Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ1.9 މިލިއަން ރުފިޔާގެ ސްކޭމްގެ މައްސަލަ

1.9 މިލިއަން ރުފިޔާގެ ސްކޭމްގެ މައްސަލައެއް، އެ ފައިސާ 50 އެކައުންޓަށް ޖަމާކޮށްފައިވޭ: ފުލުހުން

11 ޖުލައި 2024 | ބުރާސްފަތި 11:10

ވިކްޓިމްގެ އަމިއްލަ އެކައުންޓުން 25000 ރުފިޔާ ފޭރިގަނެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޖުލައި 2024 | ބުރާސްފަތި 11:10
އިންޓަނެޓް ބޭންކިންގެ ޚިދުމަތް ހޯދަނީ

އިންޓަނެޓް ބޭންކިންގެ ޚިދުމަތް ހޯދަނީ

1.9 މިލިއަން ރުފިޔާގެ ސްކޭމްގެ މައްސަލައާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެ ފައިސާ 50 އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި ސްކޭމްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ 1.9 މިލިއަން ރުފިޔާގެ ސްކޭމްގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިމައްސަލައަކީ 18 ޖޫން 2024 ވަނަ ދުވަހު ވިޔަފާރި ކުންފުންޏެއްގެ ހިއްސާދާރަކަށް ކާކުކަން ނޭނގޭ ފަރާތަކުން ގުޅައި ވައިބަރ އަދި ވަޓްސްއަޕް މެދުވެރިކޮށް ޕްރޮޖެކްޓަކަށް މުދާ ސަޕްލައި ކުރަން ބޭނުން ކަމަށް ބުނެ އެ މުއާމަލާތުގެ ތެރޭގައި އޮޅުވާލައިގެން ވެންޑާ ރަޖިސްޓްރީ ކުރުމަށް އީމެއިލް އެޑްރެސްގެ މައުލޫމާތު ހޯދައި އީމެއިލް ކޮންޕްރޮމައިޒްކޮށް އިންޓަނެޓް ބޭންކިންގެ އެކްސެސް މެދުވެރިކޮށް ވިކްޓިމްގެ އެކައުންޓަށް އެކްސަސްވެ އެކައުންޓުން ގާތްގަނޑަކަށް 25000 ރުފިޔާ އަދި ވިޔަފާރީގެ އެކައުންޓުން އެއްމިލިއަން އަށްލައްކަ ނުވަދިހަ ހަތްހާސް ސޯޅަ ރުފިޔާ ނަގާފައިވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝީދާ ވިދާޅުވީ މިފައިސާގެ ތެރެއިން ޖުމްލަ ފަސްލައްކަ ސާޅިސްއަށްހާސް އަށްސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ރިކަވަރ ކޮށްދެވިފައިވާ ކަމަށެވެ. މިފައިސާ ގެއްލުންވި ފަރާތަށް ރައްދު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، މައްސަލައާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން އިތުރު ތަފްސީލު ދެއްވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީން ވިދާޅުވީ މިފައިސާ ކުންފުނީގެ އެކައުންޓުން ބޭރުކުރުމަށް ޖުމްލަ 56 ޓްރާންސެކްޝަނެއް ހަދާފައިވާ ކަމަށާއި، ފައިސާ 50 އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިމައްސަލައާ ފައިސާ ފޭރިގަނެފައިވާ ކުންފުނީގެ މައުލޫމާތު ފުލުހުން ހާމަކޮށްފައިނުވެއެވެެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް