Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެންޔާގެ އައު ރައީސް

ކުކުޅު ވިއްކަން އުޅުނު ކުއްޖަކު ރައީސްކަމަށް

ސްކޫލްގައި އުޅުއްވިއިރުވެސް އަބަދުވެސް އެންމެ މަތީ މާރކްސް ހޯއްދަވާނީ ވިލިއަމް ރޫޓޯ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 16 އޯގަސްޓު 2022 | އަންގާރަ 16:49
ކެންޔާގެ އައު ރައީސް ވިލިއަމް ރޫޓޯއަށް، އިންތިޚާބު ކާމިޔާބުކުރެއްވިކަމުގެ ލިއުން އަރުވަނީ

ކެންޔާގެ އައު ރައީސް ވިލިއަމް ރޫޓޯއަށް، އިންތިޚާބު ކާމިޔާބުކުރެއްވިކަމުގެ ލިއުން އަރުވަނީ

ކެންޔާގެ ފަރުބަދަމަތީގެ އަވަށެއްކަމަށްވާ އެލްޑޮރެޓްގެ އަހުލުވެރިން އޭނާ ދަންނަނީ ފައިވާނަކަށްވެސް ނާރައި މަގުމަތީގައި ކުކުޅު ވިއްކަން އުޅުނު ސްކޫލް ކުއްޖާގެ ގޮތުގައެވެ. އެމީހުން ހަނދާންހުންނަ ގޮތުގައި އޭރުވެސް އޭނާއަކީ އާދަޔާ ޚިލާފު ތޫނުފިލިކަމެއް ހުންނަ ކުއްޖެކެވެ. ހޯމަ ދުވަހު އޭނާ ގައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ޚަބަރު އެއަވަށުގެ މީހުން އެހީ ފަޚުރުވެރިކަމާއި އަދި ގަބޫލުކުރަން ދަތި ކަހަލަ އިހުސާސްތަކަކާއެކުގައެވެ.

ކެންޔާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ރައީސަށް ވެވަޑައިގެންނެވި ވިލިއަމް ރޫޓޯއާބެހޭގޮތުން، އޭނާއެކު ސްކޫލްގައި އުޅުނު އަންހެނަކު ބުނިގޮތުގައި، ޕްރައިމަރީ ސްކޫލްގައި ހޭދަވި ހުރިހާ ދުވަހަކުވެސް އަރާނެ ފައިވާނެއްވެސް ނެތިފައި ހުރި ކުއްޖަކު، ބޮޑުވެގެން ރައީސްކަމަށް އަތުވެދާނެކަމަށް ހިތަށްވެސް ނާރައެވެ. އޭނާ ބުނީ ރައީސްކަމަށް އަންނަ ހުރިހާ މީހުންނަކީވެސް މުއްސަނދި އާއިލާތަކަށް ނިސްބަތްވާ މީހުން ކަމަށް އޭނަ ކުރިން ހީކުރި ކަމަށެވެ. އޭނާ ބުނި ގޮތުގައި ކިތަންމެ ފަގީރު ކޮން ފެނުނު ނަމަވެސް އޭރު ދިޔަ އަވަށު މަދަރުސާގަ ވެސް އަބަދުވެސް އެންމެ މަތީ މަރކްސް ހޯއްދަވާނީ ވިލިއަމް ރޫޓޯ އެވެ.

ކެންޔާގެ އެންމެ ބާރުގަދަ ދެސިޔާސީ ލީޑަރުން ބަލި ކުރައްވާ ރޫޓޯ ކެންޔާގެ ރައީސް ކަމާ ހަވާލުވެ ވަޑައިގަންނަވާ އިރު އެގައުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. މިގޮތުން ކުރީގެ ރައީސް އުހުރު ކެންޔާޓާ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫ ތަކަކަށް ނަންގަވާފައިވާ ބިލިއަން ޑޮލަރުގެ ލޯން އަނބުރާ ދެއްކުމުގެ ވަގުތު އަންނަނީ ކައިރި ވަމުންނެވެ. އަނެއްކޮޅުން ފާއިތުވި 40 އަހަރުތެރޭވެސް ކެންޔާއަށް ކުރިމަތިވެފައިނުވާ ވަރުގެ ހަނަފަސްކަން ވަނީ ކުރިމަތި ވެފައެވެ. ވުމާއި އެކު ހަތަރު މިލިއަނެއްހާ މީހުންނަށް ވަނީ ކާނާގެ އެހީ ފޯރުކޮށްދޭންޖެހިފައެވެ.

އުމުރުފުޅުން 55 އަހަރުގެ ވިލިއަމް ރޫޓޯ އޭނާގެ ކެމްޕެއިންގައި ބޭނުންކުރެއްވީ ކެންޔާގައި އޮންނަ ފެންވަރުގެ ތަފާތު ކުރުން ނައްތާ ލައްވާނެ ކަމަށް ވިދާޅުވެގެންނެވެ.

ކެންޔާގެ ފަސްވަނަ ރައީސް ވިލިއަމް ރޫޓޯ އިންތިޚާބް ކާމިޔާބް ކުރެއްވީ ސިޔާސީ ގޮތުން އެންމެ ކުރީގައި އުޅުއްވާ ދެބޭފުޅުން ކަމަށްވާ ކުރީގެ ރައީސް ކެންޔާޓާ އަދި އެންމެ ގާތުން ވާދަ ކުރެއްވި ރައީލާ އޮޑިންގާ ބަލި ކުރައްވާފައެވެ. ކެންޔާގެ ރިޔާސީ އިންތިޚާބުގެ ވޯޓުގެ ނަތީޖާ އިއުލާން  ކުރުމުން އެ ޤައުމުގެ އިލެކްޝަންގެ ސީނިއަރ އޮފިޝަލުންތަކެއް ވަނީ ނަތީޖާ ގަބޫލު ނުކުރާ ކަމަށް ބުނެފައެވެ. ނަމަވެސް ފަހުން ވަނީ ނަތީޖާ ގަބޫލުކޮށްފައެވެ. އަދި އިލެކްޝަން ކޮމިޝަނަރ ވަނީ އިންތިކާބް ކާމިޔާބް ކުރެއްވި ކަމުގެ ލިއުން ވިލިއަމް ރޫޓޯ އާއި ހަވާލު ކުރައްވާފައެވެ.

ވިލިއަމް ރޫޓޯ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ 50.49 އިންސައްތަ ވޯޓުންނެވެ. ރޫޓޯއާއި އެންމެ ގާތުން ވާދަކުރެއްވި ރައިލާ އޮޑިންގާއަށް ލިބިވަޑައިގެންނެވީ 48.5 އިންސައްތަ ވޯޓެވެ. އެ ޤައުމުގެ ވެރިކަމަށް އައުމަށް 50 އިންސައްތަ ވޯޓުގެ އިތުރުން އެއް ވޯޓު އިތުރަށް ލިބެން ޖެހެއެވެ.

ވިލިއަމް ރޫޓޯ ކެންޔާގައި ސިޔާސީ ގޮތުން ކުރިއެރުން ހޯއްދަވަން ފެއްޓެވީ ޔޫތު އޯގަނައިޒަރ އެއްގެ ހައިސިއްޔަތުންނެވެ. އަދި އޭރު ހުންނެވި ރައީސް ޑެނިއަލް އެރެޕް މޮއީ ގެ އަރިހުގައި މަސައްކަތް ފެއްޓެވި އެވެ. އެއަށް ފަހު ކެންޔާގެ އެންމެ ހަގު މަޖިލިސް މެމްބަރު ކަން އަދި އޭގެފަހުން މިނިސްޓަރު ކަންވެސް ކުރައްވާފައި ވެއެވެ.

ރައީސް ކަމަށް ކުރިމަތި ލެއްވި އިރު ހުންނެވީ ނާއިބް ރައީސްގެ މަގާމުގައެވެ.

ކެންޔާ

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ކެންޔާގެ ކުރީގެ ބޮޑު ވަޒީރުގެ އޮޑިންގާގެ ޖަނާޒާގެ ތެރެއިން ފަސް މީހަކު މަރުވެއްޖެ

19 އޮކްޓޯބަރު 2025
ކެންޔާގެ ކުރީގެ ބޮޑު ވަޒީރުގެ އޮޑިންގާގެ ޖަނާޒާގެ ތެރެއިން ފަސް މީހަކު މަރުވެއްޖެ
15 އޮކްޓޯބަރު 2025

ކެންޔާގެ ކުރީގެ ބޮޑު ވަޒީރު އޮޑިންގާ އަވަހާރަވެއްޖެ

15 އޮކްޓޯބަރު 2025
ކެންޔާގެ ކުރީގެ ބޮޑު ވަޒީރު އޮޑިންގާ އަވަހާރަވެއްޖެ
06 ޖުލައި 2024

ކެންޔާ ސަރުކާރުގެ ޚަރަދު ތައް ކުޑަކުރަން ފަސްޓް ލޭޑީ އަށް ދައުލަތުން ކުރާ ޚަރަދު ހުއްޓާލަން ރައީސް ރޫޓޯ ނިންމަވައިފި

06 ޖުލައި 2024
ކެންޔާ ސަރުކާރުގެ ޚަރަދު ތައް ކުޑަކުރަން ފަސްޓް ލޭޑީ އަށް ދައުލަތުން ކުރާ ޚަރަދު ހުއްޓާލަން ރައީސް ރޫޓޯ ނިންމަވައިފި
26 ޖޫން 2024

ރައްޔިތުންގެ ނުރުހުމުގައި ޓެކްސް ބޮޑު ކުރަން ފާސް ކުރުމުން ކެންޔާގެ ޕާލިމެންޓްގައި ހުޅު ޖަހައިފި

26 ޖޫން 2024
ރައްޔިތުންގެ ނުރުހުމުގައި ޓެކްސް ބޮޑު ކުރަން ފާސް ކުރުމުން ކެންޔާގެ ޕާލިމެންޓްގައި ހުޅު ޖަހައިފި
05 މެއި 2024

ކެންޔާއަށް ކުރަމުން މިދަނީ އާދަޔާޚިލާފު ވިއްސާރައެއްތަ؟

05 މެއި 2024
ކެންޔާއަށް ކުރަމުން މިދަނީ އާދަޔާޚިލާފު ވިއްސާރައެއްތަ؟
10 އެޕްރީލު 2024

ކެންޔާގެ ހޮސްޕިޓަލެއްގައި ހަޅުތާލު ކުރަމުން ދިޔަ 100 ޑޮކްޓަރުން ވަޒީފާއިން ވަކިކޮށްފި

10 އެޕްރީލު 2024
ކެންޔާގެ ހޮސްޕިޓަލެއްގައި ހަޅުތާލު ކުރަމުން ދިޔަ 100 ޑޮކްޓަރުން ވަޒީފާއިން ވަކިކޮށްފި
29 ނޮވެމްބަރު 2023

ވަކިކަހަލަ ސޫޓެއް ލައިގެން ކެންޔާގެ މަޖިލީހަށް ހާޒިރުވުން މަނާ ކޮށްފި

29 ނޮވެމްބަރު 2023
ވަކިކަހަލަ ސޫޓެއް ލައިގެން ކެންޔާގެ މަޖިލީހަށް ހާޒިރުވުން މަނާ ކޮށްފި
14 ސެޕްޓެމްބަރު 2022

ކެންޔާގެ ރައީސްކަމަށް ވިލިއަމް ރޫޓޯ

14 ސެޕްޓެމްބަރު 2022
ކެންޔާގެ ރައީސްކަމަށް ވިލިއަމް ރޫޓޯ
16 އޯގަސްޓު 2022

ކެންޔާގެ އައު ރައީސަކަށް ވިލިއަމް ރޫޓޯ

16 އޯގަސްޓު 2022
ކެންޔާގެ އައު ރައީސަކަށް ވިލިއަމް ރޫޓޯ
22 އެޕްރީލު 2022

ކެންޔާގެ ކުރީގެ ރައީސް އަވަހާރަވެއްޖެ

22 އެޕްރީލު 2022
ކެންޔާގެ ކުރީގެ ރައީސް އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު