Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެންޔާގެ ދަރަނީގެ މައްސަލަ

ކެންޔާ ސަރުކާރުގެ ޚަރަދު ތައް ކުޑަކުރަން ފަސްޓް ލޭޑީ އަށް ދައުލަތުން ކުރާ ޚަރަދު ހުއްޓާލަން ރައީސް ރޫޓޯ ނިންމަވައިފި

ދަރަނީގެ މައްސަލަ ބޮޑުވެފައިވާ ކެންޔާގެ ދަރަނި ދެއްކުމަށް ޓެކްސް ބޮޑު ކުރުމަށް މަޖިލިހަށް ހުށަހެޅި ބިލާ އެކު ކެންޔާގެ މަގުތަކަށް މީހުން ނުކުމެ ޓެކްސް ބޮޑު ކުރުމާ ދެކޮޅަށް ކުރި މުޒާހަރާ ތަކުގައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. ސަރުކާރުން މިހާރު ވަނީ ޓެކްސް ބޮޑު ކުރުމުގެ ވިސްނުން ދޫކޮށްލުމަށް ފަހު ޚަރަދު ކުޑަކުރުމުގެ ޕްރޮގްރާމެއް އިއުލާން ކޮށްފައެވެ.

ރާއްޖެ އެމްވީ | 6 ޖުލައި 2024 | ހޮނިހިރު 13:26
ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ

ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ

ކެންޔާގެ ދަރަނީގެ މައްސަލަ ބޮޑުވެ، ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ޓެކްސް ބޮޑު ކުރަން ސަރުކާރުން އުޅުމުން އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ މުޒާހަރާ ކުރުމުގެ ސަބަބުން، ޓެކްސް ބޮޑު ކުރުމުގެ ވިސްނުން ދޫކޮށްލުމަށް ފަހު، ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅު ތައް އަޅަން ނިންމާ، އޭގެ ތެރޭގައި ފަސްޓް ލޭޑީ އަށް ދައުލަތުން ކުރާ ޚަރަދުތައް ހުއްޓާލުމަށް ސަރުކާރުން ނިންމައިފި ކަމަށް ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ އިއުލާން ކުރައްވައިފިއެވެ.

ކެންޔާގެ ސްޓޭޓް ހައުސްގައި ހުންނަވާ، ޓީވީ މެދުވެރިކޮށް ހުކުރު ދުވަހު ކެންޔާގެ ރައީސް އިއުލާން ކުރެއްވި ސަރުކާރުގެ ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅު ތަކުގެ ތެރޭގައި، މަސައްކަތްތައް ފުށުއަރާ ގޮތައް ހުރި ދައުލަތުގެ 47 ކުންފުންޏެއް އުވާލުމާއި، ސަރުކާރުގެ ބައެއް ވަޒީފާތައް އުވާލުމާއި، މީހުން އަލަށް ވަޒީފާތަކަށް ނެގުން ހުއްޓާލުން ހިމެނެއެވެ.

މީގެ އިތުރުން، ސަރުކާރުގެ އެޑްވައިޒަރުންގެ ގޮތުގައި ތިބި މީހުންގެ އަދަދު 50 އިން ސައްތަ އަށް މަދު ކުރުން ހިމެނޭ ކަމަށް ވެސް ކެންޔާގެ ރައީސް ވިދާޅުވިއެވެ.

ބަޖެޓުން ކުރާ ޚަރަދު ތައް ކުޑަ ކުރުމުގެ ގޮތުން، އޮފީސް އޮފް ދަ ފަސްޓްލޭޑީ ގެ އިތުރުން، ނައިބު ރައީސްގެ އަނބިކަނބަލުންގެ އޮފީހާއި، ކެބިނެޓް ސެކްރެޓަރީގެ އަނބިކަނބަލުންގެ އޮފީސް އުވާލާ ގޮތައް ނިންމެވި ކަމަށް ވެސް ރޫޓޯ ވިދާޅުވިއެވެ.

މަރާމާތުގެ ގޮތުގައި ކަނޑައަޅާފައިވާ ބަޖެޓް 50 އިން ސައްތަ އަށް ކުޑަ ކުރުމާއި، "ކޮންފިޑެންޝަން ބަޖެޓް" ގެ ގޮތުގައި ރައީސް އޮފީހުގައި އޮންނަ ޚާއްސަ ބަޖެޓް އުވާލުމަށް ވެސް ކެންޔާގެ ރައީސް ވަނީ ނިންމާފައެވެ.

ސަރުކާރުގެ ވަޒީފާއިން މުސްކުޅި ކުރާ އުމުރު ހަމަވުމުން ވަޒީފާގެ މުއްދަތު އިތުރު ނުކޮށް ވަގުތުން ވަޒީފާއިން ވަކި ކުރުންވެސް ކެންޔާގެ ރައީސް އިއުލާން ކުރެއްވި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅު ތަކުގެ ތެރޭގައި ހިމެނެއެވެ.

ސަލާމަތީ ޚިދުމަތުގެ ބޭނުމަކަށް ނޫނީ ސަރުކާރުން އިންޖިނުލީ އުޅަނދު ގަތުން 12 މަސް ދުވަހުގެ މުއްދަތައް ނުގަތުމަށް ވެސް ކެންޔާގެ ރައީސް ވަނީ ނިންމަވާފައެވެ.

ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ސަރުކާރުގެ އޮފިޝަލުން ނުކުރާ ގޮތައްވެސް ރޫޓޯ ވަނީ ނިންމަވާފައެވެ.

ޓެކްސް ބޮޑު ކުރުމާ ދެކޮޅަށް ކެންޔާގެ މަގުތަކުގައި އާންމުން އެތައް ހަފްތާ އަކަށް ކުރި މުޒާހަރާތަކުގައި 40ށް ވުރެ ގިނަ މީހުން މަރުވެ 360ށް ވުރެ ގިނަ މީހުން ޒަޚަމްވި ހިސާބަށް ކަންކަން ދިއުމުން ރައްޔިތުންގެ ޕްރެޝަރަށް ސަރުކާރުން އެންމެ ފަހުން ދީލާލައި 2.7 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ޓެކްސް ބޮޑުކޮށްގެން ހޯދުމުގެ ވިސްނުން މުޅިން ދޫކޮށްލުމަށްފަހު އެ ބިލް ވަނީ ސަރުކާރުން އަނބުރާ ގެނެސްފައެވެ.

ކެންޔާ ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ދަރަނި ދެއްކުމަށް ސަރުކާރުގެ ޚަރަދުތައް ކުޑަ ކޮށްގެން 1.39 ބިލިއަން ޑޮލަރު ސަލާމަތް ކުރުމަށް ފަހު އެ ފައިސާ އާއި އެހީގެ ގޮތުގައި އިތުރު ފައިސާ ހޯދައިގެން ދަރަނި ދެއްކުމެވެ.

ކެންޔާގެ ރައީސް ވިލިއަމް ރޫޓޯކެންޔާ

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ކެންޔާގެ ކުރީގެ ބޮޑު ވަޒީރުގެ އޮޑިންގާގެ ޖަނާޒާގެ ތެރެއިން ފަސް މީހަކު މަރުވެއްޖެ

19 އޮކްޓޯބަރު 2025
ކެންޔާގެ ކުރީގެ ބޮޑު ވަޒީރުގެ އޮޑިންގާގެ ޖަނާޒާގެ ތެރެއިން ފަސް މީހަކު މަރުވެއްޖެ
15 އޮކްޓޯބަރު 2025

ކެންޔާގެ ކުރީގެ ބޮޑު ވަޒީރު އޮޑިންގާ އަވަހާރަވެއްޖެ

15 އޮކްޓޯބަރު 2025
ކެންޔާގެ ކުރީގެ ބޮޑު ވަޒީރު އޮޑިންގާ އަވަހާރަވެއްޖެ
08 އޮކްޓޯބަރު 2024

ކެންޔާގެ ނައިބު ރައީސްގެ މައްޗަށް ކަރަޕްޝަންގެ ތުހުމަތު ކޮށް އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދައިފި

08 އޮކްޓޯބަރު 2024
ކެންޔާގެ ނައިބު ރައީސްގެ މައްޗަށް ކަރަޕްޝަންގެ ތުހުމަތު ކޮށް އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދައިފި
26 ޖޫން 2024

ރައްޔިތުންގެ ނުރުހުމުގައި ޓެކްސް ބޮޑު ކުރަން ފާސް ކުރުމުން ކެންޔާގެ ޕާލިމެންޓްގައި ހުޅު ޖަހައިފި

26 ޖޫން 2024
ރައްޔިތުންގެ ނުރުހުމުގައި ޓެކްސް ބޮޑު ކުރަން ފާސް ކުރުމުން ކެންޔާގެ ޕާލިމެންޓްގައި ހުޅު ޖަހައިފި
05 މެއި 2024

ކެންޔާއަށް ކުރަމުން މިދަނީ އާދަޔާޚިލާފު ވިއްސާރައެއްތަ؟

05 މެއި 2024
ކެންޔާއަށް ކުރަމުން މިދަނީ އާދަޔާޚިލާފު ވިއްސާރައެއްތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު