Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކެންޔާ

ކެންޔާގެ ކުރީގެ ބޮޑު ވަޒީރު އޮޑިންގާ އަވަހާރަވެއްޖެ

އިންޑިއާގެ ނޫސް "މަތުރުބޫމީ" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ދެކުނު އިންޑިއާގެ ކޮޗީގައި ފަރުވާ ހޯއްދަވަމުން ގެންދެވި އޮޑިންގާ، ބުދަ ދުވަހު ހާޓް އެޓޭކެއް ޖެހުމާ ގުޅިގެން ހޮސްޕިޓަލަށް ގެންދެވުނު އިރު އަވަހާރަ ވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައި.

އިންޑިއާގެ ކޮޗީގައި ފަރުވާ ހޯއްދަވަމުން ގެންދެވި ރައިލާ އޮޑިންގާ ހާޓް އެޓޭކެއް އައުމާ ގުޅިގެން އަވަހާރަވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2025 | ބުދަ 10:52
ކެންޔާގެ ކުރީގެ ބޮޑު ވަޒީރު އޮޑިންގާ

ކެންޔާގެ ކުރީގެ ބޮޑު ވަޒީރު އޮޑިންގާ

ކެންޔާގެ ކުރީގެ ބޮޑު ވަޒީރު ރައިލާ އޮޑިންގާ އަވަހާރަ ވެއްޖެ އެވެ.

ކެންޔާގެ ކުރީގެ ބޮޑު ވަޒީރުކަން ކުރައްވާފައިވާ، އަދި އެ ޤައުމުގެ އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންނެވި އޮޑިންގާ އަވާހަރަވެފައި ވަނީ އުމުރުފުޅުން 80 އަހަރުގަ އެވެ. އޮޑިންގާގެ އޮފީހުގެ މަސްދަރަކުން ވަނީ ރޮއިޓާސް އަށް އެ މައުލޫމާތު ދީފަ އެވެ.

އިންޑިއާގެ ނޫސް "މަތުރުބޫމީ" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ދެކުނު އިންޑިއާގެ ކޮޗީގައި ފަރުވާ ހޯއްދަވަމުން ގެންދެވި އޮޑިންގާ، ބުދަ ދުވަހު ހާޓް އެޓޭކެއް ޖެހުމާ ގުޅިގެން ހޮސްޕިޓަލަށް ގެންދެވުނު އިރު އަވަހާރަ ވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

އޮޑިންގާ އަކީ ކެންޔާގެ ޑިމޮކްރަސީ އަށް ގިނަ ގުނަ ޚިދުމަތް ތަކެއް ކުރެއްވި ބޭފުޅެކެވެ. އޭގެ ތެރޭގައި 1991 ވަނަ އަހަރު ގިނަ ޕާޓީތަކުގެ ޑިމޮކްރަސީ ގާއިމު ކުރުމާއި، 2010 ވަނަ އަހަރު އައު ޤާނޫނު އަސާސީއެއް އެކުލަވާލުމުގައި އިސް ދައުރެއް އޮޑިންގާ އަދާ ކުރެއްވި އެވެ.

އެހެން ނަމަވެސް، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ފަސް ފަހަރު ވެސް އޮޑިންގާ ވަނީ އިންތިޚާބުން ބަލިވެފަ އެވެ. އޭގެ ތެރޭގައި 2007 ވަނަ އަހަރުގެ އިންތިޚާބާ ގުޅިގެން ހިނގި އަރައިރުން ތަކުގައި 1،300 އަށްވުރެ ގިނަ މީހުން މަރުވެ، ސަތޭކަ ހާހުން މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވި އިންތިޚާބު ވެސް ހިމެނެ އެވެ.

އޮޑިންގާ ގެ ސިޔާސީ ދިރިއުޅުމުގައި ގިނަ ކާމިޔާބީތަކާއި ނާކާމިޔާބީތައް ހިމެނެ އެވެ. އެހެން ނަމަވެސް، ކެންޔާގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އޭނާ ކުރެއްވި މަސައްކަތްތައް އެ ޤައުމުގެ ތާރީޚު ގައި ފާހަގަ ކޮށްލެވޭނެ އެވެ.

މަސްދަރު: ރޮއިޓާސް

ރައިލާ އޮޑިންގާކެންޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކެންޔާގެ ކުރީގެ ބޮޑު ވަޒީރުގެ އޮޑިންގާގެ ޖަނާޒާގެ ތެރެއިން ފަސް މީހަކު މަރުވެއްޖެ

ކެންޔާގެ ކުރީގެ ބޮޑު ވަޒީރުގެ އޮޑިންގާގެ ޖަނާޒާގެ ތެރެއިން ފަސް މީހަކު މަރުވެއްޖެ

19 އޮކްޓޯބަރު 2025
ކެންޔާ ސަރުކާރުގެ ޚަރަދު ތައް ކުޑަކުރަން ފަސްޓް ލޭޑީ އަށް ދައުލަތުން ކުރާ ޚަރަދު ހުއްޓާލަން ރައީސް ރޫޓޯ ނިންމަވައިފި

ކެންޔާ ސަރުކާރުގެ ޚަރަދު ތައް ކުޑަކުރަން ފަސްޓް ލޭޑީ އަށް ދައުލަތުން ކުރާ ޚަރަދު ހުއްޓާލަން ރައީސް ރޫޓޯ ނިންމަވައިފި

06 ޖުލައި 2024
ރައްޔިތުންގެ ނުރުހުމުގައި ޓެކްސް ބޮޑު ކުރަން ފާސް ކުރުމުން ކެންޔާގެ ޕާލިމެންޓްގައި ހުޅު ޖަހައިފި

ރައްޔިތުންގެ ނުރުހުމުގައި ޓެކްސް ބޮޑު ކުރަން ފާސް ކުރުމުން ކެންޔާގެ ޕާލިމެންޓްގައި ހުޅު ޖަހައިފި

26 ޖޫން 2024
ކެންޔާއަށް ކުރަމުން މިދަނީ އާދަޔާޚިލާފު ވިއްސާރައެއްތަ؟

ކެންޔާއަށް ކުރަމުން މިދަނީ އާދަޔާޚިލާފު ވިއްސާރައެއްތަ؟

05 މެއި 2024
ކެންޔާގެ ހޮސްޕިޓަލެއްގައި ހަޅުތާލު ކުރަމުން ދިޔަ 100 ޑޮކްޓަރުން ވަޒީފާއިން ވަކިކޮށްފި

ކެންޔާގެ ހޮސްޕިޓަލެއްގައި ހަޅުތާލު ކުރަމުން ދިޔަ 100 ޑޮކްޓަރުން ވަޒީފާއިން ވަކިކޮށްފި

10 އެޕްރީލު 2024

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު