Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިމާރާތް ފޮޅާ ސާފު ކުރުން

ސަރުކާރުން ފޮޅާ ސާފު ކުރުމުގެ ވިޔަފާރީގެ ތެރެއަށް ވަންނަނީ

މި ޚިދުމަތުގައި ތިބި ކުދި ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ވާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައި

ރާއްޖެ އެމްވީ | 6 ޖުލައި 2024 | ހޮނިހިރު 12:16
ފޮޅާ ސާފު ކުރުމުގެ ޚިދުމަތް ރަސްމީ ކޮށް ލޯންޗް ކުރުމުގެ ތައްޔާރުތައް ވެމްކޯ އިން އަންނަނީ ވަމުން

ފޮޅާ ސާފު ކުރުމުގެ ޚިދުމަތް ރަސްމީ ކޮށް ލޯންޗް ކުރުމުގެ ތައްޔާރުތައް ވެމްކޯ އިން އަންނަނީ ވަމުން

އިމާރާތް ފޮޅާ ސާފު ކުރުމުގެ ވިޔަފާރީގެ ތެރެއަށް ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވަންނަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަ ކޮށްފިއެވެ.

ކުދި ވިޔަފާރި ކުންފުނި ތަކުން މިހާތަނަށް މާލޭގައި ދެމުން އަންނަ މި ޚިދުމަތުގެ ތެރެއަށް ވެމްކޯ އިން ވަންނަން ނިންމި ސަބަބާ ބެހޭ ގޮތުން، ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ (ޑީއެމްޑީ) މުހައްމަދު އަބްދުލް ކަރީމް ވިދާޅުވީ، އެއީ ވެމްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ހެދުމުގެ ގޮތުން ކަމުގައެވެ.

Advertisement - newsAdvertisement

"ކުންފުންޏަކީ ފައިދާ ހުރި ކުންފުންޏަކީ ދެކޮޅު ޖެހޭ ކުންފުންޏަކަށް ހެދުމުގެ މަގްސަދުގައި އަޅުގަނޑުމެން އިންޓްރޮޑިއުސް ކުރި ސާވިސް އެއް،" މުހައްމަދު އަބްދުލް ކަރީމް ވިދާޅުވިއެވެ.

ފޮޅާ ސާފު ކުރުމުގެ ޚިދުމަތް ރަސްމީ ކޮށް ލޯންޗް ކުރުމުގެ ތައްޔާރުތައް ވެމްކޯ އިން ވަމުންދާއިރު، މުހައްމަދު އަބްދުލް ކަރީމް ވިދާޅުވީ ފުރަތަމަ ޚިދުމަތް ދޭން ފަށާނީ ސަރުކާރުގެ އޮފީސް ތަކަށް ކަމަށެވެ.

ޚިދުމަތް ދޭން ފެށުމަށް ބޭނުންވާ ތަމްރީން ތަކާއި، މުވައްޒަފުންގެ ޔުނިފޯމް ތައްޔާރު ކުރުން ފަދަ އެންމެ ފަހުގެ ތައްޔާރީ ތަކާއި މަޝްވަރާތައް މިހާރުވެސް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޚިދުމަތް ފަށާއިރު ވެމްކޯ އަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވާތީ ބިޑް ކުރާކަށް ނުޖެހޭނެ ކަމަށެވެ.

ވެމްކޯ އިން ފޮޅާ ސާފު ކުރުމުގެ މަސައްކަތް ފެށުމުން ދެން ޚިދުމަތް ދޭނީ ފޮޅާ ސާފު ކުރުމުގެ ޚިދުމަތާއި ކުނި އެކުމުގެ ޚިދުމަތް އެއްކޮށް ދޭ ޚިދުމަތެއްގެ ގޮތުގައި ކަމަށްވެސް ވެމްކޯގެ ޑީއެމްޑީ ވިދާޅުވިއެވެ.

ސަރުކާރުން މިފަދަ ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަންނަން ނިންމުމުން ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާ ގައި އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ސަރުކާރުގެ ކުންފުނިތަކުން މިފަދަ ވިޔަފާރީގެ ތެރެއަށް ވަނުމުން މި ކަމުން އުފެދޭ ވާދަވެރި ކަމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހިފަހައްޓާ ނުލެވި، ބޮޑެތި ގެއްލުންވެ، އާޚިރުގައި މަސައްކަތް ހުއްޓާލަން ޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މިއީ މި ޚިދުމަތުގައި މަސައްކަތްކުރާ ކުދި ކުންފުނިތައް އިނދަޖެހިގެން ދާނެ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ވަނީ ސިފަ ކޮށްފައެވެ.

ވެމްކޯ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
30 އޮކްޓޯބަރު 2025

ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

30 އޮކްޓޯބަރު 2025
ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް
02 އޮކްޓޯބަރު 2025

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!
28 ސެޕްޓެމްބަރު 2025

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު