Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

އިޝާންގެ ލަނޑުތަކާއެކު މިލަންދޫ އިން މާޅޮސް ހިފަހައްޓައިފި

މިލަންދޫ އަދި މާޅޮސް ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 11 އޯގަސްޓު 2017 | ހުކުރު 14:47
މިލަންދޫ އަދި މާޅޮސް ބައްދަލު ކުރި މެޗުގެ ތެރެއިން

މިލަންދޫ އަދި މާޅޮސް ބައްދަލު ކުރި މެޗުގެ ތެރެއިން

ދިވެހި ޕްރިމިއާ ލީގުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި އިޝާން އިބްރާހިމް ކާމިޔާބު ކުރި ދެ ލަނޑުން މިލަންދޫ އިން މާޅޮސް ހިފަހައްޓައިފި އެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ މިލަންދޫ އެވެ. އެގޮތުން އެޓީމުން ވަނީ މާޅޮސްގެ ހާފަށް ބާރު ބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.

މެޗުގެ 8 ވަނަ މިނެޓުގައި މިލަންދޫގެ ޒަމީރު އަށް ލީޑު ނެގުމަށް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. އެހެން ނަމަވެސް އޭނާ ބޯޅަ ކުރިއަށް ފޮނުވާލުން ލަސްވުމުން މާޅޮހުގެ ކީޕަރު ވަނީ ބޯޅަ ދިފާއު ކޮށްފައެވެ. މެޗުގެ 13 ވަނަ މިނެޓުގައި މިލަންދޫގެ އިބްރާހިމް ޝިއާމް އަށް ވެސް ވަނީ ލީޑު ނެގުމަށް ފުރުސަތެއް ލިބިފައެވެ. އެހެން ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ.

މިލަންދޫ އިން މެޗުގައި ރަނގަޅަށް ކުޅެމުންދަނިކޮށް މާޅޮހުން މެޗުގެ ލީޑު ނެގީ 28 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުނޯޒް އެވެ. މި ލަނޑަށް ފަހު މާޅޮހުން ވަނީ މެޗުގެ ކުޅުން ރަނގަޅު ކޮށްފައެވެ. އެގޮތުން 33 ވަނަ މިނެޓުގައި މުނޯޒް އަށް ވަނީ ލީޑު ފުޅާ ކުރުމަށް ފުރުސަތެއް ލިބިފައެވެ. އެހެން ނަމަވެސް މުނޯޒް ފޮނުވާލި ހަމަލާ މިލަންދޫ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން މިލަންދޫގެ މައްޗަށް މާޅޮސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާޅޮހުން ވަނީ މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު 68 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން އިބްރާހިމް ނާފިއު އެވެ. މި ލަނޑަށް ފަހު މިލަންދޫ އިން ވަނީ ޑިފެންސް ވަރުގަދަކޮށް ކައުންޓާ އަށް އިސްކަންދީގެން ކުޅެން ފަށާފައެވެ.

އެގޮތުން މެޗުގެ ފަހު 10 މިނެޓުގައި މިލަންދޫ އިން ވަނީ އެޓީމުގެ އެޓޭކްތައް ވެސް ވަރުގަދަ ކޮށްފައެވެ. މިލަންދޫ އިން ނަތީޖާގެ ފަރަގު ކުޑަކުރީ 85 ވަނަ މިނެޓުގައި އިޝާން ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ކީޕަރު ބޯ މަތިން ފޮނުވާލައިގެންނެވެ.

މިލަންދޫ އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ބަދަލު ރެފްރީ ދެއްކި ހަތަރު މިނެޓު ތެރޭގައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ އިޝާން އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މިލަންދޫގެ ކޯޗު މުހައްމަދު ނާސިރު ބުނީ މިލަންދޫ ޓީމަކީ ވަރަށް ހިތްވަރުކުރާ ޓީމެއް ކަމަށާއި، މެޗުގެ ފަހުވަގުތު ފެނިގެންދިޔައީ އޭގެ ނަތީޖާ ކަމަށެވެ. މީގެ އިތުރުން ނާސިރު ވަނީ ކުޅުންތެރިން އަދި ސަޕޯޓަރުންގެ ހިތްވަރަށް ޝުކުރު އަދާކޮށްފައެވެ.

ނާސިރު ބުނީ އަބަދުވެސް އޭނާކުޅުންތެރިންނަށް ވިސްނައިދެމުންދިޔައީ ބައިކޮޅަށް ލަނޑެއް ވަނުމަކީ ބަލިވުން ނޫން ކަމަށާއި، ދެޓީމުވެސް ކުޅުނީކަމަށެވެ. އޭނާ ބުނީ ލިބޭ ފުރުސަތުތައް ގެއްލޭނަމަ މޯޓިވޭޝަން ދަށްވެގެންދާ ކަމަށާއި، އެހެން ނަމަވެސް އެ ވެއްޓިގެންދާ ވަގުތު އަނބުރާ ނަގާ ކޮޅަށް ޖެހިތަން ފެނިގެންގޮސްފި ކަމަށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މާޅޮސްގެ ކޯޗު ނިޝްތާރު ބުނީ ފަހުވަގުތު ބައިކޮޅަށް ދެ ލަނޑު ވަނުމަކީ ބަލިވުން ކަމަށް އޭނާ އަށް ސިފަ ކުރެވޭ ކަމަށާއި، އޭގެއިން ދޭހަވަނީ ކުޅުންތެރިންގެ ބުންވަރު ނެތްތަން ކަމަށެވެ. އޭނާ ބުނީ ފުޓުބޯޅައިގައި ލިބޭނީ ޑިޒާވްވާ އެއްޗެއް ކަމަށާއި، އެގޮތުން މިލަންދޫ އަތުން މާޅޮހަށް ޑިޒާވްވީ އެއް ޕޮއިންޓް ކަމަށެވެ.

ލީގުގައި ހުކުރު ދުވަހުގެ ރޭ ބައްދަލު ކުރާނީ ތިނަދޫ އަދި ކްލަބް ގްރީން ސްޓްރީޓެވެ. މި މެޗު ފަށާނީ 21:00 ޖަހާއިރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާބާ ޗެމްޕިއަންޝިޕް: އިންޑިއާ އަށް ސެންޗަރީއެއް ހަމަކުރެވުނު ނުދީ ރާއްޖެއިން ހިފަހައްޓައިފި

ސާބާ ޗެމްޕިއަންޝިޕް: އިންޑިއާ އަށް ސެންޗަރީއެއް ހަމަކުރެވުނު ނުދީ ރާއްޖެއިން ހިފަހައްޓައިފި

20 މެއި 2017
ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި

30 އެޕްރީލު 2017
މިނިވަން ޗެމްޕިއަންޝިޕް: ޒޯން 2 ގެ ޗެމްޕިއަންކަން މާޅެންދޫ ބަލިކޮށް މިލަންދޫ ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕް: ޒޯން 2 ގެ ޗެމްޕިއަންކަން މާޅެންދޫ ބަލިކޮށް މިލަންދޫ ހޯދައިފި

16 އެޕްރީލު 2017
ފަހު ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ސިޓީއަށް މޮޅެއް

ފަހު ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ސިޓީއަށް މޮޅެއް

16 އެޕްރީލު 2017
ނައިފަރު ޓީމުން ކުރެންދޫ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

ނައިފަރު ޓީމުން ކުރެންދޫ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު