އެތެރޭގައި ކުރެވެމުން އަންނަ ކަމަށާއި، އެފްއޭ އިން ބޭނުން ވަނީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާ ހަމައަށް ސައުތުގޭޓް ބަހައްޓަން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެގޮތުން އާދިއްތަ ދުވަހުގެ ރޭ ޖަރުމަނުގައި ކުޅޭ ފައިނަލް އިން އިންގްލެންޑު ބަލިވި ނަމަވެސް، ކޯޗުކަމުން ސައުތުގޭޓް ވަކި ނުކުރާނެ ކަމަށް ވެސް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ. އިނގިރޭސި އެފްއޭ އިން ސަްއުތުގޭޓަށް އިތުބާރު ކުރާ ކަމަށާއި، އޭނާގެ މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަނެއްކޮޅުން، އިނގިރޭސި އެފްއޭ އިން ޤަބޫލު ކުރާ ގޮތުގައި ސައުތުގޭޓާ އެކު އެ ޤައުމަށް ކާމިޔާބު ވެސް ހޯދޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސައުތުގޭޓް ހަވާލުވީ ފަހުން އިންގްލެންޑުން ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅެފަ އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް ޔޫރޯ މުބާރާތުގެ ފައިނަލްގައި ކުޅެފައިވާއިރު، އެންމެ ފަހުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް ނިންމާލަން ޖެހުނީ ކުއާޓާ ފައިނަލާ ހަމައިންނެވެ. މިއަހަރުގެ ޔޫރޯގެ ފައިނަލް އިން އިންގްލެންޑު ޖާގަ ހޯދިއިރު، މިއީ ޔޫރޯގެ ފައިނަލްގައި ޖެހި ޖެހިގެން އިންގްލެންޑު ކުޅޭނެ ދެ ވަނަ ފަހަރެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
19 މާރިޗު 2017

މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ

19 މާރިޗު 2017
މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ
24 ފެބުރުއަރީ 2017

ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި

24 ފެބުރުއަރީ 2017
ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
05 ފެބުރުއަރީ 2017

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

05 ފެބުރުއަރީ 2017
ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
30 ޖެނުއަރީ 2017

މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ

30 ޖެނުއަރީ 2017
މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް